ޓެލެގްރާމް ޗެނަލް ފުލުހުން ހިފަހައްޓައި ފޮޓޯ ބަދަލު ކޮށްފައި--
16 އެޕްރީލް 2024 - 10:19
ޖަޒީރާގެ ނަމުގައި ޓެލެގްރާމް ޗެނަލްތައް ހަދައިގެން ޖަރީމާތައް ހިންގި މައްސަލައިގައި، އެކަންކަމުގައި އެހީތެރިވެދިން ޓެކްސީ ޑްރައިވަރު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިދިޔަ މަހު ފެންމަތިވި ހަށި ވިއްކުމާއި މަސްތުވާތަކެތީގެ ވިޔަފާރި އަދި ބޮޑެތި އެކި ކުށްތައް ހިންގުމުގެ މެދުވެރިއަކަށް ވި ގްރޫޕްތަކާ ގުޅިގެން މިދިޔަ މަހުގެ 30 ވަނަ ދުވަހު އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި އެންމެ ފަހުން ހައްޔަރުކުރީ ހަށިވިއްކުމުގެ ވިޔަފާރި ހިންގުމަށް ހާއްސަ ކޮށްފައިވާ ޓެކްސީގެ ޑްރައިވަރެވެ.
އެ މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރުކުރީ އުމުރުން 28 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ އަންހެނެކެވެ. އެއީ ދެމަފިރިންނެވެ. އޭގެ ތެރެއިން އެކަކަކީ، ގިނަ އަދަދެއްގެ ކުށުގެ ރިކޯޑު އޮންނަ މީހެކެވެ.
ފުލުހުން މިދިޔަ މަހު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ބުނީ، ޓެލެގްރާމް ޗެނަލްގެ މައްސަލައިގެ ތުހުމަތުކުރާ ވަރަށް ގިނަ ބަޔަކު އެބަތިބި ކަމަށާއި އެ އިން ކޮންމެ މީހެއްގެ އެކައުންޓުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރު ކޮށްފައިވާ ކަމަށެވެ.
ސައިބާ ޕޮލިސް އިންވެސްޓިގޭޝަން އޮފިސަރު އިންސްޕެކްޓަ އޮފް ޕޮލިސް އާމިނަތު މުހައްމަދު ވިދާޅުވީ، އެންމެ ފުރަތަމަ ހައްޔަރުކުރި ދެ މީހުން އާމްދަނީ ހޯދަން އެއްވެސް މަސައްކަތެއް ނުކުރިއަސް، އެ މީހުންގެ އެކައުންޓުތަކުން ފައިސާގެ ބޮޑެތި ޓްރާންސެކްޝަން ހިންގާފައިވާ ކަމަށެވެ.
އޭޕްރީލް، 2023 ގައި އުފެއްދި ޗެނަލްތަކަށް ފުލުހުންގެ ބާރު ލިބުނުއިރު 7،000 އަށް ވުރެ ގިނަ މީހުން ވަނީ ސަބްސްކްރައިބް ކޮށްފަ އެވެ. އޭގެ ތެރޭގައި ދިވެހިންނާއި ބިދޭސީން ވެސް ހިމެނެ އެވެ.
އާމިނަތު ވިދާޅުވީ އެ ހިދުމަތް ދިނުމަށް ބޭރުގެ އެކި ގައުމުތަކުން ބިދޭސީން ގެނެސްފައިވާ ކަމަށެވެ. އެ މީހުން ރާއްޖެ އައިސްފައި ވަނީ ޓޫރިސްޓު ވިސާގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމްތިންގ
16 April 2024
ދެނަ ކޮންއިރަކުން ކަައޭމެން އަލްހާނު ފަހުމީ ހައްޔަރު ކުރަނީ. އޭނަ އޮޅުވާލައިގެން މީހުންގެ އަތުން ނެގި ރުފިޔާތަކުގެ މައްސަލަ ބަލަނީ. ތީއަޅެ މުއަައްސަސާއެއްތަ. ލަދުން ބީހަލާކު
ބާބޫޖީ
16 April 2024
މިއީ ކޮން ސީރީސް އެއްގެ ކޮން އެޕިސޯޑެއްތަ. ކުޅިވަރުތަކެކޭ އެއްގޮތަށް ޑްރާމާ ކުޅެންވެސް އެންމެ ކުޅަދާނައީ ދިވެހި ފުލުހުން.
