ޚަބަރު / ފުލުހުން

މާލޭގެ ގެއެއްގެ ފުރާޅުމަތީގައި އޮއްވައި ފެނުނު މީހަކަށް ފަރުވާދެނީ، ހާލު ސީރިއަސް

ގެ އެއްގެ ފުރާޅުމަތީ އޮއްވާ ފެނުނު މީހާ ނަގައިގެން ހޮސްޕިޓަލަށް ގެންދިއުމަށް އެމްއެންޑީއެފުން އެހީވަނީ.--

މާލޭގެ ގެއެއްގެ ފުރާޅުމަތީގައި އޮއްވައި މިރޭ ފެނުނު މީހަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައިފި އެވެ.

އެ މީހާ ފެނުނީ މ. ސުންދަރުގެ 10 ވަނަ ފްލޯގެ ޓެރެސްއާ ޖެހިގެން ހުރި ތިން ބުރީގެ މ. ކަނޑުނޫގޭގެ ފުރާޅުމަތީގައި އޮއްވަ އެވެ.

ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނަކު ގެއެއްގެ ފުރާޅުމަތީގައި އޮއްވައި ފެނިގެން ލިބުނު ރިޕޯޓަކާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެ މީހާ ވެއްޓުނީ ކަމެއް ނުވަތަ ފުންމާލީ ކަމެއް އަދި ސާފު ނުވާ ކަމަށާއި އޭނާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.

ޑޮކްޓަރުންނާ ހަވާލާދީ ޝިފާން ވިދާޅުވީ އެ މީހާގެ ހާލު ސީރިއަސް ކަމަށެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާތީ އިތުރު ތަފުސީލެއް ނުލިބެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އިން ފެންނީ އެ މީހާ ފުރާޅުމަތީގައި އޮއްވައި ސިފައިން ގޮސް އޭނާ ސްޓްރެޗާ އަކަށް އަރުވާ މަންޒަރެވެ. އޭނާ އޭރު އޮތީ ބަންޑުންނެވެ.

4 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 21%
icon sad icon sad 71%
icon angry icon angry 0%
icon wow icon wow 7%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލަބީދު

05 April 2024

ފަހު 10 ގަ މިވެރިން ހާދަ އެކްޓިވް އޭ ދޯ.

The name is already taken The name is available. Register?

ބަބޫ

05 April 2024

އަނެއްކާ ދިވެއްސެއްތަ. އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަނުން ވެއްޓުނި މީހަކަށް ވެސް ވެދާނެ

The name is already taken The name is available. Register?

ނއނއ

04 April 2024

ކިހިނެއްތޯ ފުރާޅުމައްޗައް ދިޔައީ؟ ވެއްޓުނީތޯ ނޫނީ އަމިއްލަޔަށް އެރީތޯ؟

The name is already taken The name is available. Register?

ކަޅުސާ 11

05 April 2024

ހަބަރގައި ލިޔެފަ އޮންނަ އެއްޗެއް ކިޔާލުން މުހިެެއްމު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454