ދިއްފުށީގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުމުގެ މަޝްރޫއުގައި މިއަދު ސޮއިކުރައްވަނީ.--- ފޮޓޯ: އޭއެފްޓީއެފް
20 ފެބުރުއަރީ 2017 - 16:20
އަލިފުޅު ތުއްތު ފައުންޑޭޝަން (އޭއެފްޓީއެފް) އާއި މީރު އައިލެންޑް ރިސޯޓުން ހަތަރު މިލިއަން ޑޮލަރު (61.7 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ކ. ދިއްފުށީގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ދިއްފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި، އޭއެފްޓީއެފްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޖަމިއްޔާގެ އިސްބޭފުޅެއް ކަމަށްވާ އަބްދުﷲ ސަލީމް އަބްދުއްސައްތާރެވެ. މީރު އައިލެންޑު ރިސޯޓް އެންޑް ސްޕާ އިން ސޮއިކުރެއްވީ އެތަނުގެ ޖެނެރަލް މެނޭޖަރު ވޯލްޓާ ކައުފްމަން އެވެ. މި މަޝްރޫއު ހިންގުމަށް ހަވާލުކޮށްފައިވާ އަލްޓެކް މޯލްޑިވްސްގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަސީމް ވެސް އެއްބަސްވުމުގައި ސޮއިކުރެއްވި އެވެ.
މީރު އައިލެންޑަކީ ވިޔަފާރީގެ ދާއިރާއިން ރާއްޖޭގެ އެންމެ މަޝްހޫރު އެއް އާއިލާ ކަމަށްވާ ޗަމްޕާ އާއިލާ އިން ހިންގާ ރިސޯޓެކެވެ. އަލިފުޅު ތުއްތު ފައުންޑޭޝަނަކީ ވެސް އެ އާއިލާ އިން ހިންގަމުން އަންނަ ޖަމިއްޔާ އެކެވެ.
އޭއެފްޓީއެފް އިން ބުނީ 12،00 އަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ދިއްފުށީގައި މިހާރު މީހުން ދިރިއުޅެމުން އަންނަ ތަންތަނާއި އަލަށް އާބާދުކުރަން ހަމަޖެހިފައިވާ ތަންތަނަށް ވެސް، ފެނާއި ނަރުދަމާގެ ނިޒާމުން ގުޅުވާނެ ކަމަށެވެ. މި މަޝްރޫއުގެ ދަށުން ދިއްފުށީގައި ހަތަރު ޕަމްޕު ސްޓޭޝަނާއި 400 ޓަނުގެ ދެ ސްޓޯރޭޖް ޓޭންކް ބަހައްޓާނެ ކަމަށް އޭއެފްޓީއެފުން ބުންޏެވެ.
އަލްޓެކް ކުންފުންޏާ މި މަޝްރޫއު ހަވާލުކުރީ ޑިޒައިން އަދި އަމަލީ މަސައްކަތާ އެކީގަ އެވެ.
ރާއްޖޭގެ މީހުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމުގެ މަގުސަދުގައި 2000 ވަނަ އަހަރު އުފެއްދި ފައުންޑޭޝަނުން އަންނަނީ އެކި ރަށްރަށުގައި މިސްކިތްތަކާއި ފެނާއި ނަރުދަމާ ވެސް ގާއިމްކޮށްދެމުންނެވެ. އަދި ކޮންމެ އަހަރަކު ވެސް މަދުވެގެން ދިވެހި ދެ ދަރިވަރަކަށް ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމަށް ސްކޮލަޝިޕް ދެ އެވެ.
އަލިފުޅު ތުއްތު ފައުންޑޭޝަނުން އެކި ރަށްރަށުގައި ހަތް މިސްކިތެއްގެ މަސައްކަތް ފަށައި އޭގެ ތެރެއިން ތިން މިސްކިތެއް މިހާތަނަށް ވަނީ އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ. އަދި ބާކީ ހަތަރު މިސްކިތެއްގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު
21 February 2017
ވ.ރަގަޅު މިވަރުވެސްކޮށްދޭކަން އެއީ ޒަމާނުއްސުރެ ދިވެހިންގެ ރަށްތައް ނުއަގުގައި ނަގާ ފައިދާ އެތަށްދުވަހަކު ހޯދުމަށްފަހު މިކަހަލަ މަސައްކަތް ދިވެހިންނަށް ކޮށްދޭންފެށިކަމީ ސަނާ ކިޔަންޖެހޭ ކަމެއްނޫނެވެ.
