އއ. ތޮއްޑޫ
21 އެޕްރީލް 2024 - 12:26
އއ. ތޮއްޑު އާއި އއ. ރަސްދޫގެ އިހުތިސާސުގައި ފަޅެއް ހިމަނަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމަވައިފި އެވެ.
ރައީސް އޮފީހުން މިއަދު އާންމުކުރި އެ ގަރާރުގައި ބުނީ ލާމަރުކަޒީ ގާނޫނުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ތޮއްޑު އާއި ރަސްދޫގެ އިހުތިސާސްގައި 200 ހެކްޓަރުގެ ފަޅެއް ހިމަނަން ކަނޑައަޅާފައިވާ ކަމަށެވެ.
މި ގަރާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ވެސް ޝައިއުކޮށްފަ އެވެ.
އެއީ ރަސްދޫގެ އުތުރުން އޮންނަ ބޮޑު ފަޅެއް ކަމަށްވާ މާފަޅެވެ. އެ ފަޅުން ތޮއްޑު އާއި ރަސްދު އަށް، ކޮންމެ ރަށަކަށް ވަނީ 200 ހެކްޓަރުގެ ސަރަހައްދެއް ދިނުމަށް ރައީސްގެ ގަރާރުގައި ކަނޑައަޅައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ!!
21 April 2024
ހަމަވޯޓަށް ނުފޫޒްފޯރުވަން. މިއަދަކީ ސަރުކާރުވެސް ބަންދުދުވަހެެއް.
ސާޖިދާ
21 April 2024
ރައީސްގެ ގަރާރަކުން ނަމަވެސް ފުވައްމުލަކުން ވެސް ދިހަވަރަކަށް މިނިޓުން ދޯނީގަ ދެވޭނެ ހިސާބަކުން އެރަށު މީހުން ޕިކްނިކް ދާނެ ރަށަކާއި ފަޅެއް ލިބޭނެ ގޮތެއް ހައްދަވައި ދެއްވުން މުހިންމު.