ޚަބަރު / އެންޑީއެމްއޭ

ހިޔާ ފްލެޓެއްގައި ރޯވެ، ހަތް މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

އަލިފާނު ރޯވެ، ހިޔާ ފްލެޓަކަށް ގެއްލުންވެފައި.

ހުޅުމާލޭގެ ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގައި އަލިފާން ރޯވެ، ހަތް މީހަކަށް މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ) އިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި އެވެ.

އެމްޑީއެމްއޭ އިން ބުނެފައި ވަނީ އިއްޔެ ހަވީރު ހިނގި އަލިފާނުގެ އެ ހާދިސާގައި ހިޔާގެ 11 ވަނަ ޓަވަރުގެ 11 ވަނަ ފްލޯގެ 11 ވަނަ އެޕާޓްމަންޓުގެ އެއް ކޮޓަރި ވަނީ ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ވެފައި ކަމަށެވެ.

އެހެންވެ، އެ ތަނުގައި ދިރިއުޅޭ ހަތް މީހުންގެ އާއިލާ އަށް އެ އޮތޯރިޓީން ވަނީ މިހާރު ބޯހިޔާވަހިކަން ފޯރުކޮށްދީފަ އެވެެ.

އެމްޑީއެމްއޭގެ އޮފިޝަލަކު، "މިހާރު" އަށް ވިދާޅުވީ އެ މީހުން ވަގުތީ ހިޔާއަށް ބަދަލުކޮށްފައި ވަނީ އަލިފާނުގެ ހާދިސާ އަށް ފަހު، އެތަނުގައި ކަރަންޓުގެ މައްސަލައެއް ވެސް އުޅޭތީ ކަމަށެވެ. މިއަދު އެތަނުގެ އެސެސްމަންޓް ހަދާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެކަމަކު އަލިފާނުގެ ހާދިސާ މެދުވެރި ގޮތެއް ސާފެއް ނުވެ އެވެ.

އެންޑީއެމްއޭ އިން އާންމުކުރި އެތަނުގެ ފޮޓޯތަކުން ފެންނަ ގޮތުގައި ގޮދަޑީގައި އަލިފާން ހިފައި އެ ވެސް އޮތީ ބޭނުންނުކުރެވޭ ވަރަށް އަނދައިފަ އެވެ. އަދި ދުމުގެ ސަބަބުން ސީލިންގައި ދެލި ހިފާފައި އޮތްއިރު ކޮޓަރީގައި ހުރި އަލަމާރިއަށް ވެސް އަލިފާނުގެ އަސަރުކޮށް ހުރީ ކަޅުވެފަ އެވެ.

19 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 81%
icon angry icon angry 0%
icon wow icon wow 5%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙުސނުވާ

24 April 2024

ޙަދanun ނުފިލާނެ ނަމްބަރެއ 11-11-11

The name is already taken The name is available. Register?

ދިދަ ދަނޑި

23 April 2024

ވަގުތީ އޭ ނުކިޔާ.. ވައްދާ އެއްވެސް މީހަކު ނުކުންނާކަށް ބޭނުމެއް ނުވޭ.. އަލިފާން ރޯވެ ނޫޅެވޭވަރު ވެގެން ގޮތެއް ފެންނަންދެން ސަރުކާރުން ތަނެއް ދެނީ.. އެތާ ތިބެ ލާރިއެއްކޮށް ގެ ހަދައިގެން ގެ ކުށްޔަށްދީގެން އެލާރިތަށްވެސް ނަގަނީ އެއްކަލަ ވަގުތީ ދާއިމީ ތަނުގަ ތިބެގެން..

The name is already taken The name is available. Register?

raajje

23 April 2024

ރޯވިގޮތް ހޯދުމަކީ ތިޔަފަދަ ކަންކަން ހިނގުން ހުއްޓުވުމަށް މުހިންމުކަމެއް! ދުންފަތުގެ އިސްތިއުމާލުކުރާމީހުންއުޅޭތޯ؟ އެންމެންގެ ފޯނުތައްހަމަތޯ؟ ފޯނު ޗާޖަށްޖަހާފައި އެކަކުވެސް ނިދިތޯ؟ މިހާރު ހުންނަ ފޭކު ފޯނުޗާޖަރާއި އަދި ފޭކުފޯނު ބެޓަރިއާ ފޯނުރިޕެއަރ ކުރާތަންތަނުގައި ތިބޭމީހުންގެ (މާލެހުޅުމާލޭގައި) ރިޕެއަރކުރުމުގެ ފެންވަރު ދަށްވުމުގެ ސަބަބުން ޗާޖަށްޖަހާފައި އޮންނަފޯނުގައި ރޯވުމަކީވެސް އެކަށީގެންވާކަމެއް މީހައްތާވެސް ވެދާނެކަމަށް ފެންނަގޮތްތައް

The name is already taken The name is available. Register?