އެމީހާ
21 February 2017
ތުލުސްދޫ ދާއިރާގެ މެންބަރަކަށް ނަސީމް ހޮވިނަމަ މިއަދު ހުރިހާ ރަށެއްގައި ހުންނާނީ ނަރުދަމާ އަޅައި ނިންމާފަ....
އަފިހުން ގޮއްޔެ
20 February 2017
ރަނގަޅު، ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިންތަ.......
ރޯޒް
20 February 2017
ޝުކުރިއްޔާ ޗަމްޕާ އާއިލާ... ހެޔޮކަމެއް ކޮށްފިއްޔާ އަބަދުވެސް ސަނާ ކިޔާނަން..
ގެނޭގެނޭ
20 February 2017
ތީ ކިއެއްކުރަން ދިއްފުށީގައި 4 މިލިއަން ޑޮލަރު އޭއެފްޓީން ޚަރަދުކޮށްގެން ކުރާ ކަމެއްތޭ އޭން ބުނެބަލަ. ތީ ހަމަ ބޭކާރު ކަމެއްތިޔާ ކުރަނީ އިނގޭ. ގެނޭ ތިޔާ 4 މިލިއަން ޑޮލަރު ހުޅުމާލެ އަށް. ހުޅުމާލެ އަށް ތިޔާ 4 މިލިއަން ޑޮލަރު ގެނެސް އެތަނުގައި 1000 ހައުސިންގް ޔުނިޓްސް ހިމެނޭ ގޮތަށް ލަގްޒަރީ އެޕާރޓްމަންޓް ބިލްޑިންގް އެއް އަޅާ އެތަނަށް ދިއްފުށި އެންމެން ބަދަލު ކޮށް ފައި ދިއްފުށީގައި ވެސް ރިސޯރޓެއް ހެދީމާ ހުންނާނީ ރަނގަޅަށެވެ. ގެނޭ ފައިސާ ކޮޅު މިހާރު ހުޅުމާލެ އަށް ގެނޭ ގެނޭ ގެނޭ ފައިސާ ކޮޅު އިނގޭ.
މެންޓަލިސްޓް
20 February 2017
ކުރީން އަހަރުން އެއްއަޑަކަށް އަޑުއަހަނީ ވިލާ ފައުންޑޭޝަންގެ ވާހަކަ ، މިހާރު މިއިވެންފެށީ އަލިފުޅުތުއްތުފައުންޑޭޝަންގެ ވާހަކަ ، ޗަމްޕާއަކީ އެންމެގިނައިން މަރުކަޒީބޭންކުން ޓީބިލް ގަންނަ އެއްފަރާތް ،، އޭގެ އިންޓަރެސްޓްއަށް ވެސް މިލިއަނުން މިހާރު ހުންނާނީ ފައިސާލިބިފައި ،، ވީމާ ތިޔައީ ވެންމަސް ވެނަށް ކާންދިނުން ކަހަލަ ކަމެށް ،، ވަރަށްވެދުން
ރޯޒް
20 February 2017
ކަމެއް ކޮށްދިނަސް ސަލާމަތެއް ނެތް - ކަމެއް ކުރިޔަސް ސަލާމަތެއް ނެތް؛ މުއްސަނދިންދެކެ ރުޅިއަންނަނީ ތިމާ މުއްސަނދިވަންދެން. ތިމާ މުއްސަނދި ވީމައި ދެއްކި ހުރިހައި ވާހަކައެއް ހަނދާން ނެތޭ! މުއްސަނދިން ކޮށްދޭ މިފަދަ ކަންކަމަށް ހިއްވަރުދީ ސަނާކިޔުން މުހިންމު ކަމަށް އަހަރެން ދެކެނީ.. ގޯސް ކަމެއް ކޮށްފިއްޔާ އެއްޗެހިވެސް ގޮވާނަން.،
ރަދީފް
20 February 2017
ސާބަހޭ ޗަމްޕާ.ތިޔަކަން ނިމިފަ އޮންނަންވިތާ ކިތަންމެ ދުވަހެއް.މާލެއަތޮޅުގަ ރިސޯޓްތައް އެންމެގިނައީ، ނަމަވެސް ނިސްބަތުން ތަރައްގީގެ ސްޕީޑް އެންމެ ސްލޯކޮށް އުޅެނީ މާލެއަތޮޅު. ޔައުނީ ކ.އަތޮޅު.
ޒިންދަގީ
20 February 2017
މަރުހަބާ ނަސީމް
މީ
20 February 2017
މީ ނަސީމު ކުރާ ކަމެއް ނޫން.