މާރުކޭޓު ސަރަހައްދުގައި މުދާބަރުކޮއްގެން ދިޔަ ލޮރީއެއްގައި ހުރި މީހަކު ހޫނުން ސަލާމަތްވުމަށް ފޮށިގަނޑެއް ބޯމަތީ އަޅާލައިގެން: އަވީގައި އުޅޭ ވަރު މަދުކުރަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
03 އެޕްރީލް 2024 - 14:21
މާލެ ސަރަހައްދަށް އިހުސާސް ކުރެވުނު ހޫނުމިން 46 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް މިއަދު އަރައިފި އެވެ.
މިއީ އިހުސާސް ކުރެވޭ ހޫނުމިން މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. މިދިޔަ ހަފުތާގައި އިހުސާސްކުރެވޭ ހޫނުމިން އެންމެ މައްޗަށް ދިޔަ ދުވަސްތަކުގައި އެވްރެޖުކޮށް ހުރީ 44-45 ޑިގްރީ ސެލްސިއަސްއާ ދެމެދުގަ އެވެ. އަދި މިދިޔަ އަހަރު އެންމެ ހޫނުގަދަވި ދުވަސްތަކުގައި އިހުސާސްކުރެވޭ ހޫނުމިން އެވްރެޖުކޮށް އެންމެ މަތީގައި ހުރީ 44 ޑިގްރީ ސެލްސިއަސްގަ އެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން އާންމުކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި މިއަދު 11:00 ގައި ހުޅުލެއަށް އިހުސާސް ކުރެވުނު ހޫނުމިން ހުރީ 46.3 ޑިގްރީ ސެލްސިއަސްގަ އެވެ. ލ. ކައްދު އަށް އިހުސާސްކުރެވޭ ހޫނުމިން 41.9 ޑިގްރީ ސެލްސިއަސްގައި ހުރި އިރު، ގދ. ކާޑެއްދު އަށް އިހުސާސްކުރެވޭ ހޫނުމިން ހުރީ 43.6 ޑިގްރީ ސެލްސިއަސްގަ އެވެ. އަދި ސ. ގަމުގައި އިހުސާސްކުރެވޭ ހޫނުމިން ހުރީ 40.8 ޑިގްރީ ސެލްސިއަސްގަ އެވެ.
ޓީޖެޓީ ސަރަހައްދުގައި މުދާ އަރުވަން މަޑުކޮއްގެން އޮތް ޕިކަޕެއްގައި ތިބި ބިދޭސީން ހޫނުގަދަކަމުން ކުޑަ ނަގައިގެން.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މިއީ އާންމުކޮށް ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރެވެ.
މި ދުވަސްވަރު ވައި މަޑުކަމުން ވައިގެ ތެއްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުން ވައިގެ ހޫނުމިނަށް ވުރެ އިހުސާސްކުރެވޭ ހޫނުމިން އެތައް ގުނައެއް މައްޗެވެ.
މި ދުވަސްވަރު ރާއްޖޭގެ އަސްލު ހޫނުމިން ހުރީ އެވްރެޖުކޮށް 30 ޑިގްރީ ސެލްސިއަސް އާއި 34 ޑިގްރީ ސެލްސިއަސްއާ ދެމެދުގަ އެވެ.
