ހުޅުމާލޭގެ ބޮޑުމަގުގައި ފުލުހުން ހަރަކާތްތެރިވަނީ.--- ފޮޓޯ: މިހާރު
01 މެއި 2024 - 23:16
އެ ރަށު ކައުންސިލްގެ މެމްބަރަކު ފުލުހުންނާ ހަވާލާދީ ދެންމެ ވިދާޅުވީ، ލޯންޗުން މާލެ އައި އުމުރުން 14 އަހަރުގެ ފިރިިހެންކުއްޖާ ފެނިފައިވާ ކަމަށް. މާލޭގައި ދިރިއުޅޭ އުމުރުން 13 އަހަރުގެ ލޯބިވެރިޔާ އަށް އަނިޔާ ކުރާ ކަމަށް ބުނެ، އެ ކުއްޖާ ސަލާމަތް ކުރަން މާލެ އައި ފިރިހެންކުއްޖާ ފެނުނީ މަގުމަތިން ކަމަށް ވެސް ކައުންސިލްގެ މެމްބަރު ވިދާޅުވި. އެ އަންހެންކުއްޖާ ވެސް ވަނީ މީގެ އިރުކޮޅެއް ކުރިން ފެނިފައި. އެ ފިރިހެންކުއްޖާ ލޯންޗު ހުޅުމާލޭގެ ފަޅުތެރެއަށް ދޫކޮށްލާފައި ރަށުތެރެއަށް އަރައި އަންހެންކުއްޖާ ގޮވައިގެން ފިލީ ކަމަށް މައުލޫމާތު އެނގޭ މީހަކު ކިޔައިދީފައިވޭ. އެހެންވެ، ފުލުހުން އައީ އަންހެންކުއްޖާ ވެސް ހޯދަމުން.
މާލޭގައި ދިރިއުޅޭ އުމުރުން 13 އަހަރުގެ ލޯބިވެރިޔާ ހުންނަ ގޭގެ މީހުން އެ ކުއްޖާ "އެބިއުޒް" ކުރާ ކަމަށް ބުނެ އެ އަންހެންކުއްޖާ ސަލާމަތް ކުރުމަށްޓަކައި ލޯންޗެއް ވަގަށް ނަގައިގެން އެކަނި އެ ދުއްވާފައި މާލެ އައި އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖާ އަދިވެސް ނުފެންނަ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
މ. އަތޮޅުގެ ރަށެއްގައި ދިރިއުޅޭ އެ ފިިރިހެންކުއްޖާ ރޭ ދަންވަރު މާލެ އައީ އެ ރަށުގެ ބަނދަރުގައި އަޅާފައި އޮތް ސިނަމަން ހަކުރާ ރިސޯޓުގެ ލޯންޗެއް ވަގަށް ނަގައިގެން ކަމަށް ވެ އެެވެ. އެއީ ވައްކަންތައް މަދު ރަށަކަށް ވުމުން ލޯންޗުތަކުގައި ތަޅުދަނޑި ޖެހުމަކީ އާންމު ކަމަކަށް ވާތީ އެ ލޯންޗުގައި ވެސް ހުރީ ތަޅުދަނޑި ޖަހައިފަ އެވެ.
ދެ ގަޑިއެއްހާއިރު ވަންދެން އެކަނިމާއެކަނި ލޯންޗު ދުއްވާފައި އެ ކުއްޖާ މާލެ އައީ އޭނާގެ ލޯބިވެރިޔާ އަށް ގޭތެރެއިން ލިބެމުންދިޔަ އަނިޔާ އިން ސަލާމަތް ކުރަން ކަމަށް ބުނެ އެވެ.
