އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
26 ޖޫން 2025 - 23:22
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމާ މެދު ސީދާ ޖަވާބެއް ދެއްވަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ދެކޮޅު ހައްދަވައިފި އެވެ.
ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރައްވާނަންތޯ އެއްސެވުމުން އިބޫ ވިދާޅުވީ "ތިއީ މިއަދު ކުރަން ހެޔޮވާވަރު ސުވާލެއް ނޫން" ކަމަށެވެ. އަދި އެކަމަށް ސީދާ ޖަވާބެއް ދެއްވަން އިބޫ ދެކޮޅު ހެއްދެވި އެވެ.
"އެމްޑީޕީއަށް 20 އަހަރު ފުރިގެން އަދި އަޅުގަނޑުމެންނާ ދުރުގައި ތިބި ބަޔަކު އެކީގައި މަސައްކަތްކުރަން ފަށާ ވަގުތެއްގައި އަހާކަހަލަ ސުވާލެއް ނޫން ތިއީ." އިބޫ ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއާ ގުޅުވަޑައިގަތުމާ ގުޅިގެން އިބޫ ވިދާޅުވީ އެމަނިކުފާނަކީ ބަދަލު ހިފުމުގެ ރޫހު ގެންގުޅުއްވާ ބޭފުޅެއް ނޫން ކަމަށާއި އެކަން ނަޝީދަށް ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.
އިބޫ ވިދާޅުވީ އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ވެސް ހުރީ ގާތްގަނޑަކަށް ހަމަ އެއް ވިސްނުމެއް ކަމަށެވެ. އެހެންވެ، އެ ޕާޓީން އެމްޑީޕީއާ ގުޅިގެން ކުރިއަށް ދާން ނިންމި ނިންމުމަކީ އެކަމާ އުފާކުރައްވާ ކަމެއް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު މިއަދު ވަރަށް އުފާވޭ އިނގޭތޯ ޑިމޮކްރެޓްސް އައިސް އެމްޑީޕީއާ ގުޅުނީމަ. އަޅުގަނޑުމެންގެ ދެބައި މީހުންގެ މިހުރީ ގާތްގަނޑަކަށް ހަމަ އެއް ވިސްނުމެއް،"
އިބޫ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބު އެމްޑީޕީއަށް ނާކާމިޔާބުވިތާ ދުވަސްކޮޅެއް ފަހުން ޑިމޮކްރެޓްސްއާ އެކު ވާހަކަތަކެއް ދެކެވުނު ކަމަށާއި އޭރު ގެންގުޅުނު އެއް ވިސްނުމަކީ ދެ ޕާޓީން ކޯލިޝަނެއް ހަދައިގެން ދެ ޕާޓީން ކުރިއަށް ދިއުން ކަމަށެވެ.
އެމްޑީޕީގެ ލީޑާޝިޕުން އެ ހިޔާލާ އެކު އައުމުން އެކަމަށް އެމަނިކުފާނު ތާއީދު ނުކުރެއްވި ސަބަބަކީ ދެ ޕާޓީ އާއި ގައުމަށް ވެސް އެންމެ ފައިދާ ބޮޑު ގޮތަކީ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅުން ކަމަށް ފެނިވަޑައިގަތުމުން ކަމަށް އިބޫ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ލީޑާޝިޕްގެ ހިޔާލެއް އެއީ. އެ ހިޔާލު އަޅުގަނޑާ ހިސާބަށް ގެނައިމަ ފުރަތަމަ ވެސް އަޅުގަނޑު ބުނިން އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެޔޭ. ޑިމޮކްރެޓްސްގައި ތިބި ބޭފުޅުންނަށް ވެސް އަދި އެމްޑީޕީ އާއި ގައުމަށް ވެސް އޭގައި އެންމެ ފައިދާވާ ގޮތަކީ ޑިމޮކްރެޓްސްގައި އެ ތިއްބެވި ބޭފުޅުން އެމްޑީޕީއަށް ވަޑައިގަތުމޭ،" އިބޫ ވިދާޅުވި އެވެ.
