ބޯކޮށް ވާރޭވެހި ގުރައިދޫގައި ފެންބޮޑުވެފައި-- ފޮޓޯ: އެންޑީއެމްއޭ
30 އެޕްރީލް 2024 - 14:13
ރޭ ކ. ގުރައިދުއަށް ބޯކޮށް ވާރޭވެހި 50 އަށްވުރެ ގިނަ ގެއަށް ފެން ވަދެ ގެއްލުން ވެއްޖެ އެވެ.
ގުރައިދޫ ކައުންސިލުގެ އޮފިޝަލަކު ވިދާޅުވީ ރޭ ވާރޭ ވެހެން ފެށީ އިރާކޮޅު 7:30 ހާއިރު ކަމަށެވެ. ދެ ގަޑިއިރަށް ވެހުނު ވާރޭ ހުއްޓާލިއިރު ރަށުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރޭ 9:30 ހާއިރު ވިއްސާރަ ހުއްޓާލީ. އޭރު މަގުތަކުގައި ފެންބޮޑުވެ، ވަރަށް ގިނަ ގެތަކަށް ގެއްލުން ވެފައި ވަނީ،" އޭނާ ވިދާޅުވި އެވެ.
ބޯކޮށް ވާރޭވެހި ގުރައިދޫގައި ފެންބޮޑުވެފައި-- ފޮޓޯ: އެންޑީއެމްއޭ
ގެތަކަށް ލިބުނު ގެއްލުން ބަލަމުންދާ ކަމަށާއި މިހާތަނަށް ބެލިބެލުމުން 50 އަށްވުރެ ގިނަ ގެއަށް ފެންވަދެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގުރައިދޫގައި ފެންބޮޑުވުމުން ރޭ ރަށު ކައުންސިލާއި ރައްޔިތުން ނިކުމެ ވަނީ ފެން ހިންދަން ފަށައިފަ އެވެ. އޭގެ ފަހުން އެމްއެންޑީއެފްއިން ވެސް އައި ފެން ހިންދުމަށް އެހީތެރިވަމުންނެވެ.
ކައުންސިލުން ބުނީ ރޭ 11:00ގައި ގެތަކުން ފެން ހިންދައި ނިންމާލައިފައިވާ ކަމަށެވެ. މިހާރު ކުރިއަށްދަނީ އެ ގެ ތަކަށް ލިބިފައިވާ ގެއްލުންތައް ބެލުމުގެ މަސައްކަތް ކަމަށް ކައުންސިލުން ބުންޏެވެ.
ބޯކޮށް ވާރޭވެހި ގުރައިދޫގައި ފެންބޮޑުވެފައި-- ފޮޓޯ: އެންޑީއެމްއޭ
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ވަނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމައަށް ޔެލޯ އެލާޓް ނެރެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުއްބާ
01 May 2024
ތި ނުކިޔާނޭ ގޭގެއަކައް. ތިއައް ކިޔާނީ ސިމެންތިން ރާނާފަހުރި ޖިފުޓި.
ވެންގަބޯ
30 April 2024
ގެދޮރު އިމާރާތް މާރާތް ކުރާއިރުވެސް ވިނަންޖެހޭ ކަންކަން އެބަހުރި ފުރާޅުމައްޗަށް ވެހޭ ވާރޭފެން ދިޔަދޮވި ހަރުކޮށް ވާރޭފެން ބިމަށް ހިންދޭގޮތެއް ހުރުން ގޭގެ އޮޅިގަނޑު ފެން ނުވަންނަވަރައް އުސްކުރުން މަގުމަތުން ފެން ނުވަންނާނޭހެން އުސްކޮށް ވެލި ބަސްތާ ޖައްސާފަ ބެހެއްޓުން ރަނގަޅުވާނޭ
ކޮރަލް
30 April 2024
ކައުންސިލުން ފެން ބޮޑުވެފަ ހުރި ސަރަހައްދު ބަލާ ދިރާސާ ކޮށް އެކަން ރަނގަޅު ކުރުމަށް ސަރުކާ ރަށް ރިޕޯޓެއް ހުށަހަޅަން ވީ އެވެ.
އަހަންމަދޭ
30 April 2024
މިވަރުވެގެންދިޔައިރު ކައުންސިލުން އެޅި ފިޔަވަޅަކީ ކޮބާ؟