ތަގުވާ މިސްކިތުގައި ހުރި ފަންކަލެއް ވަގަށް ގެންދާ ވީޑިއޯގެ ސްކްރީންޝޮޓެއް.
01 އެޕްރީލް 2024 - 00:45
ކަޅުހުރާ މަގުން އެތެރޭގެ ގޯޅިއެއްގައި ހުންނަ ތަގުވާ މިސްކިތުން އިއްޔެ ރޭ ފަންކާއެއް ވަގަށް ގެންދިޔަ މީހާ ހައްޔަރުކޮށްފި އެވެ.
އެކަން ކުރި ކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރިކަން ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން އެކްސްގައި ދެންމެ ކުރެއްވި ޕޯސްޓެއްގައި ވަނީ ކަށަވަރު ކޮށްދެއްވައިފަ އެވެ.
"މިކަން ކުރި ކަމަށް ތުހުމަތުކުރެވޭ ފަރާތް ހޯދާ ފުލުހުންގެ ބަންދަށް ވަނީ ގެނެވިފައި،" މާލޭ ސިޓީ ކައުންސިލުން އާންމުކުރި ސީސީޓީވީ ފުޓޭޖު ރީޕޯސްޓްކުރައްވާ ޝިފާން ވިދާޅުވި އެވެ.
ސިޓީ ކައުންސިލުން އިއްޔެ ބުނި ގޮތުގައި ތަގުވާ މިސްކިތުން ތިން ރޭ މަތިން ހަތް ފަންކާ ވަނީ ވަގަށް ގެންގޮސްފަ އެވެ. އޭގެ ތެރެއިން އެއް ފަންކާ ވަގަށް ނަގައިގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކުރީ އިއްޔެ އެވެ.
އާންމުކޮށްފައިވާ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، މީހަކު ވަގަށް ގެންދަނީ އެ މިސްކިތުގައި ބަހައްޓާފައި ހުރި ފަންކަލެކެވެ.
ތިން ރޭ މަތިން ތަޤުވާ މިސްކިތުން ވަނީ 7 ފަންކާ ވަގަށް ނަގާފައި، މި ވީޑިއޯ ފުޓޭޖް މިހާރު ވަނީ ފުލުހުންނާއި ހިއްސާ ކުރެވިފައި. pic.twitter.com/0mfl5CwcOp
— Malé City Council (@MaleCitymv) March 31, 2024
ދަރުމަވަންތަ މިސްކިތުގެ ފާރުގައި ހަރުކޮށްފައި ހުރި ދެ ފަންކާ ވެސް މިދިޔަ ހަފުތާގައި ވަނީ ވަގަށް ގެންގޮސްފަ އެވެ.
މި ރޯދަމަހު ވަނީ މާލޭގެ ދެ މިސްކިތެއްގެ އަންހެނުން ވުޟޫ ކުރާ ބަޔަށް ވެސް ބަޔަކު ގެއްލުން ދީފަ އެވެ. ގެއްލުން ދީފައި ވަނީ ބަންޑާރަ މިސްކިތުގެ އަންހެނުންގެ ފާހާނާ ތައްޓާއި ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުން ވުޟޫކުރާ ބައިގެ ފެން އިސްކުރުތަކަށެވެ. އެ މައްސަލަ ވެސް ފުލުހުންނަށް ރިޕޯޓްކޮށްފައިވެ އެވެ.
އާންމުކޮށް ކޮންމެ ރޯދަމަހަކު ވެސް ވައްކަމުގެ މައްސަލަ ގިނަވާއިރު، ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި ރޯދަމަހުގެ 15 އާ ހިސާބަށް މާލެ ސަރަހައްދުން އެކަނި ވަނީ 110 ވައްކަމުގެ މައްސަލަ ހުށަހަޅައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިމާރުގުދާރުން ފޮތް އުފުލުން
01 April 2024
ދަރިން ވިހާފައި ލޯބިލޯބިން ހުރިހާ އުފަންދުވަހެއް ފާހަގަކޮށް، ދިހަބާރަ އަހަރުން ބޮޑު ދަބަހަކަށް ފޮތް އަޅައިގެން ދެކޮޅުދެކޮޅަށް އުފުލިއުފުލުމުގެ ބޭނުމެއް އެބައޮތްބާ؟
ބަލަ މިހިރަ ލަތީފާ
01 April 2024
ދެން؟ މާދަން ތީނަ ހަމަ ކޮންމެސް ފިހާރައެއް ފަޅާލައިގެން ނޫނީ މީހެއްގެ ވޮލެޓް ފޭރިގެން އުޅުނު ވާހަކަ ކޮންމެވެސް ނޫހަކުން ފެންނާނެ.
ލަތީފާ
01 April 2024
ދޫކޮށްލާނެ! ކީއްވެ؟ އަލީ ވަހީދު އެހެރީ އެތަށް އަންހެން ކުދީނަށް ބެހި މިނިވަނެއް ހެން. އަދީބު ވެސް ގައުމުގެ ފައިސާ ކާލާގެން އެ ފައިސާގެ މިނިވަން ކަމުގަ. ތިމީހާވެސް މިނިވަން ވާނެ!
އައްޔަ
01 April 2024
ފުލުހުންގެ މުސާރަ ބޮޱުކުރީމަ މިހާރު މިސްކިތްތަކުން ކުރާ ވައްކަންވީ އިތުރު ހާދަވައްކަމެކޭ ދޯ މަށައްފެންނަނީ އަދިތަންކޮޅެއް ބޮޱުކޮއްލަން ސަރުކާރު އޮފީސްތަކުންނާ މުލިއާގެއިން ވައްކަން ކުރަންދެން މުސާރަ ބޮޱުކުރަން ފެނޭ އޭރުން ފުލުހުންގެ މަސައްކަތުގެ ފެންވަރު ފެންނާނީ
މިއީ މަށޭ
01 April 2024
އޭ މަށޭ އެބަ ކިޔާތަ؟
ބޮކި
01 April 2024
ދެން އެމީހާއަށް ރޯދަހަދިޔާ ދީފާ ފޮނުވާލާ.
އިފްރާޒޫ!
01 April 2024
"ފަންކަލެއް ނޫނެވެ." ފަންކާ އެކެވެ.