ވިޔަފާރި

ކޮންމެ ސަބްސިޑީއަކާއި ޑިސްކައުންޓަކަށް ރައްޔިތުން އަގު ދައްކާނެ!

މާލޭގެ މަސް މާރުކޭޓަށް މަސް ގެންދިއުމަށްޓަކައި ދޯންޏަކުން މަސް ބާލަނީ: ސަބްސިޑީ އާއި ޑިސްކައުންޓަކީ ރައްޔިތުން ދައްކާ ފައިސާއެއް.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އިބްރާހިމް އާތިފް ޝަކޫރު

11 މެއި 2024 - 09:46

12 comments

އެއިރެއްގައި އޮންނަ ސަރުކާރެއްގެ ހެޔޮފުޅުކަން ވަޒަން ކުރަން އެންމެ ފަސޭހަ ގޮތަކީ ހިލޭ އެހީ އާއި ސަބްސިޑީގެ މިންވަރެވެ. ދެން ގެންނަންވީ ސަރުކާރެއް ކަނޑައެޅުމުގައި ބޭނުންކުރަން އެންމެ ހެޔޮ ފާލަކީ ޑިސްކައުންޓް ލިބޭނޭ ޚިދުމަތާއި، އަދަދާއި، ބާވަތެވެ.

ސަބްސިޑީގެ ވާހަކަ

މިފްކޯ ހިންގުމަށް ދޭ 'މަސްވެރިންގެ ސަބްސިޑީ'، ހުރިހާ މަސްވެރިންނަކަށް ނުމެ ލިބޭމެއެވެ. ނަމަވެސް، ގެއްލުމުގައި މިފްކޯ ހިންގަން ދޭ ސަބްސިޑީގެ އަގު އާޚިރުގައި ހުރިހާ ދިވެހި ރައްޔިތުން ދައްކާނެތެވެ. ރާއްޖޭން ބޭރު ހޮސްޕިޓާއެއްގައި އެނދުދާން ވެފައިވާ މާމަ ވެސް 'ޓްރާންސްޕޯރޓް ސަބްސިޑީ' ދައްކައެވެ. އަލަތު ކައިވެނި ނުކުރާ ޒުވާނުންނާއި، އިސްރަށްވެހިން ވެސް 'ޕްރީސްކޫލް ހިންގުމަށް ދޭ އެހީ' ދިނުމުގައި ބައިވެރި ވާނެއެވެ. ޖުމްލަކޮށް ދައުލަތުން ހިލޭ ކޮށްދޭ ހުރިހާ ސަބްސިޑީއަކަށް، އާޚިރުގައި ހުރިހާ ރައްޔަތުން އަގު ދައްކާނެއެެވެ.

ވޭތުވެ ދިޔަ ދެ އަހަރު، 2022 އަދި 2023ގައި، ދައުލަތުން ދޫކޮށްފައިވާ 18 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ސަބްސިޑީގެ އަގު، އާޚިރުގައި ދައްކާނީ ދިވެހި ހުރިހާ ރައްޔިތުންނެެވެ.

ބާޒާރުމަތީ މީހަކު އަލުވި ބަސްތާތަކެއް އުފުލަނީ.--- ފޮޓޯ: ނިޝާން އަލީ | މިހާރު

ކުންފުނިތަކުން ދޭ ޑިސްކައުންޓް

ދައުލަތުގެ ދަރަނީގެ މިންވަރު މިނާނީ، ދައުލަތުގެ ކުންފުނިތަކުން ނަގާފައިވާ ލޯނުތައް ހިމެނޭ ގޮތުންނެވެ. ދައުލަތުގެ ކުންފުންޏެއްގެ ބެލެންސްޝީޓަށް އަސަރު ކުރާ ކޮންމެ މުއާމަލާތަކުން، ދައުލަތުގެ ބެލެންސް ޝީޓަށް އަސަރު ނުކޮށެއް ނުދާނެއެވެ. ކޮންމެ ޚިދުމަތެއް ނަމަވެސް، އެ ޚިދުމަތެއް އުފަން ކުރުމަށް، ދައުލަތުގެ އިދާރާއަކުން ނޫނީ ދައުލަތުގެ ކުންފުންޏަކުން ނަމަވެސް، ޚަރަދުތަކެއް ނުހިނގައެއް ނުދާނެއެވެ.

