ޚަބަރު / މަޖިލިސް އިންތިހާބު 2024

މި ވެރިކަން ދިފާއުކުރަން އެންމެ އިންޗި އެއްވެސް ދޫނުކުރާނަން: ސައީދު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: މި ވެރިކަން ދިފާއުކުރަން އެންމެ އިންޗި އެއްވެސް ދޫނުކުރާނެ ކަމަށް ވިދާޅުވި.

ރައީސް ޑ. ރ.މުހައްމަދު މުއިއްޒުގެ ވެރިކަން ދިފާއު ކުރުމަށް ޕީޕީއެމް/ ޕީއެންސީ އާއި ސަޕޯޓަރުން، އެންމެ އިންޗިއެއް ވެސް ދޫނުދޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

މި މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ހޯރަފުށީ ދާއިރާ އަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ، އަލީ މޫސާގެ ކެމްޕެއިން ޖަލްސާގައި ސައީދު ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނެފައި ވަނީ ކަންކަން ނުނިމި މިސްރާބުން ނެއްޓިގެން ދިއުމުން ކަމަށެވެ.

ސައީދު ވިދާޅުވި ގޮތުގައި މި ސަރުކާރަށް މިވީ އެންމެ ހަތަރު މަހުގެ ތެރޭގައި މިއަދު ރާއްޖެ އައިސްފައި އޮތީ މުޅިން ތަފާތު ހިސާބަކަށެވެ. އެތައް މަޝްރޫއެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދާ ކަމަށް ވިދާޅުވި އެވެ.

އެ ސަބަބާ ހުރެ، ސައީދު ވިދާޅުވީ އެމްޑީޕީގެ އިސް ބޭފުޅުން ޕޯޑިއަމްތަކުގައި ދައްކަވާ ވާހަކަތަކުން ރާއްޖެ ގުޑުވައި ނުލެވޭނެ ކަމަށެވެ.

"ޑރ. މުއިއްޒުގެ ސަރުކާރު ދިފާއުކުރުމަށް އަޅުގަނޑުމެންގެ ޕާޓީ އާއި ރައްޔިތުން އިންޗިއެއް ވެސް ދޫނުކޮށް، އިރާދަކުރެއްވިއްޔާ ކުރިއަށް ދާނީ. އަޅުގަނޑު މި ރާއްޖެ މުއްސަނދި ރާއްޖެއަކަށް ބަދަލުކުރާނަން،" ސައީދު ވިދާޅުވި އެވެ.

ދުނިޔޭގެ އެންމެ ބޮޑަށް ބަންކަރިންގެ ހިދުމަތްކުރާ މެޕަށް އެ އޮތީ ރާއްޖޭގެ އައިސްފައި. މިއީ ރާއްޖެއަށް 40 އަހަރު ނުވަތަ ތާރީހުގައި ވެސް ވީ ކަމެއް ނޫން،"--- ސައީދު

އޭނާ ވިދާޅުވި ގޮތުގައި، މި ސަރުކާރުން ވަނީ ވެރިކަމުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ހޯރަފުށީގައި މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ މަސައްކަތް ފަށަފައިފަ އެވެ. އޭގެ ނަތީޖާއަކީ 1،000 އަށް ވުރެ ބޮޑެތި ކުންފުނިތަކުން ހޯރަފުށި މެޕުކުރުން ކަމަށާއި މިއީ ތާރީހުގައި ވެސް ނުލިބޭ ވަރުގެ ކުރިއެރުމެއް ކަމަށް ސައީދު ވިދާޅުވި އެވެ.

"ދުނިޔޭގެ އެންމެ ބޮޑަށް ބަންކަރިންގެ ހިދުމަތްކުރާ މެޕަށް އެ އޮތީ ރާއްޖޭގެ އައިސްފައި. މިއީ ރާއްޖެއަށް 40 އަހަރު ނުވަތަ ތާރީހުގައި ވެސް ވީ ކަމެއް ނޫން،" ސައީދު ވިދާޅުވި އެވެ.

ހޯރަފުށީގެ ވިޔަފާރިވެރިންނާ ހަވާލާދީ އެ ޖަލްސާގައި ސައީދު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި އެ މީހުންނަށް ޖެއްސުން ކުރުމާއި ފުރުސަތު ނެތުމުގެ ޝަކުވާތައް ލިބުނު ކަމަށެވެ. އެކަމަކު، މިހާރު ގާތުން ސަރުކާރުން މަސައްކަތް ކުރާ އިހުސާސް ކުރެވޭ ކަމަށް ވިޔަފާރިވެރިން ވެސް ބުނާ ކަމަށް ސައީދު ވިދާޅުވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އުމްރާނީ ތަރައްގީ އަށް ކުރިމަތިވެފައިވާ ދަތިތަކަށް މި ސަރުކާރުން ހައްލު ހޯދައި ދޭނެ އެވެ. ފައިސާ ހޯދައި، ދަރަނި ކުޑަކުރުމާއި އަރަނި އިތުރުކޮށް، ތަރައްގީގެ ރޭހުގައި ކުރިއަށް ރާއްޖެ ދާނެ ގޮތެއް ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ހިމަނާފައި ވެ އެވެ.

