އެއާޕޯޓުގައި މާރާމަރީ ހިންގި ބިދޭސީ މީހާ.--
07 މެއި 2024 - 10:03
ވެލާނާ އިންޓަނޭޝަލަން އެއާޕޯޓް (ވީއައިއޭ) ގެ ޑިޕާޗާ ޓާމިނަލުގައި މިއަދު މާރާމާރީ ހިންގި ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ ހެނދުނު ހިންގި އެ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ވީއައިއޭ ހިންގާ އެމްއޭސީއެލް އިން ބުނީ، އެއާލައިނެއްގެ މުވައްޒަފުންތަކަކާއި ބިދޭސީއަކާ ދެމެދު ހިންގި މާރާމާރީގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނާތީ އިތުރު ތަފުސީލު ދެވެން ނެތް ކަމަށް އެމްއޭސީއެލް އިން ބުންޏެވެ. އެހެންވެ، އެއީ ރާއްޖެ އައި ޓޫރިސްޓެއް ކަމެއް ނުވަތަ ވާކް ވިސާ ނުވަތަ ބިޒްނަސް ވިސާގައި އައި މީހެއް ކަމެއް ސާފެއް ނުވެ އެވެ.
މި މާރާމާރީ ހިންގި ވަގުތު ނަގާފައިވާ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި އެ ބިދޭސީމީހާ ގޮސް ފުރަތަމަ ޖަހަނީ އެއާލައިނެއްގެ މުވައްޒަފެއްގެ މޫނު މަތީގަ އެވެ. އޭނާ ހުއްޓުވުމަށް މަސައްކަތް ކުރި، އެހެން މުވައްޒަފެއްގެ ގައިގައި ވެސް އެ ބިދޭސީމީހާ ޖަހާ ތަން ފެނެ އެވެ.
ބިދޭސީމީހާ ހުއްޓުވަން އެއާޕޯޓް ސެކިއުރިޓީންނާއި އެ ސަރަހައްދުގައި ތިބި އެހެން ބައެއް މީހުން ވެސް މަސައްކަތް ކުރާތަން ވީޑީއޯ އިން ފެނެ އެވެ. ފަހުން އެ ސަރަހައްދުން އެ މީހާ ދުރުކޮށް ގޮވައިގެންދާ މަންޒަރު ވެސް ފެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖެސީޕިންކްމޭން
07 May 2024
ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރަންވީ މީނަ ނިސްބަތްވާ އެމެރިކާގައި ވީކަމެއް ނަމަ ވަރަށް ބޮޑު އަދަދެއް ހޯދޭނެ މީނަ އަތުން
ސަރަނގު
07 May 2024
އެކަށީގެން އަދަބެއް މީނަޔަށް ދީ ދެން ރާއްޖެ ނާދެވޭގޮތަށް ޑީޕޯރޓް ކޮއްލަންޖެހެނީ!
އުދުހޭ
07 May 2024
އެގޮތަށް އެއަރޕޯޓް ސެކިރުއިޓީ ބެލެހެއްޓޭނެ ގޭގަތިބެގެންވެސް
ހާމަ333
07 May 2024
މިއީ ޓޫރިސްޓަކަސް އާންމު ރައްޔިތަކަސްވިއަސް ކުރެވިގެންވާނެ ކަމެއްނޫން...ހިތްހަމަ ނުޖެހޭއިރަށް ގަޔަށް ބޮލަށް އަރައި ނުގަނެވޭނެ...އެއީ އެއްވެސް ގައުމެއްގަ އެއްވެސް ތަނެއްގަ އެކަން ހުއްދަކުރާ ގޮތެއްނޫން....މައްސަލައެއް އޮތިއްޔާ އެ އޮންނަ ޕްރޮސެސް ތެރެއިން ދާންޖެހޭނީ....މިކަން ކުށްވެރިކުރަން....މީނާއަށް ހަރުކަށި އަދަބުދޭން ގޮވާލަން...
ތަމްރީނުބޭ
07 May 2024
ކަލޭ ދާންފެނޭ ސިވިލްސާވެންޓުން ތަމްރީނުކުރަން...އެންމެ ކުޑަ މުސާރަ ދީފަ ތިބޭ މީހުން ސިވިލްސާވެންޓުންނަކީ...ދެން ދުނިޔޭގެ ފެންވަރުގެ ހިދުމަތަށް އެކްޕެކްޓް ނުކުރޭ...މިއުޅެނީ 7000ރ ކިރިޔާ ހަމަނުވެގެން...ޓެކްޓް ބުކް ކިޔާފަ ގޮސް އިމްތިހާނު ހެދީމަ ވާނެގޮތް ކަލެއަށްވެފަ ތިހިރީ...ވާނުވާގަ
ޞަބުރު
07 May 2024
ޙައްޔަރު ކޮށްފަ ފުރީކޮށް ކުކުޅާ ބިރިޔާނި ދީފަ ސަރުކާރު ހަރަދުގަ ފޮނުވާލާ އެއީ މިތާ ކޯޓްތަކުން ކުރެވޭނެ ކަމަކީ.
ކަޅިއްޗި
07 May 2024
ކޮބާ ތިކަހަލަ ކަންކަން ހައްލުކުރާ އިމުރާނު؟
އަލިފުޅުބެ
07 May 2024
އެކްސެސް ބެގެޖް އަށް ފައިސާ ދައްކަން ޖެހުނީމަ ހިގި މައްސަލައެއް. އެކްސަސް ދައްކަންޖެހޭނެ. އެ މީހާ ބަންދުގަ ބައިންދާފަ ޝަރީއަތް ހިންގާ ޖަލަށްލާފަ، ހުކުމް ތަންފީޒު ކޮށް ނިމުނީފަ ރަށަށް ފޮނުވާލުމަކީ ޤާނޫނު ނެގެހެއްޓުން
556255
07 May 2024
ބޭރު ގައުމުތަކަށް އައިސް މިވައްތަރު ޖައްސާ މީހުންނަށް ހަރުކަށި އަދަބު ދެވެން ޖެހޭނެ..... ނޫނީ އަންނަ ކޮންމެ މީހަކު މިހެން އަމަލުކުރާނީ
ރަދީފްއޮފިޝަލް
07 May 2024
ދިވެއްސަކުކުރިކަމެއް ނަމަ ''ކޮމެންޓްބޮކްސް ގާޒީން'' އުފަންވާނެ ބާ!!!؟؟