ފެންބިލާއި ކަރަންޓުބިލުން ޑިސްކައުންޓު ދިނުމަކުން، އެ ޚިދުމަތެއް އުފަން ކުރުމަށް ކުރި އެއްވެސް ޚަރަދެއްގެ، ބައިކުޅަ ބައެއް ނަމަވެސް އުންޏެއް ނުވެއެވެ. ޑިސްކައުންޓް ދީ، ޑިސްކައުންޓް ކަނޑާ، ޑިސްކައުންޓު އިސްލާހު ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ސަބަބުން، މުއައްޒަފުންގެ ޚަރަދު ހިމެނޭ ގޮތުން ކުންފުނީގެ ޖުމްލަ ޚަރަދު، ވިއްޔާވާނީ ޚަރަދު އިތުރެވެ.

ހިޔާފްލެޓްތަކުގެ ކުލި، ނުވަތަ، ރޭވިލޭރޭތަކާ ދިމާކޮށް ދޭ ފެނާއި ކަރަންޓުގެ ޑިސްކައުންޓް ދިނުމަކީ ހަމައަކަނި އެ ކުންފުންޏާ ގުޅޭ މައްސަަލައެއް ކަމުގައި ބުނުމަކުން ނުނިމޭނެއެވެ. މިހިނގާ 2024 އަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި، 2022-2024 އަށް 4.8 ބިލިއަން ރުފިޔާ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކެޕިޓަލް ދޫކުރުމަށް ކަނޑައެޅިފައި ވެއެވެ. ނިމިދިޔަ 2023ގެ ބަޖެޓު ބުނާގޮތުން، ބީ.ޕީ.ޓީ.އާއި ޖީ.އެސް.ޓީ އާއި ޑިވިޑެންޑް ހިމެނޭގޮތުން ސަރުކާރު ކުންފުނިތަކުން 2.7 ބިލިއަން ރުފިޔާ، ސަރުކާރަށް ނުދައްކާ އެބައޮތެވެ.

ސަބްސިޑީތައް ގުނަ ކުރުމާއި، ކުންފުނިތަކުން ދެވޭ ޚިދްމަތްތަކުން ޑިސްކައުންޓް ކުރުމަކީ، އަދަކު އުފަންވި ފެޝަނެއް ނޫނެވެ. އެކި ސިފައިގައި، އެކިފެންވަރަށް ހުރިހާ ސަރުކާރުތަކުން ވެސް، ވަނީ މި ބަނޑިލައްވާ، މިމަގުގައި ހިނގައިފައެވެ. މިއަދުގެ ތަފާތަކީ ވޯޓާ އަޅާކިޔާ، ގިނަތަކެތި ހިލޭކޮށް ނުވަތަ ޑިސްކައުންޓް ކުރުމަށް ރައްޔަތު މީހާ ސިޔާސީގޮތުން ހޭލުންތެރި ވެފައިވާ މިންވަރެވެ.

ނަމަވެސް، ސަބްސިޑީ ގިނަކުރުމުން، ޚިދްމަތްތައް ޑިސްކައުންޓް ކުރުމަކުން، އެކަމަށް ހިނގި ޚަރަދުތަކެއް އުންޏެއް ނުވެއެވެ. އާޚިރުގައި މިހުރިހާ ފައިސާއެއް ދައްކަންޖޭނީ ހުރިހާ ރައްޔިތުންނެވެ. މިކަމުގައި އިސްތިސްނާއެއް ނޯންނާނެއެވެ.

ބާޒާރުމަތީގައި ފިހާރައަކުން މީހަކު ބިސް ގަންނަނީ. ކޮންމެ ސަބްސިޑީއަކީ ރައްޔިތުންގެ ބޮލުގައި އެޅޭ އެއްޗެއް--- ފޮޓޯ: ނިޝާން އަލީ | މިހާރު

އަމިއްލަ ފައިމަތީ ކޮޅަށް ތިބޭނޭ ރައްޔަތެއް ބިނާކުރަން ފެށުން

ގައުމެއްގެ ނިސްބަތުން، ރައްޔިތަކަށް ދަސްކޮށްދޭން އެންމެ ބޭނުންތެރި ފިލާވަޅަކީ، ތިމާގެ ޚަރަދުތައް އަމިއްލައަށް ބެލެހެއްޓޭނޭ ފަދަ ދިރިއުޅުމެއް ފަރުމާކުރުމަށް ދަސްކޮށްދިނުމެވެ. އަމިއްލަ މަސައްކަތުން ހޯދާ އާމްދަނީން ތިމާ އާއި އާއިލާގެ ޚަރަދުތައް ބެލެހެއްޓުމަށްފަހު، ގައުމަށް ބޭނުންވާ ޓެކްސް ފައިސާ ދައްކާނޭ ރައްޔަތެއް ބިނާކުރުމެވެ.