މެޓް އޮފީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރު އެންމެ ހޫނުގަދަވި ކަމަށް ރިކޯޑް ކުރެވިފައި ވަނީ ހދ. ހަނިމާދު އަށެވެ. އެއީ މިދިޔަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހު 34.6 ޑިގްރީ ސެލްސިއަސް އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަސޭޑް
04 April 2024
ސުރުހީގަ އަސްލު ހޫނުމިން ހުރިވަރު ނުޖަހަނީ އޮޅުވާލަންތަ؟ އިހުސާސްކުރެޥެ ހޫނުމިނޭ ކިޔާފަ އެންމެނަށް 45 ޑ ހޫނުމިން މިބޭނުން ކުރަނީ އެއީ އަސްލު ހޫނުމިން ކަމަށް ދައްކަންތަ؟
މިދުވަސްކޮޅު
03 April 2024
ހޫނުގަދަވާތީ ކުޑައާއި ތޮފި ބަހާނެ ކެނޑިޑޭޓެއް ނެތްތަ؟
މުގޮށި6މީދާ
03 April 2024
މިކަމާއި ގުޅިގެން ފުރަތަމަވެސް ކުރަންޖެހޭ ކަމަކީ ރާއްޖޭގައި ކުރިކެޓު މަނާކުރުން. ކުރިކެޓަކީ ކާބަފައިންވެސް ކުޅުނު ކުޅިވަރަކަށްނުވެފައި ރާއްޖޭގެ މޫސުމާ އިދިކީލަ ކުޅިވަރެއްކަން މިއެނގެނީ. އަމުދުން އިރުވައިމޫސުމުގަ މަދުރަސާކުދިން ދުވާލުހަތަރުދަމު އަވީލައިގެން ކުރިކެޓު ކުޅުވާފިއްޔާ ވަކިއެއްޗެއް އަންގަންދެން އެބަޔަކު ހައްޔަރުކުރެވޭގޮތަށް ގާނޫނު ބަދަލުކުރަންޖެހޭ.
ގަދީމު
03 April 2024
މަށަކަށް އިހުސާސެއް ނުވޭ.
ކޮރަލް
03 April 2024
ހޫނުގަދަ ދުަވަސް ވަރު އާއްމުންނަށް ފަސޭހައިން އެނގޭ ގޮތައް އެޑްވައިޒަރީ އެއް ނެރެލުން ރަނގަޅެވެ. ހޫނު ގަދަ ވެގެން ބައެއް ގައުމު ތަކުގަ ހާދިސާ ތައް ހިނގާފަ އެބް ހުއްޓެވެ.
ކަނޑުކޮހުންނޭ
03 April 2024
މާލެ އަށް ހޫނު ގަދަ އެއް ނޫނޭ ތިޔާއީ އިންޑިއާ އަދި ލަންކާ މީހުން ބޮލަށް ކުޑަ ނަގައިގެން އެމެން ހިނގާން ފެށުމުން ދެން މާލޭގައި އުޅޭ ކަންނެތް ގޭގެ އުނދުން ރޯ ނުކުރާ ބަގަ ތައް ހޮޓާ ތަކުން ރޯދަ ވީއްލަން ވެގެން އެމެން ދައްކާ ކައްޕަޅި ވާހަކަ ތަކޭ ދެން ބުނާނެއޭ އެއީ ކްލައިމެޓް ޗޭންޖްގެ ސަބަބުންވާ ކަމެކޭ ފަރުގައި ހުރި ގާތަކެއް ވެސް ހުދުނުވެއޭ އެވެސް ރޯ ބުހުތާނު ދޮގެކޭ ކަނޑަކީ އެއީ މަތި ބަންދުކޮށް ފައި ހުންނަ ތަރުމޯޒެއް ނޫނޭ އިރުގެ ދޯދިން ހޫނުވާން
މަލީކު
03 April 2024
ސައިންޓިސްޓެ. ކޮންތާކުންބާ ޕީއެޗްޑީ ނެންގެވީ. އެޔުނިވޭސީޓީއަކުން އެބަޖެހޭ ކިޔެވުމަ ދިޔަ ހަރަދު ރިފަންޑް ކޮއްދޭން. ތި ކޮމެންޓް ކިއުމައްފަހު ލިބުނު ނަފްސާނީ ގެއްލުމުގެ ބަދަލު ކިޔަވައިދިން ޕުރޮފިސަރުނަގަންޖެހޭނެ.
