01 މެއި 2024 - 00:03
ރާއްޖޭގައި ހިންގާ ދެ މީޑިއާއަކަށް އިންޒާރު ދިން މައްސަލަ ސަރުކާރުން ކުށްވެރިކޮށްފި އެވެ.
މިދިޔަ ދެ ދުވަސް ތެރޭގައި ސޯޝަލް މީޑިއާގައި "ރާއްޖެ ޓީވީ" އަށާއި "ޗެނަލް-13" އަށް ގެއްލުން ދޭނެ ކަމުގެ އިންޒާރު ކާކު ކަން ނޭނގޭ ޕްރޮފައިލްތަކުން ވަނީ ދީފަ އެވެ.
ޗެނަލް-13 އަށް ފިތުނަ އުފައްދަން ޖާގަ ނުދޭނެ ކަމާއި ރާއްޖެ ޓީވީގައި ރޯކޮށްލާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.
އެކަމާ ގުޅޭ ގޮތުން ރައީސް އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ނޫސްވެރިންގެ ހިމާޔަތުގައި ދިވެހި ސަރުކާރުން ފުރިހަމަ ސަމާލުކަމާއެކު މަސައްކަތްކުރާނެކަމުގެ ޔަގީންކަންދޭ ކަމަށާއި އެފަދަ އެއްވެސް ކަމެއް ކުރާ ފަރާތެއް އެނގޭ ނަމަ ގައުމީ މަސްލަހަތު އިސްކޮށް ފުލުހުންނަށް އެކަން ރިޕޯޓު ކުރަން އިލްތިމާސް ކުރާ ކަމަށެވެ.
އެ މައްސަލައިގެ ތަހުގީގެއް ފުލުހުން ވެސް ފަށާފައިވާ އިރު ރައީސް އޮފީހުން ބުނީ ފުލުހުންނަށް ލިބިފައިވާ ހުރިހާ ވަސީލަތަކާ ގާބިލްކަމެއްގެ ބޭނުންކޮށްގެން އެކަން ކުރާ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ނޫސްވެރިންގެ އަޑުއަހައި މީޑިއާތަކުގެ މަސައްކަތް ކުރިއަރުވައި ޒިންމާދާރުކަމާއެކު ހަބަރާއި މައުލޫމާތު ފެތުރުމަށް ފުރުސަތު ދިނުމަކީ މި ސަރުކާރުން އަބަދުވެސް ނަގަހައްޓާނެ ސިޔާސަތެއް." ރައީސް އޮފީހުން ބުންޏެވެ.
އެ މައްސަލައިގައި ފުލުހުން ބުނެފައި ވަނީ މީހުންގެ ފުރާނައަށާއި ތަކެއްޗަށް ގެއްލުން ދޭނެ ކަމަށް ބުނެ އިންޒާރު ދޭ މައްސަލަތަކަކީ އެ މުއައްސަސާއިން ވަރަށް ސީރިއަސް ކޮށް ތަހުގީގު ކުރާ މައްސަލަތަކެއް ކަމަށެވެ.
އެހެންވެ މި މައްސަލަ ސައިބާ ކްރައިމް ޑިޕާޓްމަންޓާއި ސީރިއަސް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާރިޝްް
02 May 2024
ބަޔަކު ރާވައިގެން މި ސަރުކާރުގެ އަގު ވައްޓާލާ މި ސަރުކާރަކީ ނޫސްވެރިންނަށް ބިރުވެރި ތަނެއްކަމުގައި ދައްކަން އުޅުނަސް ތިކަމެއް ނުވާނެ. ރައްޔިތުން އެހާ ޤަމާރެއްނޫން.
ނިޝާމްް
02 May 2024
މި ސަރުކާރުން ނޫސްވެރިންނާއި މީޑިޔާތަށް ހިމާޔަތްކުރާނެކަމާމެދު އެއްވެސް ޝައްކެތް ނުކުރަން.
އިކްރާމްް
02 May 2024
މި ސަރުކާރަކީ މިނިވަން ނޫސްވެރިކަމާއި ވަރަށް ގާތުން މަސައްކަތްކުރަމުން އަންނަ ސަރުކާރެއް. މިހާ ސަރުކާރާއި ގުޅުން ރަނގަޅު ވެރިކަމެއް އަދި މިހާތަނަކަށް ނާދޭ. މިގޮތަށް ބަޔަކު ބިރުދައްކާ ރައްޔިތުންގެ ހައްޤުތަށް ގެއްލޭގޮތަށް އަމަލުކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫން.