ނަމަވެސް އޭނާ މާލެ އައި ފަހުން އަންހެންކުއްޖާ ގެއްލިގެން އާއިލާ އިން ފުލުހުންނަށް ރިޕޯޓު ކުރި ކަމަށް އެނގިފައި ވެ އެވެ. މައުލޫމާތު އެނގޭ މީހަކު ބުނިގޮތުގައި، ރޭ ދަންވަރު ހުޅުމާލެ އަށް ލޯންޗު ކައިރި ކުރުމަށް ފަހު، އެ އަންހެންކުއްޖާއާ އެކު ލޯބިވެރިޔާ ފިލީ އެވެ.
ފިރިހެން ކުއްޖާ ދަތުތުކުރި ލޯންޗު.
އެކަމަކު، އިތުބާރު ހުރި ފަރާތަކުން "މިހާރު" އަށް މިރޭ ބުނީ ހުޅުމާލޭގެ ހިޔާ ފްލެޓެއްގައި އާއިލާއާ އެކު ދިރިއުޅޭ އެ އަންހެން ކުއްޖާ މިހާރު ފުލުހުން ހޯދާފައިވާ ކަމަށެވެ. އެކަމަކު، ފިރިހެން ކުއްޖާ އަދި ވެސް ނުފެންނަ ކަމަށް އޭނާ ބުންޏެވެ.
މިކަމާ ގުޅޭގޮތުން އެއްވެސް އިދާރާއެއްގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.
އެ ފިރިހެންކުއްޖާގެ ބައްޕައަކީ ޑިންގީ ދުއްވާ މީހެއް ކަމުން ލޯންޗުފަހަރު ދުއްވަން އެ ކުއްޖާ އަށް ވެސް އެނގޭ ކަމަށް ވެ އެވެ.
ފުލުހުން މީގެ އިރުކޮޅެއް ކުރިން ބުނީ، ހުޅުމާލޭގެ ފެރީ ޓާމިނަލް ކައިރިން ފަޅުތެރޭގައި އެ ލޯންޗު އޮއްވައި ފެނިފައިވާ ކަމަށެވެ.
އެ ކުއްޖާ ހުޅުމާލެ ފަޅުތެރެއަށް ލޯންޗާ އެކު ކައިރިކޮށް، އެ އުޅަނދު ދޫކޮށްލާފައި ރަށުތެރެއަށް ފޭބީ އެވެ.
ކުއްޖާ އެ ރަށުން މާލެ އައީ ދަބަހަކަށް ހެދުން އަޅައިގެން ކަމަށް އެ ރަށުގެ މީހުން ބުނެ އެވެ. މާލެ އައި ލޯންޗު މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި މިހާރު އަޅާފައިވާއިރު، އެ ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ލޯންޗުގެ ފަޅުވެރިއަކު ކޮށްފައިވާ ޕޯސްޓެއްގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެލެކްސަ
02 May 2024
މިތާތިބި ގިނަ މީހުނަށް ގޯސްމިވީ ވަގަށް ބައެއްގެ ލޯންޗެއްގަ އައިމައެވެ. އަނިޔާ ލިބެމުންދާ ކުއްޖާއާ ދޭތެރެ ވިސްނާލުމެއްނެތެވެ. ގައިމު އެހެން ރަށެއްގަ ހުރި ކުއްޖަކު އެމަންޖެ ސަލާމަތްކުރަން އަންނާނީ ވަރަށް ވަރު ކޮށްލާތީކަމަށް ގަބޫލުކުރެވެއެވެ. އަންހެންކުއްޖާގެ ބެލެނިވެރިންނާ ސުވާލުކުރެވެން އެބަޖެހެއެވެ.
މާއެނބޫ
02 May 2024
“”އެލޯންޗް”ކިޔާ ޑްރާމާ ސީރީޒް އެެއް ވަރަށް އަވަހަށް ބެލުންތެރިންނަށް ގެނެސްދޭނަން
ލީޝް
02 May 2024
ދިވެހީންގެ ރާއްޖޭގަ މަތިންދާ ބޯޓު ވަގަށް ނުނަގައިފިއްޔާ ރަނގަޅު.
