ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު: އެމަނިކުފާނަށް ދިން ހަމަލާއަށް މިއަދު ވަނީ ތިން އަހަރު ފުރިފައި - ފޮޓޯ: ނިޝާން އަލީ/ މިހާރު
06 މެއި 2024 - 11:24
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާ އަށް އިންސާފު ނުލިބި، ތިން އަހަރު ވެގެން ދިއުމަކީ މި ގައުމުގެ ހާލަތު ބަޔާންކޮށްދޭ ލަދުވެތި ކަމެއްގެ ގޮތުގައި އެމަނިކުފާނުގެ ޕާޓީ، ޑިމޮކްރެޓްސްއިން ސިފަކޮށްފި އެވެ.
މޭ 6، 2021 ވަނަ ދުވަހުގެ ރޭ އަމިއްލަފުޅު ގެކޮޅު ގ. ކެނެރީގެ އިން ނަޝީދު ބޮޑީގާޑުންނާ އެކު ނުކުމެވަޑައިގެން، މަޖީދީމަގުގައި އޮތް ކާރުކޮޅާ ދިމާއަށް ވަޑައިގަންނަވަނިކޮށް ދިން ހަމަލަ އަށް މިއަދު ތިން އަހަރު ފުރުމާ ގުޅިގެން ޑިމޮކްރެޓްސް އިން ނެރުނު ބަޔާނުގައި ބުނީ، މިއަދާ ހަމައަށް ވެސް ނަޝީދަށް އިންސާފު ލިބިފައިނުވާތީ ކަންބޮޑުވާ ކަމަށެވެ.
އެ ޕާޓީން ބުނީ، މި ހަމަލާގައި ތުހުމަތު ކުރެވުނު މީހުންގެ ތެރެއިން ކުށަށް އިއުތިރާފުވީ މީހުންގެ އިތުރުން އިތުރު މީހުންގެ ޝަރީއަތްތައް ލަސްވެ، ހައްޔަރުގައިވާ ބައެއް މީހުން ދޫވެ، އަދި ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުނުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
މި ހަމަލާގެ އަޑީގައިވާ އެއްވެސް ފަރާތެއް މިއަދާ ހަމައަށް ވެސް ނުހޯދި، އިންސާފު ގާއިމުނުވެ އަހަރުތައް ފާއިތުވެ ދިއުމަކީ މި ގައުމުގެ ހާލަތު ބަޔާންކޮށްދޭ ލަދުވެތި ކަމެއް ކަމަށް ޑިމޮކްރެޓްސް އިން ބުނެފައިވެ އެވެ.
"[މިއީ] ބޮޑެތި މައްސަލަތައް ކުދި ކަންކަމުގެ ގޮތުގައި ދެކި، އެ މައްސަލަތަކުގެ ސީރިއަސްކަން ކަނޑުވާލައި 'ނޯމަލައިޒް' ކުރުމުގެ އަމަލެއް ކަމުގައި ދަ ޑިމޮކްރެޓްސް އިން ދެކެމެވެ." ބަޔާނުގައި ބުނެފައިވެ އެވެ.
ޑިމޮކްރެޓްސްގެ ބަޔާނުގައި ވަނީ މި ހަމަލާގެ އެންމެ ފުންމިނަށް ބަލައި، އެކަމުގައި ބައިވެރިވާ ފަރާތްތަކަށް ހައްގު އަދަބު ކަނޑައަޅައި، އެމަނިކުފާނަށް އިންސާފު ގާއިމުކުރުން އަވަސްކުރުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފަ އެވެ.
މަޖިލިސް ރައީސްގެ މަގާމުގައި ހުންނަވަނިކޮށް ނަޝީދަށް ދިން ހަމަލައިގެ ސަބަބުން އެ މަނިކުފާނަށް ބޮޑެތި އަނިޔާތަކެއް ވެ، ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހިވަޑައިގަތެވެ. އަދި އެ އާލާސްކަންފުޅުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި އެވެ.
ދައުލަތުން އެ މައްސަލާގައި ދައުވާކުރަނީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ އިތުރުން މ. ކުދެހިގޭ އިސްހާގާއި އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ.
އެ މައްސަލައިގެ ތަހުގީގަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި މަންދޫބު، އިނގިރޭސި ވިލާތުގެ އައްބާސް ފާއިޒް ވެސް ވަރަށް ފަހުން ވިދާޅުވެފައި ވަނީ ޓެރަރިސްޓް ހަމަލާގެ ބައިވެރިންގެ މައްޗަށް ހިންގާ ޝަރީއަތް ލަސްވާ ކަމަށް އިދާރާތަކުން ބުނާ ސަބަބު ބަލައި ނުގަނެވޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަލީމް
10 May 2024
ގައުމުގެ މާލިއްޔާއިން އަބަދުވެސް ވެރިންނަށް ކޮށްދޭންޖެހޭ ކަންކަން ކުރާވަރު ވަނީ. ދުވަހަކުވެސް ރައްޔިތެއްގެ ކަމަކާގެން އުޅެވޭ ވަރެއް ނުވޭ. މާދަމާގެ ސުރުހީގަ އޮންނާނެ މަޖުލިސް މެމްބަރުންގެ އިއްޒަތް އިތުރުކުރުމަށް މިވެނި ހަރަދެއް އިތުރުކުރަންޖެހިފައިވާ ވާހަކަ.
ކ.މާލެ
06 May 2024
އެނުލިބޭނެ... ހަދާން ނައްތާލާ އެހެން ކަމަކާ އުޅެލާ.... ކިތައް އިންސާނުން ރޯމާދުވާލު މަގުމަތީ ކޮށާ ދުއްވާލި.... ނަޝީދައްތަ އިންސާފު ނުލިބެނީ... އެހޯދާ ހޯދުނުގޮތަކުން.... 50 އަހަރައް ހުކުމް ޖެއްސަސް މަރަން ހުކުމް ޖެއްސަސް ހަމަ ވާނެ އެއްކަމެއްވެސް ނޯންނާނެ ބޭކާރު މަސައްކަތް ފިޔަވާ....