"ކޮންމެ ކައުންސިލަކަށް ދާއިރު އެ ހުރީ ރައީސްގެ ވައުދުތައް، ބޮޑު ފޮތެއް ފެންނަން. މިއިން ދޭހަވަނީ ރައްޔިތުންނަށް ރައީސް ވެލެއްވި ވައުދުތައް ފުއްދަވާނެ ކަން،" މިނިސްޓަރު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ، އެއާޕޯޓާއި އަދިވެސް އިތުރު މަޝްރޫއުތައް ހިންގާނެ ކަމުގެ ދަޅަށް ދެއްކުމަށް ވުރެ މި ސަރުކާރު އޮތީ މާ ކުރީގަ އެވެ. އަދި ސަރުކާރުން ކުރުމަށް ރާވާފައިވާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ދިނުމަށް ވެސް އޭނާ އެދިވަޑައިގަތަވެ.

22 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 36%
icon sad icon sad 0%
icon angry icon angry 64%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރީހާމް2002

09 April 2024

ވަގުތު އައިސް ޖެހުނީމާ އިންޗިއެއް ކީއްކުރަން ސެންޓިމީޓަރެއްވެސް ހިފަހައްޓައެއް ނުލެވޭނެ.

The name is already taken The name is available. Register?

އޮއްސޭނެ ކިތަންމެ ބޭނުން ނުވިޔަސް

09 April 2024

ތިކަހަލަ އަޑުގަދަ ގޮލަޔެއް ދުށިން، މަޖްލިހުގަ މީހުންގެ މޫނަށް ކުޅު ޖަހާފަ އުޅުން، މިހާރު ކޮބާ؟

The name is already taken The name is available. Register?

ގައްސާން

08 April 2024

ސައީދުގެ ވަޒީރުކަން ގެއްލިދާނެތީ ހާދަ ވަރެކޭ މިދައްކަނީ. ތިވަރަށް މުއިއްޒަށް ވައި ނުޖެހިއްޔަ ކަމަކުނުދޭތަ؟

The name is already taken The name is available. Register?

ދެންކީއްކުރާނީ

08 April 2024

ދޫނުކޮށް ކީއްކުރާނީ. ދިގޮތަށް ގަދަބަސް ބުނެބުނެތިއްބާ ކުރިންތިބި ވެރިކަންވެސް ނިމިދިޔައީ. ދެންވެސް ވަގުތުޖެހުނީމައި ލަހެއްފަހެއް ނުވާނެ.

The name is already taken The name is available. Register?

ތޫބާ ނާޒިމް

08 April 2024

ފަހުގެ ތާރީޚެއްގައި ފެނުން އެންމެ ރަނގަޅަށު ވެރިކަން. ދިފާއުކުރަން ޖެހޭ

The name is already taken The name is available. Register?

ސީޒަން

08 April 2024

މިގޮތައް ކޮޮމެންޓްކުރަން އެމްބަސީތަކުން ވަޒީފާދިނުން އެއީ ދެރަވަރުކަމެއް.

The name is already taken The name is available. Register?

އިލްހާމް އަހްމަދު

08 April 2024

މިއީ ވަރަށް ބުރަކޮށް އުޅެގެން އަހަރުމެން ގެނައި ވެރިކަމެއް. މޭ އައްޑަނައަކަށް ނަގާނަން މި ވެރިކަން ދިފާއުކުރުމަށް

The name is already taken The name is available. Register?

ފަތުހުﷲ

08 April 2024

ޔަގީންތާ. މިވެރިކަން ދިފާޢު ކުރެވެން އޮތް ކަމެއް ކުރާނަން

The name is already taken The name is available. Register?

ނޫފިނިފެންމާ

08 April 2024

ތިގޮތަށް ތެޔޮ ނަގަން ބޯޓެއްވެސް ތިމީހުންގެ ކުރީ ސަރުކާރުގައި ގެނައެއް ނުން. ދޮގު ހެދުމާ އޮޅުވާލުން. ކޮބާ ކުރީ ފަހަރު ބިނާކުރި އައިހެވަން. މެކެންޒީ އަށް ކޮންސަލްޓެންސީ ދީގެން ހެދި ދިރާސާ ކޮބާ.

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

08 April 2024

ކައުންސިލް ގެ މެޖޯރެޓީ ލިބުނީމާ ތިޔަކަން ސައީދުމެންނައް ފެންނާނެ! ދެން ނެތް މާގިނަދުވަހެއް!

The name is already taken The name is available. Register?

ނާޒިމާާ

08 April 2024

ވަރަށް ރަނގަޅު ވާހަކަޔެއް. ރައްޔިތުންނަށްޓަކާވެސް ދިފާއުކުރަން ޖެހޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454