ރައްޔަތުންގެ ގިނަބަޔަކީ، އަމިއްލައަށް ކުރާ މަސައްކަތުން ދިރިއުޅެ، ގައުމަށް ޓެކްސް ދައްކާ، އުފެއްދުންތެރި ދަރިފަސްކޮޅެއް ބިނާ ކުރުމަކީ، ދައުލަތެއް ދެމެހެއްޓުމަށް މަޖްބޫރު މާއްދާއެކެވެ. ކޮންމެ ރައްޔަތަކީ ކޮންމެ ދުވަހަކު، ދައުލަތުގެ ބުއްފުޅިއަށް ބަރޯސާވާ ބައެއްގެ ގޮތުގައި ބިނާ ކުރެވުމަކުން، އެކޮށްދެވުނީ، އެ ރައްޔިތަށް ހެޔޮކަމެއް ކަމުގައެއް ނުވާނެއެވެ. އަދި އެގޮތުގައި ގައުމަށް ދެމެހެއްޓެނިވި ތަރައްގީއެއް ނުވެސް ގެނެވޭނޭމެއެވެ.

12 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 25%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 13%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މިސަންބީ

12 May 2024

ހަސަދަވެރިކަމާއި ނަސްލީ އިމްތިޔާޒުގެ ސަގާފަތެއްގެ ތެރެއިން ރާއްޖޭގެ މީހުން ދިރިއުޅޭ އަތޮޅުތަކާއި ސަރަހައްދުތައް ބާކީކޮށް އަސާސީ ހިދުމަތްތަކުގެ ފެންވަރު ދަށްކޮށް 2ކިލޯމީޓަރު ހަމަނުވާ މާލެއަށް ކުލިދައްކަން ރާއްޖޭގެ ޖުމުލަ އާބާދީ މަޖުބޫރުވާގޮތަށް ރާވާހިންގަމުން އައިޖަރީމާގެ ސަބަބުން ގައުމު ތަރައްގީނުވެ އާބާދީ ހަލާކުވެ އިގުތިސާދީ ނަފްސާނީ ބަލިމަޑުމަކަމުގެ ޝިކާރައަކަށް ވަނީވެފަ. އެއްތަނަކަށް އާބާދީ ޖަމާކުރުމުގެ ސަބަބުން ގައުމެއްގެ ސިފަ ވަނީގެއްލިފަ

The name is already taken The name is available. Register?

ލުތުފީ

12 May 2024

ސަރުކާރު ގިނަ ކުންފުނިތައް ދަރަނީގައި ހިންގަންޖެހެނީ އިސްރާފުބޮޑުވީމަ. ކޮންމެ އިންތިޚާބަކާ ދިމާކޮށް ނުކަތާވަރަށް މީހުން ވައްދަންޖެހޭ. އެމީހުން ކުރާނެ މަސައްކަތެއް، އިށީންނާނެ ތަނެއް ނެތަސް ވަރިހަމަ. ކުންފުނުތަކުގައި މަޣާމުގެ ކުރިއެރުން ދެނީވެސް އެއްވެސް އުޞޫލެއްނެތި، ސިޔާސީ މީހުން ބުނާބަޔަކަށް. އެހެންވުމުން ކުންފުނީގަ މަސައްކަތްކުރާ ރަގަޅުމުވައްޒަފުން ތިބެނީ ބާކީވެފަ. ދެން މިކަން ރަގަޅުވާނެ ހަމަ އެއްވެސްގޮތެއްނެތް.

The name is already taken The name is available. Register?

އުފެއްދުންތެރިކަން

12 May 2024

ބުރަކޮއް މަސައްކަތް ކުރާ މީހާއާ އެއްވެސް މަސައްކަތެއް ނުކޮއްހުންނަމީހާގެ ދިރިއުޅުމުގެ ފެންވަރު ސަބްސިޑީތަކާ އެކު އެއްފެންވަރަކައް ގެންނަނަމަ މުޖުތަމައުގަ މަސައްކަތްކުރުމުގެ ރޫހުގެއްލޭނެ. ގައުމުން މިފެންނަނީ އެމަންޒަރު. މިފަދަ ނިޒާމަކައް ކިޔަނީ ސޯސަލިސްޓު ނިޒާމް. އެނިޒާމުވަނީ ފެއިލްވެފަ މިހެން ބުނުމުން ގިނަމީހުން ދައްކާނީ ޗައިނާ އެކަމަކު ޗައިނާގަވެސް ސޯސަލިސްޓު ނިޒާމުގެ ދެމިއޮތީ ވެރިކަމުގެބާރުތައްއެކަނި.