އަކްމެޑް
03 April 2024
ބައެއް ރަށްރަށުގައި ފެނުނަސް، މާލޭގައި ވަރަށް ނުފެންނަ މަންޒަރެއް އެއީ ކުޑަކުދިން ހޫނުގަދަ ގަޑީގައި ސްކޫލަށްގެންދާއިރު ކުޑައަޅައިގެން ގެންދިއުން
1212121
03 April 2024
މާލޭ ގައި އާންމުކޮށް ކިޔަނީ ކުޑަ ނަގައިގެން ދިއުނުން! ކުޑަ ނެގުން! ބޯކިބާ އަޅާނީ!! ކުކުޅު ބިސް އަޅާނީ! ފަހަރެއްގައި ދިވެހީންގެ ރާއްޖޭ ގައި ކުޑަ އަޅާފާނެ، ތައްމަތި އަޅާ ގޮތަށް!!
ޙަހަހހަަހ
03 April 2024
އަހަރެމެން ކުޑަ ނަގަނީ ވެއްޓުނީމަ ނޫނީ އަލަމާރިއިން . ޥާރޭވެހެން ފެށީމަ ކުޑައަޅާނީ
48343
03 April 2024
މިއަދު މެންދުރުކޮޅު ވީ އިހުސާސުން މަގޭ ހިތް ވަރަށް ސާފްކޮށް ބުނި މިއަދު ރެކޯޑު މުގުރާނޭ.
ނޯންނައެއްޗެކޭދޯ
03 April 2024
މީ މާލެ އަށް އެންމެ ހޫނު ގަދަ ދުވަހޭ ސަރުކާރުން ބުނުން ފިޔަވައި އެހެން ހެއްކެއް ނެތޭ މަމެންނަށް އިހްސާސް ނުކުރެވޭ ހޫނު ގަދަ ކަމަށް ދެން ރޯދަ މަސް ވުމުން ކަންނެތް ދިވެހިން ގަނޑު މަގުމަތީގައި ހިނގާފައި އުޅެން ޖެހުނަސް އެއީ ހޫނު ގަދަ ކަމުން ހިނގާ ނޫޅެވޭނެއޭ ޓެކްސީ އެއް ނަގަންވީއޭ ކިޔާ ބަގަ ބުނަނީ ހޫނު ގަދަވެއޭ ހޫނު ގަދަ އެއް ނޫނޭ ތިޔާއީ ޔޫރަޕް އާއި އެމެރިކާ އިން ބުނެގެން ސަރުކާރުން ކްލައިމެޓް ޗޭންޖޭ ކިޔާ ފަތުރާ ޕްރޮޕެގެންޑާ ކްލައިމެޓް ޗޭންޖް އެއީ
ބޯގ
03 April 2024
މީނައަށް ކޮމެންޓް ނުކުރެވޭ ގޮތް ހަދާބަލަ މިހާރު ނިއުސް. ހެޔޮ ނުވާނެ
ސޫމޯ
03 April 2024
އެގްރީ
މި ކަމަކުނުދޭ
03 April 2024
މަ ވެސް ތާއީދު މިކަމަށް. ކޮމެންޓް ކިޔައި ނިމޭ އިރު ލޮލަށް ބޮލަށް ތުރާވެ، ލޭ މައްޗަށް ގޮސް އެތެރެ ހަށީގެ ޑަކުޓަރަކަށް ދައްކާ ވަރު ވޭ. އިންސާނީ ދަރިފަސްކޮޅުގެ ހައްޤުގައި މިކަން ކޮއްލަ ދީ މިހާރު ޓީމް. ޝުކުރިއްޔާ
ފުތު
03 April 2024
އޭނާ އޭ މަލިކު މީހެއް އެހެންވީމަ ވާހަކަދެއްކޭގޮތް އެއީ
އޭނަމީނަ
03 April 2024
އޭނައެހެރީ ހޫނުގަދަވީމާ އިހުނަށްވުރެބޮޑަށް ބުރާންތިވެފަ.