އަންހެނަކު، ދެ ކުދިން ގޮވައިގެން ރަސްފަންނުގައި މަޑުކޮށްލައިގެން: ޒަކާތު ފަންޑުން މިދިޔަ މަހު އެންމެ ބޮޑު އެހީއެއް ދިނީ ކެންސަރުގެ ފަރުވާ އަށް ކަމަށް ތަފާސްހިސާބުތަކުން ދައްކާ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
24 އެޕްރީލް 2024 - 22:20
ޒަކާތުގެ ކަންކަން ބެލެހެއްޓުމަށް މި ސަރުކާރުން އުފެއްދި އާ އިދާރާ، މޯލްޑިވްސް ޒަކާތު ހައުސް އިން މިދިޔަ މަހު އެންމެ ބޮޑު އެހީތެރިކަމެއް ދިނީ ކެންސަރުގެ ފަރުވާ އަށް ކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޒަކާތު ހައުސް އިން ވަނީ އެ އިދާރާގެ މިދިޔަ މަހުގެ ތަފާސްހިސާބުތައް މިއަދު އާންމުކޮށްފަ އެވެ. ޒަކާތު ފަންޑުން ކޮންމެ މަހަކު ކުރާ ހޭދައިގެ ތަފުސީލު އެ އިދާރާ އިން އާންމުކުރަން ފެށީ މިދިޔަ މަހު އެވެ.
މިދިޔަ މަހުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން ފަގީރުންނާއި މިސްކީނުންނަށް ބޭސްފަރުވާގެ އެހީގެ ގޮތުގައި ވަނީ 878،682.88ރ. މުޅި ޖުމްލަ ހަރަދުކޮށްފައިވެ އެވެ. އެއީ 59 މީހުންގެ ބޭސްފަރުވާގެ ހަރަދެވެ.
• 28 ޕަސެންޓް ހަރަދުކުރީ ކެންސަރުގެ ބަލީގެ ފަރުވާއަށް
• 26 ޕަސެންޓް ހަރަދުކުރީ ސިކުނޑީގެ އޮޕަރޭޝަނަށް
• 4 ޕަސެންޓް ހަރަދުކުރީ ލިވާ ޓްރާންސްޕްލާންޓަށް
• 1 ޕަސެންޓް ހަރަދުކުރީ ހިތުގެ އޮޕަރޭޝަނަށް
• ބާކީ 41 ޕަސެންޓް ހަރަދުކޮށްފައި ވަނީ އެހެނިހެން ބޭސްފަރުވާއަށް
ޒަކާތު ހައުސް އިން ބުނީ މިދިޔަ މަހު ކޮށްފައިވާ ހަރަދުތަކުގެ ތެރޭގައި ފެބްރުއަރީ މަހު އެހީ ހަމަޖެހިފައިވާ މީހުންގެ ހަރަދުތައް ވެސް ހިމެނޭނެ ކަމަށެވެ.
ހާއްސަ ހާލަތްތައް މެދުވެރިވެގެން ހާލުގައި ޖެހޭ މީހުންނަށް ޒަކާތު ފަންޑުން ދޭ އެހީގެ ގޮތުގައި މިދިޔަ މަހު 17،207.65ރ. ދީފައިވެ އެވެ. އަދި އިބްނު ސަބީލް ނުވަތަ ރާއްޖެ އާއި ރާއްޖޭން ބޭރުގައި ވަނިކޮށް ހާލުގައި ޖެހުނު މީހުންނަށް 248،604ރ. ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
އެހެނިހެން ހަރަދުގެ ގޮތުގައި ސްކޮލަޝިޕާއި އިދާރީ މުވައްޒަފުންގެ އުޖޫރަ ވެސް މިދިޔަ މަހު ހަމަޖައްސާފައިވެ އެވެ. ސްކޮލަޝިޕްގެ ގޮތުގައި 44،563.80ރ. އަދި މުވައްޒަފުންގެ އުޖޫރައިގެ ގޮތުގައި 374،950.28ރ. ވަނީ ޒަކާތު ފަންޑު ހަރަދުކޮށްފަ އެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ ޒަކާތު ފަންޑުން ފަލަސްތީނުގެ ގާޒާގެ ރައްޔިތުންގެ އެހީ ގޮތުގައި 100،000 ޑޮލަރު ފޮނުވަން ވެސް މި މަހު ކުރީކޮޅުގައި ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒައްރަަ
25 April 2024
މި ފަންޑަކީ މި ސަރުކާރުން އެންމެ އަހަންމިއްޔަތުކަންދީގެން ކުރިއަށް ގެންދާ ފަންޑެއްް. އިހުމާޅުނުވެ މި ފަންޑް މެނޭޖްކުރުމުގެ ހެޔޮ ތައުފީގް މިންވަރުކުރުން.
އަންސާމްް
25 April 2024
ޒަކާތުން މީހުންނަށް އެހީވަމުންދާތަން ފެނުމުން އިތުރަށް ޒަކާތް ދެއްކުމަށް ލޯބިޖެހޭ.