ލައިލާ ދެންލަލަލަ
06 May 2024
އެއްވެސް އިންސާނެއްގެ ފުރާނައަށް ނުރައްކަލެއް ދިނުމަކީ އެއްވެސް މީހެއް ކޮށްގެން ވާނެ ކަމެއްނޫން، އަދި މިކަންކަން ބަލާ އަދަބު ދެވެންޖެހޭ. އެހެނަސް، ހަމަ ތިޔަބުނާ ކަހަލަ ’ނޯރމަލައިޒް‘ ކުރުމެއް ނޫންތަ އަލަމްގިރި ކޭސް ގައި ނަޝީދުގެ ކޮއްކޮ އަދި ދައުލަތުގެ އެކި އިދާރާތަކުގެ ލަދުކުޑަ އިއްޒަތްތެރިންނަށް ފިޔަވަޅެއް އަދާ ހަމައަށް ނޭޅި އޮތުމަކީ؟ ދީނުގައި ނަހީ ކުރައްވާފައިވާ މުޑުދާރު އަމަލު! މަޖިލިސްވޯޓް ނަތީޖާ ހަނދާންނެތޭހާ ދުވަހެއް އަދި ނުވޭ!
ފިކުރު.......
06 May 2024
ފޮލޯޓިން ރެޒޯޓު ކޮބާ.....
ލޮއްލަ
06 May 2024
ކަލޯމެން އަޅެ ދުށީމުތަ މިއަށްވުރެ ފަށްކާ ގައުމެއް؟ ވެރިކަން ކުރިމީހާޔަށް ވީވަރު އެކިޔަނީ. އާދައިގެ މީހާ ޖެހޭނީ ވަޅެއް ކޮނެފަ އޭގެތެރޭ އޮށޮންނާން. ކޮރު ގާނޫނު އަސާސީ.. ޕާޓީ ހަދައިން މިނިޒާމަށް ވޯޓުލާން ދުވޭ ކަލޭމެން އަދިވެސް. ހަހަހަހަ
ނާމްދި ކާނޫ
06 May 2024
ތިއައްވުރެން ބޮޑު ސުވާލަކީ، މިގައުމުގައި ކާކަށްތޯ އިންސާފު ލިބެނީ؟ (ރިހާކުރު ފުޅިވަގަށް ނެގި މީހާ ފިޔަވާ)
ވަމޭން ޝޯ
06 May 2024
އިންސާފު ނުލިބި ތިބިިމީހުން މިގައުމުގަ ވަރައްގިނަ. މަރާލެވިފައިވާ މީހުން ވަރަށް ގިނަ. އޮޅުވާލައިގެން ފައިސާއާއި މުދާ ފޭރިގެންފައިވާ މީހުން ވަރަށް ގިނަ. އެމީހުންނަށް އިންސާފު ނުލިބޭ. ސިޔާސީ ޕާޓީހަދައިގެން ޕާޓީގެ ނަމުގައި ދައުލަތުގެ ކުންފުނިތަކުން މުދަލާއި ޚިދުމަތް ހޯދުމަށްފަހު ޕާޓީ ބަދަލުކޮށްލައިގެން ދައުލަތައް އެތަކެއް މިލިއަނުން ފައިސާ ނުދައްކާތިބި މީހުން އެބައުޅޭ ވަރައް އަރާމުކޮށް. މިކަމުގެ ސަބަބުން ކިތައް ރައްޔިތުންގެ ހައްގުތޯ ގެއްލިފައިވަނީ؟
މިހާލު
06 May 2024
ރައްޔިތުން ހޭލުންތެރިވެ ފައިސާއަށް ވޯޓްވިއްކުން ހުއްޓާލި ދުވަހަކުން ނޫނީ މިގައުމައް ހެވެއް ނެތް
ލަތީފާ
06 May 2024
ނަޝީދު 2011-2012 އޭރުގެ ކުރިމިނަލް ކޯޓުގެ ގާޒީއެއް އެމްއެންޑީއެފް ބޭނުންކޮށްގެން ގާނޫންއިން ބޭރުން ރަހީން ކުރުން އަދި މާ މާ ލަދުވެތި! ނަޝީދުގެ ކޮއްކޮގެ ޖިނާއީ ބޮޑު ކުށެއްގެ ދިފާއުގައި މުޅި އިސްލާމީ ޝަރީއާ އާއި ދެކޮޅަށް ވަކާލާތުކުރުން މާލަދުވެތި! ނަޝީދު، އަމިއްލަ ޕާޓީ ހަލާކުކޮށް އަމިއްލަ ސިޔާސީ އަދި ޒާތީ މަންފާއަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ފުޑުފުޑުކުރުން މާ ހުތުރު ދެއްތޯ؟ ވިސްނޭކަށް ނުވޭތަ؟ ދެން ސައިޒްވެފަ ހުރޭ!
ދޮންކަނބިލި
06 May 2024
ރަށު ކައުންސިލެއްގެ އަންހެނުންގެ ކޮމިޓީން ނަމަވެސް ހަމަ ގޮނޑިޔެއް ލިބުނީ... އެއްކަލަ ވާހަކަ މަތިން ހަމަ ހަނދާކޮށްލާދެޔޭދޯ. ގައިމު އެކަން ކުރިޔަށް ނުގޮސްގެންވެސް އުޅުނު ބަޔާން ނުދޭން އުޅޭވަރަކުން.