ކުރީގެ ރައީސް ޔާމީން މިނިވަންވެ ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ: އެމަނިކުފާނުގެ މައްސަލަ އިސްތިއުނާފް ކުރުމާ މެދު ވަކި ގޮތެއް އަދި ނުނިމޭ ކަމަށް ޕީޖީ އޮފީހުން ބުނޭ --- ފޮޓޯ/މިހާރު
23 އެޕްރީލް 2024 - 11:37
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމްތައް ހައި ކޯޓުން ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން އެންގި މައްސަލަ އިސްތިއުނާފް ކުރުމާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިންގެ ކުށުގައި ހަތް އަހަރަށް އަދި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގައި ހަތަރު އަހަރުގެ ޖަލު ހުކުމެއް ޔާމީނަށް ކްރިމިނަލް ކޯޓުން ޑިސެމްބަރު، 2022 ގައި އިއްވި އެވެ. އެ މައްސަލަ ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރުމުން އެ ދެ ހުކުމް ވެސް ހައި ކޯޓުން ވަނީ މިދިޔަ ހަފުތާގައި ބާތިލްކޮށް، އެ ދެ މައްސަލަ ވެސް އަލުން ބަލަން ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމާ މެދު މިހާތަނަށް ވަކި ގޮތެއް ނިންމާފައިނުވާ ކަމަށެވެ.
އެފަދަ މައްސަލަތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން 60 ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.
ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ތިން އަހަރުގެ ޖަލު ހުކުމެއް އެ މައްސަލާގައި ކްރިމިނަލް ކޯޓުން އިއްވި އެވެ. އެ ހުކުމް ވެސް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ވަނީ އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލައްޓިބެ
27 April 2024
ބަލަ! އަލުން ބަލަން އެއޮތީ ކޮށްފަ އޮތް ޙުކުމް. އެ ބަދަލުކުރެވޭތަ؟! އެ ޙުކުމަށް އެބަޖެހޭ ޢަމަލު ކުރަން.
ވަޠަން
23 April 2024
ޔާމީނެޢް ކާސިމެޢް ނޯންނާނެ ކުށެއްކޮށްފިއްޔާ އަދަބު ލިބެންޖެހޭނެ. ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވުން ބޮޑުކަމެއް. ހައްގު ސަދަބު ދިނުމަށް ގޮވާލަން
އަޅި އަލީ
23 April 2024
'ގޮތެއް ނިންމަން ކިހާދުވހެއް ވާނެބާ! މިއަދު ހަބަރުގަ އޮތް އަބްދުﷲ ދީދީ ގެ މައްސަލަ އަށްވެސް މަސްވަރާ ކުރާ ވާހަކަ! މިހާރު އެކަމަށް މަސްވަރާ ކުރާތާ 7 ވަރަކަށް އަހަރު ވެދާނެ! އަދި މިމައްސަލަ އެއަށް ވުރެ ބޮޑު! އަހަރުމެން ދުނިޔޭގެ ތިއްބަ ގޮތެއް ނިންމޭނެބާ! ގޮތެއް ނުނިމްނެޔާ ފައިލް ކޮއްފަ ނިންމާ! ދެން ޔާމީން ހުންނަވަންވީ މައްސަލަ އަށް ވާނެ ގޮތެއް ނޭގިފަ! ތިޔައްވުރެ ޒިންމާދާރު ޥާންޖެހޭ ތިޔަ ބޭފުލުން އެބަ!
އަދި
23 April 2024
އަދި މަޑުޖައްސާލާ. އިންތިޚާބު ކައިވީމަ ތިކަން ކުރާނީ
ފެންނަގޮތް
23 April 2024
ކުށެއް ކޮއްފިއްޔާ އަދަބު ލިބެން ޖެހޭ، އެހެން ނޫނީ ޖަލުގައި ތިބި މީހުން ވެސް މިނިވަން ވާން ޖެހޭނެތާ..100 މިލިޔަން އެކައުންޓް ހުރި ކަމަށް ބުނޭ. އެކަމަކު ޔާމީނު ޕޯޑިއަމްގައި ބުނި، ގޭގެ ކުލި ނުދެއް ކޭތީ، ކުރިން ނުނެގި ފުލް މުސާރަ ނަގާވާހަކަ. ދެން ކިހިނެއް 100 މިލިޔަން ހުންނަންވީ، އަނެއްކާ އެބަކިޔާ އިންތިހާބަށް މެޑަމް . 3 މިލިޔަން ހަރަދު ކުރި ވާހަކަ އެއްވެސް. ޔާމީނުގެ އިތުރުން އަދީބު މިނިވަންކުރި ގޮތްވެސް ބަލަންޖެހޭ. އަސްލު ދޮގު ދޮލަނގު އެމްޑީޕީ.
ރައްޔިތުނ
23 April 2024
ރ ޔާމީނަށް ބޮނޑިދީގެން އެމްޑީޕީއަށް ވެރިކަން ލިބިއްޖެތޯ؟ ރ ޔާމީން ދައުރުގައި ހުކުމްޖަހައި ޖަލައްލީ ވެރިންނަށް ޝަރީއަތާ ކުރިމަތިލާން ނުކެރުނީ އެމީހުން ކުއްވެރިވާކަން އެމީހުނަށް އެނގޭތީ. ނަމަވެސް ރ ޔާމީންވަނީ އެމަނިކުފާންގެ މައުސޫމްކަން ޝަރީއަތުގައި ސާބިތުކޮށްދީފައެވެ.