ކުލްސޫމްް
25 April 2024
މި ސަރުކާރުން ހެދި އެންމެ ސަޅި އެކަށްޗަކީ ޒަކާތް ހައުސް. މީގެން ރައްޔިތުންނަށް ގިނަ މަންފާވާނެކަން ކަށަވަރު.
ލަމާންް
25 April 2024
ޒަކާތުގެ ކަންކަން ވަރަށް ރަނގަޅަށް މެނޭޖްކޮށް އެންމެ ބޭނުންޖެހޭ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން އެއީ ވަރަށް ބޭނުންތެރިކަމެއް.
އަސްމާާ
25 April 2024
މި ސަރުކާރުން ޒަކާތު ހައުސް އިފްތިތާހްކުރިފަހުން ވަރަށް ރަނގަޅަށް ޒަކާތުގެ ކަންކަން ކުރިޔަށް އެބަދޭ.
އޮނަރަބްލް އަފީފު ދީދީ
25 April 2024
ޝޭޙްއަށް ދަންނަވާލަން ބޭނުންވަނީ ކެންސަރަށް މަގުފަހިވާނެ އެތައްކަމަކަށް ޖާގަދީ އެކަންކަން މުޖުތަމައުގައި ފަތުރާން މަގުފަހިކޮށްދީފައި (ސިގިރޭޓާއި،ވޭޕް ކުރުމާއި އެނާރޖީ ޑްރިންކްސް އަދި ސުޕާރީ އާއި ދުފުމުގެ އިތުރަށް ދޯބުރާލި ހަކުރަށް ދައުލަތުން ސަބްސިޑައިޒް ކުރުންފަދަ) އެތައްކަމެއް ކުރަމުން ކެންސަރުފަދަ ބަލިތަކަށް ފަރުވާދިނުމަށް ޙަޒާނާ ހުޅުވާލުމަށްވުރެން ބުއްދިވެރި ގޮތަކީ ބަލި ފެތުރުން ހުއްޓުވުމަށް ޙަޒާނާއިންހޭދަކޮށް ބަލިން ރައްކާތެރިވެވޭތޯ ބެލުމޭ.
އޮނަރަބްލް އަފީފު ދީދީ
25 April 2024
ދިވެހިންގެ މެދުގައި ފެތުރުން އާންމުވެފައިވާ ގައިން ގަޔަށްނާރާ ކެންސަރާއި ހިތުގެ ބަލިތައް ފަދަ ބަލި މަދުކުރުމަށްޓަކާވެސް ދައުލަތުން ސަބްސިޑައިޒް ކުރާ އަދި ނުބައި އާދައެއްގެ ގޮތުގައި ކެއުމަށް ދިވެހިން ދެވިހިފާފައިވާ ދޯބުރާލި ހަކުރު ނުވަތަ Refining process Sugar އަށް ދައުލަތުން ސަބްސިޑައިޒް ކުރުން ވަގުތުން ހުއްޓާލާ ދޯބުރާލި ކެއުމުން އިންސާނުންނަށް ލިބޭ ގެއްލުމާއި ބެހޭގޮތުން ދިރާސާ ރިޕޯޓް ހިމަނައިގެން ހޭލުންތެރިކަމުގެ ޕްރޮޤްރާމް ހިންގާކަށް ނުވޭތޯ!؟
ޑޮކްޓަރ ނުވެ ދީދީވޭ
25 April 2024
މާބޮޑަށް ހަކުރަކާ ލައިގެން ނޫޅޭ. ދެން އައިސްކްރީމާ ކޭކާ ކުކީސްއާ ސްވީޓް ކެޗަޕާ ސްވީޓް ސޯސްތަކާ 10 25% މޭވާގެ ވިޔަފާރި ޖޫސްތަޖާ ވެސް މަނާކުރަންވީތަ؟ މިވެރިންގެ ފަޅިސައިންސްތަކާ ހުރެ ގޭބިސީތަކުގެ އިގްތިޞޯދު ޚަރާބުކޮށްފި! މާމުޔާ ކަދުރާ އަޅާގެން ހަދާ ފޮނި ކާއެއްޗެހީގެ ކެލޮރީއެއް 50 ގުނަ! ކެންސަރޭ ކިޔަނީ މިއަދު މާދަމާ އެހެން އެއްޗަކަށް ވެދާނެ.
ބަވަވަނަ
24 April 2024
ކެންސަރު ޖެހެން މެދުވެރިވާ ކަންކަން ބަލައި ހުއްޓުވުމަށް ބޮޑު ހޭދައެއް ކުރަންވީ. ދިވެހިން ބަލިތައް ފަހައި ދުވަނީ ކީއްވެ. ބަލިތަކުން ރައްކާތެރިވާނޭ ކަންކަން ބަލައި ހޯދުން މުހިއްމު. ރަައްޖޭގެ ކެއުން ބުއިން ހުންނަގޮތްވިޔަސް
މިހާލު
24 April 2024
ލިޔުނު އެއްޗެއް ފެންނައް އޮންނާނި