އެބިއުޒް ލިބޭތޯ ޔަގީން ނުކުރޭތަ؟
02 May 2024
ކޮމެންޓް ސެކްޝަންގެ އެންމެން ލޯންޗަށް ގެއްލުން ލިބުނު ވާހަކަ ދައްކާފަ، ކުއްޖާއަށް ގެއްލުމެއް ލިބުނުތޯ ނޫނީ އަންހެން ކުއެޖާއަށް އަސްލަށްވެސް އެބިއުޒް ލިބޭތޯ ސުވާލު ނުކުރަނީ ކީއްވެބާ؟ ކުޑަ ކުއެޖެއް ނަމަވެސް ނޭނގިނަމަވެސް އެކުރެވުނީ ވައްކަމެއް. އެެހެންނަމަވެސް އަންހެން ކުއްޖާ އަށް އެބިއުޒް ލިބި، އެކަމުން އޭނަ ސަލާމަތްކުރަން ކުރި ކަމެއްވިއްޔާ ތިއީ ގޯސް ކުއްޖެއް ނޫން. ޖަސްޓް މައި އޮޕީނިއަން.
ޝޮކްތެެރަޕީ
02 May 2024
ދިވެހި ރާއްޖޭގެ ތައުލީމީ ނިޒާމް އެމްޑީޕީ ވަދެ ފުނޑާލީ. ވަށާ ޖެހޭ ތައުލީމު ދިނީމަ މިކަހަލަ ކަންތައް ގިނަވާނެ.
ކިލަމަންޖާ
02 May 2024
ފިތުނަ ނުއުފައްދަބަލަ. އެމްޑީޕީއަށްވުރެ މިރާއްޖޭގަ ގިނަ ދުވަހު ވެރިކަންކުރީ ޑީއާރުޕީ-ޕީޕީއެމް-ޕީއެންސީ ފިކުރު. ރާއްޖޭގެ ގިނަ ކަންކަން ގޯސްމަގުން ދާތީ އިސްލާހްކުރަން ނުކުތް ބައެއް އެމްޑީޕީއަކީ
ސަނައްޓޭ
02 May 2024
އެމްޑީޕީއަކީ ގައުމު ހަލާކުކުރި ބައިގަނޑެއް
ކިއްލާ2222
02 May 2024
މީ ކުޑަކުދިންނޯ ލޮލް! މިހާރުގެ މިކަހަލަ އަންހެން ކުދިން ވެސް ތިބޭނީ ބުރުގާ އަޅާފަ އެކަމަކު ކުރީގަ ބުރުގާ މީހުން ނާލާ ޒަމާނު މި އުމުރު ފުރާ ކުދިން ކީކުރަން 18 އހަރުގެ ކުދިން ވެސް މި ގޮތަކަށް ނޫޅޭ!
ޖަގޭ
02 May 2024
މީ އަނެއްކާ ނަހުލާގެ ޑްރާމާ އެއް ނޫންބާ؟
ކުރިމަގ
02 May 2024
ބޮޑުވަމުން ދާ ޖީލުގެ ހާލަތު މި ފެންނަނީ. އުފާކުރަންވީކަމެއް ދެރަވާންވީކަމެއް ވެސް ނޭންގުނު.
ދޮހޮއްތު
02 May 2024
ދެން ކުޑަކުދިން ހިމެނޭ ވާހަކަތައް ކޮންމެވެސް އހެން ގޮތަކައް ގެނެސް ދިނުން މުހިއްމު
އެހެން
02 May 2024
ތިޔޭ މައްސަލައަކީ ކުޑަކުދިން ވީމަ ވާހަކަތައް އެހެން ގޮތަކަށް، ކުރާ ކަންތައް ކުޑައެއް ނޫނޭ
2024
02 May 2024
ނަހޫ ސަޅިވާހަކެއްމިއީ ފިލްމެއްހަދަން "ލޯބީގެ ދަތުރު"...ބޮއިހަލަކި