4321
01 May 2024
5 އަހަރު ނިމިގރން ދިޔައީ އެއްވެސް ޓީވީއަކަށް ބިރެއް ނުދައްކާ. އެކަމަކު ސިޔާސީ ގޮތުން އެ ޗެނަލް 13 އިން ނުކިޔާ އެއްޗެއްނެތް އޭރުގެ ވެރިމީހާއަށާ ސަރުކާރަށް. ރ ޓީވީން އޭރުގެ އިދިކޮޅަށް އަދި މިހާރުގެ ރައީސްއަށް ނުގޮވާ ހުތުރުއެއްޗެއްނެތް. އެކަމަކު ޗެނަލްތަކަށް އިންޒާރެއްނެތް. މިހާރު އެދެޓީވީ އެއްވެގެން ފަސާދަ އުފައްދަން ދޮގުހަދައިގެން އިންޒާރުދެނީއޭ ގޮވަނީ. ހަމަ ހުސްދޮގު. ސަރުކާރަށް ޕްރެޝަރ ކުރަން ކުރާ މުޑުދާރު އަމަލިތައް.
ކކކކކކ
01 May 2024
މަލީހު ޖަމީލުގެ ޑިމޮކްރަސީ ތިއަރީގެ ބައެއް. އެއްގޮތަކުން ނުވިއްޔާ ދޮގާ މަކަރާ ހީލަތުންވެސް ވެރިކަމަށް ދަތިކުރެވޭތޯ ބަލާނެ އެބައިމީހުން.
އައިމިނާ
01 May 2024
ކުއްވެރި ކުރަން.
އައިމިނާ
01 May 2024
ސަރުކާރުގެ އަގުވައްޓާލަން ކުރި ބަޔަކު ކުރާކަމަކަށް ވާނީ.
އާމިރުސުލީމް
01 May 2024
މީ ސަރުކާރުގެ ތަސައްވުރު ގޯސްކުރަން ބަޔަކު ކޮށްގެން އުޅޭ ކަމަކަށް ވެސް ވެދާނެ، ކުރިން ކޮންމެވެސް ބަޔަކު ރާއްޖެޓީވީ ރޮއިކޮށްލި، ވީމާ އެވާހަކަ ދައްކައިގެން އެމްޑީޕީއަށް ހަމްދަރުދީ ހޯދާ، މިސަރުކާރަކީ ޓެރަރިސްޓު ސަރުކާރެއްކަމަށް ދައްކަން ފަސޭހަވާނެ، ސަރުކާރުކުދިން މީޑިއާތަކަށް އިންޒާރުދޭން ޖެހޭ ހާލަތެއްނެތް، ތިޔަ ޓީވީތަކުން ކިޔާ އެއްވެސް އެއްޗެއް ރައްޔިތުން އަޑުނާހާކަން އިންތިހާބުން އެނގޭ، ޓީވީތަކާހެދި ސަރުކާރުން ކަންބޮޑުވާންޖެހޭ ކަމެއްނެތް
ކކކކކކ
01 May 2024
މަބުނާނީ ޔޫއެސް ގެ ސީއައިއޭގެ ފޮތުން ނެގި ތަންކޮޅެއްކަމަށް. ހުސް ދޮގު ފަތުރައިގެން ގައުމުގެ ހަމަޖެ ހުންނައްތާލަން އެދެބައިމީހުން ގުޅިގެން ފަތުރާ އެއްޗަކާ ވަރަށް ވައްތަރު.
ހުސެންބޭ
01 May 2024
ރާއްޖެޓީވީއަކީ އިރުއިރު ކޮޅާ ރޯވާތަނެއް. އެމޭޒަން ޖަންގަލީކަހަލަ ތަނެއް. މިދުވަސްކޮޅު ވަރަށް ހޫނުގަދަ
6864
01 May 2024
ޜ. ޓީވީގެ ސިސްޓަރ ޗެނަލް 13 ވެސް ޑްރާމާގެ ސައިޑް ރޯލެއް ކުޅެމުން އެދަނީ.
މުޖައްރި ބު
01 May 2024
ރާއްޖެޓީވީ އަށް ބިރު ދެއްކުމުގައި އެ އުޅޭ ބޯދިގު މުނާފިގުން ގެ އަތެއް ނުވެ ނުދާނެ