އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ހޯދާކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ.-- ފޮޓޯ: ޕޮލިސް
30 ނޮވެމްބަރ 2025 - 12:37
އޮޅުވާލައިގެން އެކި މީސްމީހުންގެ އެކައުންޓުތަކަށް ފައިސާ ޖަމާކުރުމަށް ފަހު، އެ ފައިސާ އަނބުރާ ނުލިބޭ ހާލަތުގައި ފަައިސާގެ ބަދަލުގައި މުދާތައް ވެސް ހޯދަމުން ދިޔަ މީހަކު ފުލުހުން މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ މަކަރާއި ހީލަތުން އެކި މީހުންގެ އަތުން ފައިސާ ހޯދައި، އެ ފައިސާ ވިޔަފާރި އެކައުންޓްތަކަކަށް ޖަމާކުރުވައި، ނަގަމުންދިޔަ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ ބ. ތުޅާދޫ، މަންޒަރުގެ، މުހައްމަދު ޝާވިން، 23، އެވެ.
ފުލުހުން ބުނި ގޮތުގައި، އޭނާ ހައްޔަރުކުރީ ޑޮލަރު ވިއްކާ ވައިބަ ގްރޫޕަކުން މީހަކު 1،250 ޑޮލަރު ފޮނުވުމުން އެއަށްވާ ފައިސާ ނުދިން މައްސަލައެއްގައި ހުޅުމާލެ އިން މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅި އެ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި 1،250 ޑޮލަރު ރިކަވާކޮށް، އިތުރު ދެ މައްސަލައެއްގައި ހިމެނޭ ފައިސާ ވެސް ރިކަވާ ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އިތުރު ދެ މައްސަލާގައި ރިކަވާކުރި ފައިސާގެ އަދަދެއް ފުލުހުން ނުބުނެ އެވެ.
ފުލުހުން ބުނީ ޝާވިންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.
އެކި ހިދުމަތްތައް ދޭ ކަމަށް ބުނެ ސޯޝަލް މީޑީއާގެ އެކި ޕްލެޓްފޯމްތަކުގައި އިޝްތިހާރުކޮށް، މަކަރާއި ހީލަތުން އޭނާ ހޯދާ ފައިސާ ފޮނުވުމަށް އެދެނީ އެކި ވިޔަފާރިގެ ނަމުގައި ހުޅުވާފައި ހުންނަ ބޭންކް އެކައުންޓަކަށް ކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ޑޮލަރު މާރުކުރުމާއި ތަކެތި ވިއްކުމާއި އެހެން ބައެއް ހިދުމަތްތައް ދޭނެ ކަމަށް ބުނެ އެ ހިދުމަތަށްވާ ފައިސާ އެކި ވިޔަފާރި އެކައުންޓުތަކަށް މަކަރާއި ހީލަތުން ޖަމާކުރުވައި، އެ ވިޔަފާރިތަކަށް ގުޅައިގެން ނަގުދު ފައިސާގެ ގޮތުގައި ޝާވިން ނަގަމުން ދިޔަ ކަމަށެވެ. އަދި ނަގުދު ފައިސާ ނުލިބޭ ހާލަތްތަކުގައި އެ ފައިސާއަށްވާ މުދާ އޭނާ ނަގަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ހިދުމަތަކަށް ފައިސާ ދެއްކުމުގެ ކުރިން ފައިސާ ފޮނުވަން ބުނާ އެކައުންޓް ނަންބަރުގައިވާ ވިޔަފާރިއަކީ އެފަދަ ހިދުމަތެއް ފޯރުކޮށްދޭ ބައެއްތޯ ބަލައި ޔަގީން ކުރުމަށާއި ވިޔަފާރި އެކައުންޓަށް ޖަމާވާ ފައިސާ އަނބުރާ ހޯދުމަށް ގުޅާ ނަމަ އެ ފައިސާއަކީ ކޮންގޮތަކުން ޖަމާވި ފައިސާއެއްތޯ، ފައިސާ ހަވާލުކުރުމުގެ ކުރިން ޔަގީން ކުރުމަށާއި ޝައްކު ކުރެވޭ ކަމެއް ވާ ނަމަ އަވަހަށް ފުލުހުންނަށް ރިޕޯޓް ކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް /
30 November 2025
އަދި ކިރިޔާ އަސްލު ދިވެހިރައްޔިތަކަށް ތިވީ.މަރުހަބާ ވަގަ ކަޅާ.
ކޮރަލް
30 November 2025
މިހެން ހައްޔަރު ކުރާ މީހުން ދޫކުރަން ވީ އިސްލާހް ކޮށްފަ އެވެ. ބަންދުގަ ހުންނަ އިރު 5 ވަގުތު ނަމާދު ކުރުވަން ވީ އެވެ.
އެމްސް
30 November 2025
އަދިވެސް %90 ވަޒީފާތަކުގަ ގެންގުޅެންވީ ބޭރުމީހުން ބާއެވެ؟
ޗޮކުން
30 November 2025
އަބަދުމެ އިވެނީ ވައްކަމުގެ ވާހަކަ ،ކޮރަޕްޝަންގެ ވާހަކަ ،މާރާމާރީ ގެ ވާހަކަ. މިހެން ގޮސް ދެން ކިޔާނެ ކަމެއްނެތް.. މިއެގެނީ މި ގައުމުގައި ރަގަޅު ޖީލެއް ބިނާވެފައިވާ ނެއްކަން
އެމްސް
30 November 2025
އެންމެ ނެތީ ޖީލުތައް ރަގަނޅު ކުރާނެ ބަޔެކެވެ! އެހެނީ މޫސުންހެން، އެއްވެސް ޖީލެއް އަމިއްލައަކަށް ރަނގަޅެއް ނުވާނެއެވެ!
ކުރިނބ8
30 November 2025
އަހަރެން ހަމަ ހައިރޭންވީ މި މީހުންގެ ކުޅަދާނަކަް ފެނިފަ. އަހަރެންގެ ރައްޓެއްސެއްގެ އެކައުންޓަށް 50،000 ޖަމާކޮށްފަ ހުރި. ޕޮލިހަށް ގުޅައިގެން އުޅެނިކޮށް އެންމެ ފަހު އަމިއްލަ އެކައުންޓް ފްރީޒްވެފަ ހުރި ދެ ދުވަސް ވަން ދެން. އެހާ ބައިވަރު ފައިސާ އެކި މީހުންގެ އެކައުންޓަށް ޖަމާކޮށްގެން ފައިދާ ނަގަނީ ކިހިނެއް ބާ؟
އެމްސް
30 November 2025
ޙައިރާންވާންވީ ވަގަށް މުރަނގަފަތް ބިންމީހާއާއި، ރިހާކުރުފުޅި ވަގަށްނެގިމީހާ ޖަލުގައޮވެފަ، ބިލިޔަނުން ޚިޔާނާތްތެރިވިމީހުނަށް މަޢާފު ލިބޭތީނޫންތޯއެވެ؟
ކަތްދައްތަ
30 November 2025
އޭނާ ދައްކާ މަންޒަރު ތަކަށް ގިނަ ބައެއްގެ ހިތް ދަމައިގަންނަކަން އެނގެނީ.
އެމްސް
30 November 2025
އަސްލެއް ހިފައިގެން ވިއްކަން ނިކުތީމަ ސްކޭމް އަކާއި ވައްތަރު ޤައުމެއްގަ، ޙަޤީގަތާއި އެންމެ ވައްތަރުވާނީވެސް ސްކޭމްތައް ނޫންތޯއެވެ؟