The name is already taken The name is available. Register?

މުޑަހަންޖާ

11 May 2024

ރަށްރަށުމީހުން ވެލިގަލަށްގޮސްގެންނާ ބޮލިހިލައިގެން އުމުރުދުވަހު މަސައްކަތްކޮށްގެން ދެތިން ލައްކައަށް 2 ކޮޓަރީގެ ގެއެއް އެޅެނީ އަމިއްލަ ދެއަތުން ރާނާ ހިޔާކޮށްގެން، އެއަކުން ބައިރުފިޔާވެސް ސަބްސިޑީއެއްނެތް، އެކަމަކު ކ.މާލޭބާގައިގެ ބުރޯމެނަށް 100 ފޫޓުމަތީގަ 3-2 މިލިއަނަށް ދެކޮޓަރި އެޕާޓުމަންޓު ހަދާފަ އަގުގެ އެއްބައި ރައްޔިތުން ބޮލަށްކަނޑާފަ އެސޮރުމެން ބޮޑުޓައިގަ ގޮސް ތަޅުދަނޑި އަތުލައިގެން ކުލިނުދައްކާ އެހެރަ އުޅެނީ އެތަންތަން ކުއްޔަށްދީގެން

The name is already taken The name is available. Register?

ދޮން

11 May 2024

ސަބްސިޑީ ދައުލަތުން ފައިސާ ބޭކާރު ކުރަން ޖެހެނީ ކީއްވެހެއްޔެވެ . ދައުލަތެއް ހިންގާނެ ވެރިން ތަކެއް ވޯޓުން ހޮވާ ރައްޔިތުން މަޤާމް ދެނީ އެރައްޔިތުންނަށް ރައްކާތެރިކަމާއި ފާގަތި ކަމުގައި އުޅެވޭނެ މާހައުލެއް އުފައްދާ މީހަކަށް ނުދަރާ އުޅެވޭނެ މިންވަރު ތަނަވަސް ކޮށްދޭނެ ކަމުގެ އުއްމީދުގައެވެ. އެހެންނަމަވެސް މާލޭ އޭރިޔާ އަށް މީހުން ޖަމާވާނެ ސިޔާސަތު ރާވާ ލިބޭހުރިހާ ލާރި ކުއްޔަށް ދަންކަން ޖެހުނީމާ ސަރުކާރުން ސަބްސިޑީދޭން މަޖުބޫރު ވަނީއެވެ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

11 May 2024

ދިވެހިރާއްޖެ ނޫނީ ވެރިކަންކުރާ ރަށުގެ އެންމެނަށް (ރަށްފުށުގެ ނުވަތަ ވިލެޖް ތަކުގެ މީހުނަށްވުރެން ބޮޑަށް) ހައުސިނގް، ކަރަންޓް، ދަތުރު ފަތުރާއި ބޭސްވެރިކަމާއި ކިޔެވުމަށް ސަބްސިޑައިޒް ކުރާ ދައުލަތެއް ދުނިޔޭގައިވެސް ނެތް. # އަނެއްކާ ދައުލަތަށްލިބޭ އާމްދަނީގެ %85 ޕަސެންޓް މިދެންނެވި ރަށުގެ ބިންވެެރިންގެ އުފަލާއި މަޖަލަށްޓަކާ ހޭދަކޮށްފައި ޤައުމުގެ އާބާދީގެ 3 ބައިކުޅަ 2 ބައި ރައްޔިތުން ކުލީ އަޅުންނަށް ހެދި ޤައުމެއްވެސް މިނޫނީ ނޯންނާނެ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