"އޭގައި ދެބަސްވުންތަކެއް ވެސް އޮތް ލީޑާޝިޕުން އޭރު. އެހެން ނަމަވެސް އެންމެ ފަހުން އިރާދަކުރެއްވީތީ ނިމިގެން އެ ދިޔައީ އަޅުގަނޑު އެ ދުވަހު ވެސް ބޭނުންވި ގޮތަށް [ޑިމޮކްރެޓްސް މެމްބަރުން އެމްޑީޕީއަށް ގުޅުމަށް]،"
އިބޫ ވިދާޅުވީ އެ ނިންމުމާ އެކު އެމްޑީޕީ ފެނިގެންދަނީ ވަރަށް ގަދަކޮށް ކަމަށާއި މާޒީގެ ތެރެއަށް އެނބުރި ގޮސް، ތާށިވެފައި ނުތިބޭނެ ކަމަށެވެ.
ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ އިސްވެރިންނާ އާންމު މެމްބަރުން ބައިވެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މިދިޔަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ނާކާމިޔާބީ ކުރިމަތިވީ ޑިމޮކްރެޓްސް އިން އެ އިންތިހާބުގައި ވާދަކުރުމުންތޯ ސުވާލު ކުރުމުން އެމަނިކުފާނު ވިދާޅުވީ އެއީ ވެސް ސަބަބެއް ކަމަށާއި އެއާ ގުޅިފައިވާ އިތުރު ކަންކަން ވެސް ހުރި ކަމަށެވެ. އޭގެ ތެރޭގައި އެމަނިކުފާނު ފާހަގަ ކުރެއްވީ އިދިކޮޅުން އޭރު ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ބުނެ ކުރިއަށް ގެންދިޔަ ކެމްޕެއިނާއި ޗާގޯސް މައްސަލާގައި ދެއްކި "ދޮގު" ވާހަކަތަކެވެ.
"ރާއްޖެ ވިއްކާލަނީއޭ ކިޔާ ޗާގޯސް މައްސަލާގައި ދެއްކި ވާހަކަތައް. ރާއްޖޭގައި އިންޑިއާ ސިފައިން ހަތިޔާރާ އެކު ގާއިމުވެ ތިބި ކަމަށް ދެއްކި ދޮގު ވާހަކައިގެ މައްޗަށް ބިނާކޮށް ކުރި ކެމްޕެއިނުގެ ސަބަބުން އޭރު ބަޔަކަށް އެކަން ގަބޫލު ކުރެވުނީ،"
ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ވާދަ ކުރެއްވުމާ ގުޅޭގޮތުން ރަސްމީކޮށް އެއްޗެއް ވިދާޅުނުވިޔަސް، އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި އެކަން އިބޫ ވަނީ އިއުލާނު ކުރައްވައިފަ އެވެ.
އިބޫ ވިދާޅުވީ މިހާރު ވެސް ބައެއް މެމްބަރުން ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެކަމަކު އެ މަަސައްކަތް މަޑުޖައްސާލާފައި ފަށަންވީ އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރަން މަސައްކަތް ކުރުމަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗަކްވެން
27 June 2025
އިބޫ އަށް އިންތިޚާހު ކާނިޔާބު ނުވި މައިގަނޑު ސަބަބކީ ހުޅުމާލެއިން ގޯތިތަކެއް ބަޔަކަށް ހިލޭ ބަހާލުން. މާލޭ މީހުންނަށޭ ކިޔާފައި މިބަހާލި ގޯތިތައް ރަށްރަށުގެ މީހުންނަށްވެސް ދިން. އިބޫ ސަރުކާރަށް ވަރަށް ގިނަ ބަޔަކު ނަފްރަތުކުރި ސަބަބެއް މިއީ. ނަޝީދަކީ މިހާރު އިންތިޚާބެއް ގެއްލޭވަރުގެ ބުރަދަނެއް ހުރި މީހެއް ނޫން.
