ހޮސްޕިޓަލްގެ އާ އިމާރާތް އެޅުމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ސީއީއޯ ޒިޔާދު (ކ) އަދި ހެލްތުގެ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުﷲ ސޮއިކުރެއްވުމަށްފަހު ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: ހެލްތު މިނިސްޓްރީ
20 އެޕްރީލް 2024 - 16:51
ތިން ރަށެއްގައި ހޮސްޕިޓަލްގެ އާ އިމާރާތް އަޅަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ ރ. އަލިފުށި، ނ. މަނަދޫ އަދި މ. މުލީ ހޮސްޕިޓަލްގެ އާ އިމާރާތް ނިމުމުން ޖާގައިގެ ދަތިކަން ހައްލުވެ، އެތަންތަން ގިންތިކޮށްފައިވާ މިންވަރަށް ހުރިހާ ހިދުމަތެއް ލިބި، އެހެން ރަށްރަށުގެ މީހުންނަށް ހިދުމަތް ހޯދުމުގައި ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.
މަނަދޫ އަދި މުލީގައި އަޅަން ހަމަޖައްސާފައިވަނީ 50 އެނދުގެ ދެ ހޮސްޕިޓަލެވެ. އެ ތަންތަން ނިންމަން 185 މިލިއަން ރުފިޔާއަށް ދީފައިވަނީ ދެ އަހަރުގެ މުއްދަތެކެވެ. އަލިފުށީގައި އަޅަން ހަމަޖައްސާފައިވަނީ 30 އެނދުގެ ހޮސްޕިޓަލެވެ. އެއީ 128 މިލިއަން ރުފިޔާއަށް، 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
ތިން ރަށެއްގައި އައު ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ފެށުމަށް އެމްޓީސީއާއި މިއަދު ޙަވާލުކޮށްފި އެވެ.
— Ministry of Health (@MoHmv) April 20, 2024
ނ މަނަދޫ އަދި މ. މުލީ 50 އެނދުގެ ހޮސްޕިޓަލް / 720 ދުވަސްތެރޭ މަސައްކަތް ނިންމަން.
ރ އަލިފުށި، 30 އެނދުގެ ހޮސްޕިޓަލް / 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން. pic.twitter.com/4PX8FiXGKj
މިނިސްޓްރީން ބުނީ އެ ތިން ހޮސްޕިޓަލަކީ ކޮވިޑް ފަދަ ބަލިތައް ފެތުރޭ ހާލަތްތަކުގައި ހޮސްޕިޓަލުގެ އާއްމު އޮޕަރޭޝަން ނުހުއްޓި ކުރިއަށް ގެންދެވޭ ގޮތަށް ފްލޫ ކްލިނިކާއި އައިސޮލޭޝަން ފެސިލިޓީ ހިމެނިގެން ހަދާ ތަންތަން ކަމަށެވެ.
އޭގެ އިތުރުން ހަކަތައަށް ކުރާ ހަރަދު ކުޑަކުރަން އެ ޕްރޮޖެކްޓުގެ ދަށުން ކޮންމެ ހޮސްޕިޓަލެއްގައި ސޯލާ ޕީވީ ސިސްޓަމް ހަރުކޮށް ހޮސްޕިޓަލުގެ ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަނާއި މެޑިކަލް އެއާ އަދި ސަކްޝަން އަޅާނެ އެވެ.
މިއީ ރަށްރަށުގައި ދޭ ސިއްހީ ހިދުމަތް ފުޅާކުރަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އަޅާ ހޮސްޕިޓަލްތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރުބާ
22 April 2024
އެންމެ ކުރިން ހީކުރީ ސަލީމް ރަށުގެ ހޮސްޕިޓަލްކަމަށް. ހިޔެއްނުވޭ ކަމެއް ވެދާނެހެނެއް..... ރެޑްވޭވް މިކަމާ އުޅެބަލަ.
ކަހެރުވައް
20 April 2024
މަހިތުން ޖާގަ ބޮޑުކުރަންވާނީ ހެދިފަހުރި ތަނުން ދެވޭ ފަރުވާގެ ފެންވަރު ފުރަތަމަ ރަނގަޅުކޮށްގެން. ތަންބޮޑުކޮށް ރީތި ޑިޒައިންތައް ހަދާ ރީތި ކުލަތައް ލުމަކުން ރައްޔިތަކަށް ވާނެ ފައިދާއެއް ނެތް. އަތޮޅުތެރޭގަ ހެދިފަހުރި ސައިޒުގެގޮތުން ބޮޑެތި ހޮސްޕިޓާތަކުން މިހާރުވެސް ރަނގަޅު ސްޕެޝަލިސްޓް ޑޮކްޓަރުންނާ އެކްސްރޭ ސްކޭން ޑައިލިސް ފަދަ އެތައްކަމެއް ނުކުރެވޭ.
މައުސޫމާ އިބްރާހިމް
20 April 2024
ސާބަހޭ ރައީސް، ޑރ މުއިއްޒް. ބޮޑާބެ ވަނީ ނ.އަތޮޅު ރައްޔިތަކަށް އެނާގެ ދަށްފައި ދައްކާ ބޮޑާކަމާ ކިބުރުވެރިކަމުގަ ހައްދުފަހަނައަޅާ ގޮސްފަ. ބޮޑާބެއަށް ނ.އަތޮޅުން ބުނާނީ ނޯ. އިރާދަކުރެއްވިއްޔާ ދެން ނ. ކުރިޔަށް ދާނި މުއިއްޒު ދުވެލީގަ.
އާއްޕެ
20 April 2024
ސާބަހޭ ރައިސް މުއީޒް. ޒަމާންތަކަކަށް އެކަހެރިކޮށްފަ އޮތް މަނަދުއަށް އުންމީދެއް ތިޔަ ދެއްވީ.