11 May 2024

ހަމަ ތިގޮތަށް ދައުލަތް ދަރަނިކޮށް އެތައް ހާސް މިލިޔަން ޑޮލަރު ނަގައިގެން ކ.އަތޮޅު މާލެ ވަށައިގެން އޮތް ކަނޑު ފަޅު ހިއްކާ އަދި ދައުލަތުގެ ޙަޒާނާގެ އިތުރަށް އިތުރު އެތައް ބިލިޔަން ރުފިޔާގެ ލޯނު ނަގައިގެން ހަދާ ފުލެޓްތައް "ސޯޝަލް ހައުސިންގ ފުލެޓް ތަކުގެ ނަމުގައި" ކ.މާލޭ މީހުންނަށް ބަހާލާ އެއްބަސް ވުމާއި އެއްގޮތަށް ލޯލާރިއެއްވެސް ދެއްކުމެއްނެރި 3 ވަނަ ފަރާތަކަށް އެތަންތަން ބޮޑުއަގުގައި ކުއްޔަށްދިނުމުން ވާގޮތާއިމެދުގައިވެސް ރިޕޯޓެއްލިޔެލަންވީ ނޫންތޯ!؟

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

11 May 2024

ދައުލަތް ދަރަނިކޮށް ދައުލަތުން އިމާރާތް ކޮށްފައިހުރި 25 ބުރީގެ ޓަވަރު ތަކުގައި ހުރި އެޕާޓްމަންޓްތަކަށް އެއްބަސްވުމާއި އެއްގޮތަށް ފައިސާ ނުދައްކާ ފަރާތް ތަކާއި މެދު ކޮންޓްރެކްޓް ޤާނޫނުގެ ދަށުން ކުރާންޖެހޭ ދައުވާ ނުކޮށް "ނުޙައްޤު ގޮތުގައި ދައުލަތުގެ މުދަލެއް އެމީހުން އާމްދަނީ ހޯދާނެ ވަސީލަތެއްގެ ގޮތުން ދޫކޮށްގެން ތިބުމަކީ" ވެރިކަމުގައި ތިބިމީހުން ﷲ ގަންދީ ކޮށްގެންތިބި ހުވައާއި ޙިލާފަށް ކުރާކަމެއް. އަދި އެޗްޑީސީގެވެރިން ޤާނޫނާއި ޙިލާފަށް ކުރާކަމެއް.

The name is already taken The name is available. Register?

އަހްމަދީ

11 May 2024

ވޭތުވެ ދިޔަ ދެ އަހަރު، 2022 އަދި 2023ގައި، ދައުލަތުން ދޫކޮށްފައިވާ 18 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ސަބްސިޑީގެ އަގު، އާޚިރުގައި ދައްކާނީ ދިވެހި ހުރިހާ ރައްޔިތުންނެެވެ. ތިޔަބުނަނީ ރައްޔިތުން ޖީއެސްޓީ ދައްކާ ވާހަކަ ކަމަށްވާނަމަ އާޚިރުގައި އެފައިސާ ދައްކަނީ ހަމައެކަނި ދިވެހި ރައްޔިތުންނެއް ނޫނެވެ. ރާއްޖޭގައި އުޅޭ ހުރިހާ ބޭރުގައުމު ތަކުގެ މީހުންވެސް ޖީއެސްޓީ ދައްކައެވެ. މިކަން އިބްރާހިމް އާތިފް ޝަކޫރަށް ނޭގުމަކީ އަހަރެން ވަރަށް ލަދުގެންފިކަމެއް.

The name is already taken The name is available. Register?

ފެންނަގޮތް

11 May 2024

މިވަރުން ދަންޔާ ކާ އެތިކޮޅު އަގައަށް ލަވައިދޭން ވެސް ޖެހޭނީ ސަރުކާރުން. އެކަން ކުރަން އަނެކާ ލޯނަކާއި ޓެކްސް އެން ނަގަން ޖެހޭނީ.. ގައުމުގެ އިގްތިސާދު ހިނގާގޮތް ރައްޔިތުން ނަށް ކިޔައިދޭން ޖެހޭ. ކޮންމެ އަހަރުކު ބަޖެޓްގެ އެތައް ޕަސެންޓެއް އެއީ ލޯނު ނަގައިގެން ކުރާ ކަންކަމާއި، ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭ ކަމާ، އަހަރު މެދުތެރެއަށް ނުދަނީސް ބަޖެޓް ހުސްވާކަން..

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

11 May 2024

ވަރަށް ރަނގަޅަށް ފެކްޓްޗެކް ހެދިފައިވާ އާޓިކަލްއެއް.އިކޮނޮމިކްސްގެ މިކަހަލަ ގިނަ ރިވިއުތައް ގެނެސްދިނުން އެދެން. ޝުކުރިއްޔާ އިބްރާހިމް އާތިފް ޝަކޫރު. ވ.ވެދުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454