ޓެކްސީއަކަށް ބަޔަކު އަރަނީ: ޓެކްސީ ކުރުމަށް ބިދޭސީން ހަރަކާތްތެރިވާ މައްސަލަ ވަނީ ބޮޑުވެފައި-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
09 މެއި 2024 - 10:28
ބިދޭސީން ޓެކްސީ ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
އަމިއްލަ ޓެކްސީތަކުގައި ބިދޭސީން ޓެކްސީ ކުރުން މިހާރު ވަނީ ވަރަށް އާންމު ވެފަ އެވެ. އެކަމާ އާންމުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ގަވައިދާ ހިލާފަށް ޓެކްސީ ކުރުމުގައި ބައިވެރިވާ ބިދޭސީންނާ ދޭތެރޭ ހަރުކަށި ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށެވެ.
ޓެކްސީ ގަވާއިދުގައި ބުނާގޮތުން ބިދޭސީ ޑްރައިވަރުންގެ ތެރެއިން ޓެކްސީ ކުރުމުގެ ލައިސަންސް ދޫކުރެވޭނީ، ދިވެހި ދައުލަތުގެ ރެޒިޑެންޓް ވިސާ ލިބިފައިވާ، ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީއަކަށެވެ.
އެނޫން ގޮތަކަށް ޓެކްސީ ކުރާ ނަމަ އެއީ ގަވައިދާހިލާފަށް ޓެކްސީ ކުރާ ބިދޭސީއެކެވެ. އެކަހަލަ ބިދޭސީންނަށް އަޅާ ފިޔަވަޅަކީ ހުއްދަ ނެތް މީހަކު ޓެކްސީ ހިދުމަތް ދިން ކަމަށް ނިންމައި 500ރ. އިން ޖޫރިމަނާ ކުރުން ނުވަތަ ހުއްދަ ނެތް މީހަކު ޕްރައިވެޓް ހަޔާއެއްގައި ހިދުމަތް ދިން ކަމަށް ނިންމައި 750ރ. އިން ޖޫރިމަނާ ކުރުމެވެ.
ޓްރާންސްޕޯޓް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އާއި އެމްއޭސީއެލް އަދި ފުލުހުން ގުޅިގެން މިހާރު ވަނީ ޓެކްސީތަކުގެ މައްސަލަ ހައްލު ކުރުމަށް ފުލުހުން ވެސް މަގުމައްޗަށް ނެރެފަ އެވެ. ހާއްސަކޮށް އެއާޕޯޓް ޓްކްސީ ކިޔުގެ މައްސަލަ ހައްލު ކުރުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
77786
10 May 2024
ބަންގާޅިން ދިވެހިންނާ އިންނަނީ ވިސާ ހޯދައިގެން އަމިއްލަ ވިޔަފާރި ކުރަން. ދިވެހި ކަނބަލުން ވެސް ނިކަން ވިސްނާތި
އިހްސާސް
10 May 2024
އެންމެ 500 ނޫނީ 750. ޑީޕޯޓް ކުރަންޖެހޭނީ.
ދޫނި ރާއްޖޭގައިދިވެހިން މިނާގޮތް
09 May 2024
ޑިވެއްސަކަށް ނަމަ ޖޫރިމާނާ 750.00 ބޭރު މީހަކުމަމަ 500.00 އާއި 750.00 ކިހާ އިންސާފުވެރި. ބެރުމީހުން ކުށް ކުރުމަކީ މާބޮޑު ކަމެއް ނޫންކަން މިކަމުންވެސް އެނގެނީދޯ.
ބާބް
09 May 2024
ބަންގާޅު މީހުންނަށް ބިދޭސީންނޭ މިކިޔަނީ. ޓެކްސީ ކުރަނީ ބަންގާޅު މީހުން. މީހަކު މައްސަލައެއް ޖައްސާ ތަނުން ދެން މިބުނަނީ މިވެނި ދައްތަޔަކާ އިނދެގެންނޭ މިއުޅެނީ. ދެން ކޮން ފިޔަވަޅެއް އެޅޭނީ.