ލަތީފާ
27 June 2025
އިބޫ އަކީ މަޑުމައިތިރި، ކެއްތެރި، ބަސްމަދު، އާންމު ދިވެހިންނަށް ވުރެ (ސިޔާސީ ގިނަ ބޭފުޅުންނަށް ވުރެ މާބޮޑަށްވެސް) އަހްލާގް ރަނގަޅު ހުލްގު ރަނގަޅު ބޭފުޅެއް! ރައީސް އިބޫ އަށް ކުރެވުނު ގޯސް ކަމަކީ ބުރޯ އަދީބު ފަހުވަގުތު މިނިވަންކުރުން. އެނޫނީ ދިވެހިން ވޭތުވެދިޔަ 30 އަހަރު ދުށް ހަމަޖެހޭ މަޑުމައިތިރި ވެރިކަމެއް ކުރި ބޭފުޅެއް! އުންމީދަކީ ވިލާތުގެ އެޖެންޓު ނަޝީދުގެ ފިތުނަތަކުން އެ މަނިކުފާނު ސަލާމަތް ވުން! އެމްޑީޕީ ސަލާމަތް ވުން
ދިއްދޫމީހާ
27 June 2025
ރާއްޖޭގައި އިންޑިއާ ސިފައިން ހަތިޔާރާ އެކު ގާއިމުވެ ތިބި ކަމަށް ދެއްކި ދޮގު ވާހަކައިގެ މައްޗަށް ބިނާކޮށް ކުރި ކެމްޕެއިނުގެ ސަބަބުން އޭރު ބަޔަކަށް އެކަން ގަބޫލު ކުރެވުނީއޭ ބުނާއިރު 2018ގައި ހަމަ ތިޔަބައި މީހުން ދެއްކީ ޗައިނާ ސިފައިން މިތާ ހަތިޔާރާ އެކު ތިބި ވާހަކައާ ޗައިނާއަ ރާއްޖެ ވިއްކާލާ ވާހަކަ މިހާރު ވިސްނޭނެ ދޮގު ވާހަކަ ދެއްކުމަކީ ކޮންކަހަލަ ކަމެއްކަން..
މުންޖިދު.
27 June 2025
އިބޫ އަރާ ހުރެ އަންނިގެ ވާހަކަ! އަންނި އަރާ ހުރެ އިބޫގެ ވާހަކަ! ކަލޯ ޕާޓީގެ ކުރި މަގުގައި އިސްވެ ދެންނެވި 2 މީހުން 2 މީހުންގެ ވާހަކަ ފިޔަވައި އިތުރު ވާހަކަ އެއް ނުދައްކާނެ ކަމަށް ބެލެވެނީ
އަސްކޮއެ
27 June 2025
ޖަވާބު ދީފިއްޔާ ފުލުވަށް ހިފައިގެން ދިޔަމީހާ އެވަށް ލިޔެލާ މަދު ބިނދެގެން ކާލަފާނެ.
މަރަދޫ ފޭދޫ
27 June 2025
ލިޔެފަ އޮންނައެއްޗެއް ބަލައިގެން ކިޔާލަންނޭގޭ މީހަކު ތިއަށް ދޭނެ ޖަވާބެއް އޮންނާނެތަ.
ހަވަރު ތިނަދޫ
27 June 2025
އަހަރެން ވަރަށް ސަޕޯޓުކުރާ މީހެއް އަންނިއަކީ އެކަމަކު ތިޕާޓީގަ ވެންޓިލޭޓަރު ވަގުންނާއި އޮކްސިޣަން ސިލިންޑަރު ވަގުންނާ ކޮވިޑުތެރޭ ޗާޕުކުރިހާ ލާރިވަގުން ތިއްބަކާ ބޭނުމެއްނޫން ވޯޓެއްދޭކަށް..
މާލޭއެމްޑީޕީ
27 June 2025
ނުދޭނަން ވޯޓެއް.. ތީ ދިވެހި ދަޢުލަތުގެ އެންމެ އަގުބޮޑު އެސެޓް މުޅި ދިވެހި ރައްޔިތުންނާއި ދަޢުލަތުގެ މުއްސަނދިކަމުގެ %60 އެތަނަކަށް އޮއްސާފަ އޮތް ހުޅުމާލޭގެ ބިން މަދުވަޔަކަށް ހިލޭ ބަހާލި ޢައްދާރެއް ޚާއިނެއް. އެ މައްސަލަ ތަހުޤީޤުކޮށް ދަޢުވާ ކުރަންވެސް ޖެހޭނެ. އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު އޭގެ ގުޖަޑެއް ހަދާނެ..
ޒައިކް23
27 June 2025
ނޯނަނާނެ ޖަވާބެއް.. އެއީ މި ގޮލާ އުޅެނީ ތަބަކަށް ލާފަ ޓިކެޓް ލިބޭނެ ގޮތެއް ހޯދަން އުކުޅަހު ބަޢާވާތުން ޓިކެޓް ހޯދިގޮތަށް.. ގަޓެއް ނެތޭ..
އައްޑޫ
27 June 2025
ކޮބައިތަ މަޖްލީހުގެ ކުރީގެ ރައީސް އައްޑޫ އަސްލަމް؟