ކުރީގެ ޕީޕީއެމް މެންބަރ
23 April 2024
ތިޔަ މައްސަލަ އިސްތިޢުނާފު ކުރާއިރު، ހައިކޯޓުގެ ފަނޑިޔާރުން އިހަށްދުވަހު އެއްފަހަރަށް ވުރެ ގިނަ ފަހަރު ވިދާޅުވި، ޝަރީޢަތުގެ އެކި މަރުޙަލާ ތަކުގައި ކްރިމިނަލް ކޯޓުން ހަދާފައިވާ "ގޯސްތައް" މިކަމާ ބެހޭގޮތުް ވިސްނާލައްވައްޗެވެ! ޔާމީނުގެ "ސައިޒް" އެނގުނީސް އެންމެ މަތީ ކޯޓުން ޖޫރިމަނާ އަކީ ސާބިތު ދަރަނިކަމަށް ނުނިންމާ ރިޔާސީ އިންތިޚާބުގައި ވާދަކޮށްލާނެ ފުރުސަތު ދިންނަމަ! އަދި ހަމަ އިސްތިޢުނާފު އަޑުއެހުންތައް ނިމިފައިވަނިކޮށް 4 މަސް ނުކޮށް ޙުކުމް ކުރިނަމަ! ޕާޓީ އަށް މެންބަރުން ފުރާ ފޯމުގައި "ހޫރު މާމަގެ" އައިޑީ ނަންބަރުޖެހުން ކަހަލަ ކަންނަން ނުހިމަނާ ވަގުތުއޮއްވާ އެ ޕާޓީ ރަޖިސްޓަރީ ކޮށްދީ، މަޖްލިސް އިންތިޚާބު ބޭއްވި ނަމަ!
ޛުލީނާ
23 April 2024
ހައިކޯޓުން ބުނީ މައްސަލައިގެ ޝަރީޢަތް ހިންގުމުގައި އިޖްރާއަތުތަކާ ޚިލާފަށް ކަންތައްތަކެއް ފަނޑިޔާރު ކޮށްފައިވާތީ، މިހާރު ކޮށްފައިވާ ޙުކުމް ބާޠިލުކޮށް އަލުން މައްސަލަ ބަލަން. ޔާމީނު ކުށެއް ކުރިކަން ސާބިތު ނުވާކަމަކަށް ހައިކޯޓަކުން ނުނިންމާ. އަލުން މައްސަލަ ބަލަން އެންގީ އެހެންވީމާ. މައްސަލައިގައި ބުނާ ފައިސާގެ ކަންތައް ހިނގިގޮތް ރަނގަޅަށް އަޑުއަހައި ވިސްނާލައިފި މީހަކު ހިތުގެ އަޑިން ގަބޫލެއް ނުކުރާނެ، ޔާމީނަކީ މަޢުޞޫމް މީހެއް ކަމަކަށް.
ޖެނިން
23 April 2024
ތީ ދެންމިހާރު މާއުރަތްޕެއްހުރި މީހެއްނޫން ، މިލިސްޓައް ނަޝިދު ވެސް ލާންޖެހޭ ، މިދެމީހުންގެ ސައިޒް ވާނީ މިހާރު މުޅިރާއްޖެއަށް ފެނިފަ
ރީނދޫ ކުރުސީ
23 April 2024
ޔާމީނު ދެން ހިމޭނުން ހުރުން ރަނގަޅީ. ހައްޓަށްވެސް ލުއިވާނެ އެއުމުރުގަ. ވަރަށް ވާހަކަ މިބުނީ. ބާރަށް އެއްޗެއް ވިދާޅުވާން އުޅޭއިރަށް މިހާރުވެސް އެހާ ކޮށި ފުޅު އަރުއްވާ.އަޅުގަނޑުމެން ކަންބޮޑުވޭ އިންތިހާއަށް.
ވިލް
23 April 2024
އެހެންވަނީ ދެއްތޮ؟
ޢެޑްމުންޑޯ
23 April 2024
ކޮންމެ ގޮތެއްވިއަސް ދައުލަތުގެ ފައިސާ މިވަނީ ވަގަށް ނުވަތަ ރުޝްވަތުގެ ގޮތުގައި ނަގާފައި ، ޝައްކު ކުރެވޭ މީހުން އެހާ ފަސޭހައިން ދޫކޮއްލެވިގެން ނުވާނެ ، ސްޕްރީންކޯޓާ ހަމައަށް ވެސް ދާންޖެހޭނެ ، އެއީ ދިވެހިދައުލަތުގެ ދިވެހިރައްޔިތުންގެ ހައްގުތަކެއް
ސުވާސާ
23 April 2024
އާ މަޖިލީހުން އެންމެ ފުރަތަމަވެސް މި ހުސައިން ޝަމީމް ކިޔާ މީހާ ބޭރުކުރަން ފެނޭ
ނަރީޝް
23 April 2024
ބޭރުކުރާނެކަމެއް ނެތް. ސުޕަަރމެޖޯރިޓީ އޮތީމާ ގާނޫނެއްހަދާލާ އެމްއެމްޕީއާރުސީ އިން ވައްކަން ނުކުރާކަމަށް. ބިލިޔަނުން ގެއްލުނީ ހިސާބު ޖެހުމުގައި އެެރިއޮޅުމަކުންކަމަށް. އޭރުން ނިމުނީ. ޔާމީންސަރުކާރުގައި ހިގިކަމެއް. އިބޫސަރުކާރުގައި ވީކަމެއްނެތް. ދެންމިސަރުކާރުން އެކަމަކާ ނޫޅޭނެ. އެހެންވީމާ ފަސްއަޅާފޮރުވާލުން މުހިއްމީ. ކޯނީ ރިޕޯޓެއްވެސް ހެދި. އެ ލޮލުންފެނުނު މީހެއްނެތް. 25އަހަރަށް ފޮރުވައިފި. މިކަންވެސް އެހެންހަދާލާ. ލަދުގެކަންފުޅެއްވެސް ނުގެންގުޅޭތި