އަބްޑޫޅް +
09 May 2024
"ދިވެހި ދައުލަތުގެ ރެޒިޑެންޓް ވިސާ ލިބިފައިވާ، ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ". މިހާރު ދިވެހިންނަށްވެސް ތިޔަ ވައްތަރު ވިސާ ދޫކުރަނީތަ؟ ކޮމާ ޖެހުމަށްވުރެން ސާފުކަން ބޮޑުވާނީ، އެހެންގޮތަކަށް އެ ދެބައި ގުޅުވިއްޔާ.
raajje
09 May 2024
އެންމެ -/500ރ ނުވަތަ -/750ރ އިންޖޫރިމަނާ މައްސަލަނިމުނީ؟؟ ގަވައިދުހަދަން މިތިބެނީ ކޮންޒަމާނެއްގެ ބައެއްބާ؟ ބޮލުރޮދިކެނޑިފަތޯ؟ ކަމެއްކުރަން ނޭންގެންޔާ އަވައްޓެރި ގައުމުތަކުގައި ކަންކަންކުރާގޮތްވެސް ބަލާލާނަމަދޯ! ފިހާރަ ސައިހޮޓާ ތަކުގައި ސޭޓުންނަށް ބިދޭސީންތިބުންވެސްމަނާ، އެކަމަކު ދިވެހިންނަށްވުރެން ގިނައިން ސޭޓުންނަށްތިބެނީ ބޭރުމީހުން، އެއްވެސްކަމެއް ބެލެހެއްޓެމުން ގަވައިދު ތަންފީޒުކުރެވެމުންނުދޭ
ސީތާ
09 May 2024
އަނެއްކާ އަނެއް ޖޯކް.. މިޤައުމުގައި ސަރުކާރުން ތަންފީޒުކުރަން ބޭނުންވެއްޖެ ކޮންމެ ކަމެއް ނިކަން ފުރިހަމައަށް ތަންފީޒު ކުރޭ. އެކަމަކު ކުރަން ބޭނުންނުވާކަމެއް ކިހިނެއް ކުރާނީ. ގިނަފަހަރަށް ޓެކްސީ ކުރާކާރުގެ އޯނަރަކަށް މިވަނީ މަތީފަންތީގެ ކޮންމެވެސް ބޭފުޅަކަށް. އެބޭފުޅާއަށް ދުވާލަކަށް 500 ރުފިޔާދޭގޮތަށް ބިދޭސީމީހާއަށް ކާރުދިނުމުން ކާރުގެ ވެރިފަރާތަށް މަހަށް 15ހާސް ލިބުނީ. އަދި ބިދޭސީމީހާ ހިތްފުރެންދެން އޭނާ ފައިސާ ހޯދާ.
ބްރޯ ގެ ކާފަ
09 May 2024
މޮޅުވާހަކަ ނުދައްކަބަލަ! ކަލޭމެންނައް ކުރެވޭނެ ކަމަކީ ފްލެޓް ގޯތި ދިނުމާ މުސާރަ ބޮޑުކުރުން. އޭރުން ރައްޔިތުން ވޯޓު ދޭނެ! ބޭރު މީހުންނާ ދިވެހިންގެ ކަންނެތް ކަމުގެ ވާހަކަ ނުދައްކަ ބަލަ!
އަފްރާސިޔާބު
09 May 2024
އެއްވެސް ފިޔަވަޅެއް ނޭޅޭނެ. ފަޅޮލޭ ކިޔާލަ ކިޔާލާ ތިބެންޖެހޭނީ. ޓެކްސީވެސް ކުރާނެ. ވެރިކަންވެސް ކުރާނެ.
ކޮރަލް
09 May 2024
ޓެކްސީ ކޮށްގެން ދުވާލަކު 500 ރުފިޔާ އަށް ވުރެ ގިނަ އިން ލިބެ އެވެ. ދެން ބިދޭސީ މީހާ 500 ރުފިޔާ އިން ޖޫރިމަނާ ކުރީމަ އެއީ ފަހަތަށް އެޅޭ ފިޔަ ވަޅެކެވެ.