ގޮރޭ
16 April 2024
ފިލްމު ނިމޭއިރު ތާށިވާނީ މިގޮލާ.
ކަންމަތިން
16 April 2024
މިހާރުވެސް މާވެޔޮ މަގުގައި ބަންގާޅިން ހިންގަމުންދާ ގެސްޓްހައުސްއެކޭ ކިޔާތަނެއްގައި ތިނޫން ކަމެއް ނުކުރޭ. ޕޮލިހުންނަށް ނޭގިގެނެއްނޫން މިކަން ހުއްޓުވާނުލެވިގެން މިއުޅެނީ. އެކަމުގައި ޕޮލިހުންގެ މަތީފަޑީ މީހުން އުޅޭތީ ނުހުއްޓުވެނީ. މިހާރުވެސް މި ނޫހުން ދޭބަލަ އެތަނަށް. ކޮންމެ ކަމެއްވެސް ވާނެ.
ކޮރަލް
16 April 2024
މަސާޖް ޕާލާ ގެ ނަމުގައި ހަށި ވިއްކާ ތަނެއް ނުހުންނަ މަގެއް މާލޭގަ މިހާރު މަދު ވާނެ އެވެ. އެތަންތަން ގިނަ ވަނީ އެކަން ނުބެލޭތީ އެވެ. އޭގެ ސަބަބުން ހިދުމަތް ހޯދާ މީހުން ގިނަ ވަނީ އެވެ.
ނީޒާ
16 April 2024
މިހާ ދުވަސް ވެގެންދާއިރު ވެސް މިމައްސަލާގައި ޓެލެގްރާމަށް އެއްވެސް ފިޔަވަޅެއް އެޅި ވާހަކައެއް އަޑެއްނީވޭ.
އެނދިމަރިޔަނބު
16 April 2024
ޓެލެގްރާމަށް ކޮން ފޮޔަވަޅެއް އަޅަންވީ؟ ކޮން ފިޔަވަޅެއް އެޅޭނީ؟
ސެކްސީ ޑްރައިވާ
16 April 2024
ޓެލެގްރާމްގެ ސީއީއޯ ހައްޔަރު ކުރަންވީތަ؟
ނާނދާ މަިރިުޔަން
16 April 2024
ޕޯން ސައިޓްތައް ބުލޮކު ކުރި ގޮތަށް މިވެސް ބުލޮކު ކުރެވޭނެ އެއްނު، ޓެލެގުރާމުން ކުރާކަމަށް މަށަށް އަޑު އިވެނޫ ހުސް މިކަހަލަ ގޯސްކަމަށް ގިނަ މީހުން ގަބޫލުކުރާ އަމަލުތައް،
އެނދިމަރިޔަނބު
16 April 2024
ނާނދާމަރިޔަނބު، މީހެއް ގަޔަށް ވަޅިހެރީމަ ވަޅި އެތެރެކުރުން މަނާކުރަންވީތަ؟ އާންމުކޮށް މީހުން ވަޅިން ފިޔާވެސް ކޮށާ، މަސްވެސް ކަނޑާ އެކަމަކު. ޓެލެގްރާމްވެސް ގިނަ މީހުން ބޭނުން ކުރަނީ އާއިލާ، ރައްޓެހިން އޮފީސް މީހުންނާ ވާހަކަ ދައްކަން. އޭޑީކޭ ޓޯކަންވެސް ޗެކްކުރޭ.