ސްރީ ލަންކާގެ ހަރުކަށި ހާމުދުރު ގަލަގޮޑާޓޭ ގްނާނަސާރާ ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުކުރަނީ. -- ފޮޓޯ: އޭއެފްޕީ
04 އެޕްރީލް 2024 - 05:31
ސްރީ ލަންކާގައި މުސްލިމުންނާ މެދު ނަފްރަތު އުފައްދައި ދީނީ ހަމަނުޖެހުންތަކަށް ހިތްވަރުދިނުމުގެ ކުށުގައި އެ ގައުމުގެ ބުޑިސްޓުންގެ ނުފޫޒުގަފަ ހާމުދުރަކު، ބުރަ މަސައްކަތާ އެކު ހަތަރު އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.
ގަލަގޮޑާޓޭ ގްނާނަސާރާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މިދިޔަ ހަފްތާގައި ލަންކާގެ ހައި ކޯޓުން ހުކުމްކުރީ 2016 ވަނަ އަހަރު ބޭއްވި ކޮންފަރެންސެއްގައި މުސްލިމުންނަށް ކުޑައިމީސްކޮށް، މުސްލިމުންނާ މެދު ނަފްރަތު އުފެދޭ ގޮތަށް ވާހަކަ ދެއްކި މައްސަލައިގަ އެވެ.
ލަންކާގެ 22 މިލިއަނުގެ އާބާދީގައި މުސްލިމުންގެ ނިސްބަތަކީ 10 ޕަސެންޓެވެ. މިއަންމާގައި އުޅޭ ހައްދުފަހަނައެޅި ހަރުކަށި ފިކުރުގެ ހާމުދުރެއް ކަމަށްވާ ވިރާތޫއާ ގާތް ގުޅުމެއް އޮންނަ ގްނާނަސާރާ ވަނީ ބައި މަދު މުސްލިމުންނާ މެދު ނަފްރަތު އުފެއްދުމަށް ވާހަކަ ދައްކާފައި ކަމަށް ކޯޓުން ވަނީ ނިންމައިފަ އެވެ.
"ހާމުދުރު ވަނީ ބުރަ މަސައްކަތާ އެކު ހަތަރު އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށް އަދި 100،000 ރުޕީސް (330 ޑޮލަރު) އިން ޖޫރިމަނާކޮށްފައި،" ކޯޓުގެ އޮފިޝަލަކު ވިދާޅުވި އެވެ.
މިއީ ސިޔާސީ ގޮތުން ނުފޫޒު ހުރި މީހުންނާ ވެސް ގާތް ގުޅުމެއް އޮންނަ ގްނާނަސާރާ މިފަދަ މައްސަލަތަކުގައި ޖަލަށްލީ ފުރަތަމަ ފަހަރެއް ނޫނެވެ.
ގެއްލުނު ކާޓޫނިސްޓެއްގެ އަންހެނުންނަށް ބިރުދެއްކުމާއި ކޯޓަށް ފުރައްސާރަކުރުމުގެ ކުށުގައި 2018 ވަނަ އަހަރު ހަ އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި ނަމަވެސް އޭގެ ނުވަ މަސް ފަހުން ކުރީގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އޭނާއަށް މާފު ދީ މިނިވަންކުރި އެވެ.
ކުރީގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ ފަހުން ވަނީ ދީނީ ހަމަޖެހުން ގާއިމު ކުރުމަށް ގާނޫނީ އިސްލާހުތައް ގެނައުމަށް ލަފާދޭ ޕެނަލެއްގެ އިސްވެރިއަކަށް ގްނާނަސާރާ ހަމަޖައްސާފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރުސަތުނާމާ
05 April 2024
ތިޔަ މީހާ ދެކޮޅީ ހަމައެކަނި ލަންކާގެ މުސްލިމުންނާތަ< ނޫނީ ތީ މުސްލިމުންނާ ދެކޮޅު ލަންކާގެ މީހެއްތަ؟
އަބްޑޫޅް +
05 April 2024
އޭ ރަންކޮޅާ، އެއީ "ގްނާނަސާރާ" އެއް ނޫން. ރަނގަޅު އިޝްޕެލިންކު އަދި ޕުރޮނައުންޝު އަކީ އަކީ ޏާނަސާރަ.
ޙަސަނާހަ
04 April 2024
ޖަލަށް ލާ ގޮތައް ނުނެރެބަލަ. ހާމުދުރު އިނބިލީސް
ކާލާ
04 April 2024
ޖަލަށް ގެންދާއިރުވެސް ހާދަ ފުއްޕަނީ.