ޛުލީނާ

23 April 2024

އެތަނުގައި ދިރިއުޅޭ މީހުން ވަގުތީ ހިޔާއަކަށް ނުދޭ. އެއްބަޔަކު އުޅެނީ ރަނގަޅަށް ހުރި ކޮޓަރީގައި. އަނެއްބަޔަކު އުޅެނީ ޢާއިލާގެ ބަޔެއްގެ ގާތުގައި

The name is already taken The name is available. Register?

އަލިކޮއި

23 April 2024

ދުންފަތުން މަސްތުވާން އޮއްވާ ނިދުނީ ނޫނިއްޔާ މަސްތުވާތަކެތިން މަސްތުވެ ޖައްވުތޭރޭ އުޅެނިކޮށް ރޯވުން ވެސް އެކަށީގެންވޭ. ބެލްކަނީގާތިބެ ސިނގިރޭޓު ބޮއިފަ ވައްޓާލާ ފިލްޓަރުބުރިން ތިރީ އެޕާޓްމަންޓުގެ ބެލްކަނީގައި ހިއްކަން ބަހައްޓާފަ ހުންނަ އަންނައުނުގެ އާއި އެހެން އެއްޗެތީގައި ރޭވުމުގެ ހާދިސާ ދޭތެރެ ދޭތެރޭން ހިނގާ. ޤާނޫނުގެ އަތެއް އެމީހުންނާ ހިސާބަށް ނުފޯރާނެ.

The name is already taken The name is available. Register?

11، 11، 11

23 April 2024

ރީތި ޢަދަދެކެވެ. ނުރައްކާތެރި ޙާދިސާ އެކެވެ. (އޮޑް ނަމްބަރސް)! އަނެއްކާ ބޫގަލަކާ ގުޅުން ހުރި ކަމެއްބާ؟

The name is already taken The name is available. Register?

މުޖައްރިބު

23 April 2024

ތިޔަ ނަމްބަރުތައް އައިސްފައި ހުރިގޮތުން ރާހިބަލައިރު ތިޔަ ޓަވަރުގައި ޖިންނި އެބައުޅޭ.

The name is already taken The name is available. Register?

އަހުމަދުު

23 April 2024

ފަންކާގައޯ ރޯވީ، ފަންކާ އިނީ ރީއްޗައް، އެނދުމަތީ ސނގިރޭޓުބޯން އޮވެ ހަނދާންނެތުނީދޯ؟

The name is already taken The name is available. Register?

ޅަސޮރު

23 April 2024

ސިނގިރެޓު ބޮއިފައި އެއްލައިލާ ނުނިވި އޮންނަ ފިލްޓަރު އަހަރެމެން ފުލެޓުގެ ބެލްކަންޏަށް ވެއްޓެނީ މަދަކުންނެއްނޫން. އާއްމުކޮށް ބެލްކަޏަކީ އެއްޗެހި ހިއްކަން އަޅުވާފައި ހުންނަތަން ކަމުން މިއީ ހީނުކުރާވަރުގެ ނުރައްކާތެރި ހާދިސާތައް ހިނގާފާނެކަމެއް. އަނެކާއަށް ތިމާގެ ފުށުން އުދަގޫ ނުވާނެ ގޮތަކަށް ދިރިއުޅެން ދަސްވާނީ ކޮންދުވަހަކުން ބާއޭ ހިތަށް އަރާ

The name is already taken The name is available. Register?

ގެދާނޯމޮސް

23 April 2024

ބޯވާރޭގައި ޝީތަކުގައި ފެނުގެ އަސަރު ހުންނާތީވެ ކަރަންޓް ޝޯޓްވެފަ ހުންނަ މައްސަލަ ތިތާ މަދެއްނޫނެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454