13 މެއި 2024 - 09:01
މެންޗެސްޓާ (މެއި 13) - މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު އާސެނަލުން ކާމިޔާބު ކުރުމުން، ޕްރިމިއާ ލީގު ޗެމްޕިއަން ކަށަވަރުކުރަން އިތުރު ހަފުތާއެއް މަޑު ކުރަން ޖެހިއްޖެ އެވެ.
ދެން ޕްރިމިއާ ލީގު ކަށަވަރު ވާނީ، ލީގުގެ އެންމެ ފަހު މެޗުތައް ކުޅޭ ދުވަހު އެވެ.
އިއްޔެ ފުލަމްއާ ދެކޮޅަށް މެންޗެސްޓާ ސިޓީ ކުޅުނު މެޗުން ސިޓީ ބަލިވިނަމަ، ޔުނައިޓެޑާ ދެކޮޅަށް ރޭ ކުޅުނު މެޗުން އާސެނަލް މޮޅުވެގެން މެތެމެޓިކަލީ ލީގުގެ ޗެމްޕިއަން އާސެނަލް އަށް ހޯދުނީ އެވެ.
އެއީ ފަހު މެޗުގައި އާސަނަލް ބަލިވެ ސިޓީ މޮޅުވި ނަމަވެސް ސިޓީ އަށް ޕޮއިންޓް ލިބޭނީ އާސެނަލްއާ އެއް އަދަދަކަށެވެ. އާސެނަލް އަށް ފައިދާ ގޯލުން ވެސް ލީޑެއް އެބައޮތެވެ.
ފުލަމްއާ ދެކޮޅަށް 4-0 ން ސިޓީ މޮޅުވި މެޗުގައި ޔޮސްކޯ ގާޑިއޯލް ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އަނެއް ދެ ލަނޑު ޖެހީ ފިލް ފޯޑެން އާއި ހޫލިއަން އަލްވަރޭޒް އެވެ.
ޔުނައިޓެޑާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގައި، އެ ޓީމުގެ ލަނޑު ޖެހީ ލިއަންޑްރޯ ޓްރޮސޯޑެވެ.
މެޗަށް ފަހު އާސެނަލްގެ ކޯޗު މިކަލް އާޓެޓާ ބުނީ ޕްރިމިއާ ލީގުގެ ކާމިޔާބު ކުރުމުގެ ހުވަފެން ހަގީގަތަކަށް ހަދަން ބޭނުންވީ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކަމަށެވެ.
"އަހަރެމެން ބޭނުންވީ ޕްރިމިއާ ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު ލިބޭ އިރު ސީޒަންގެ ފަހު ދުވަހު އަހަރެމެންގެ ސަޕޯޓަރުންގެ ކުރިމަތީގައި އެ ހުވަފެންތައް ހަގީގަތަކަށް ހަދަން،" އާޓެޓާ ބުންޏެވެ.
މެންޗެސްޓާ ސިޓީ އަށް ވެސް އެ ފުރުސަތު ލިބޭނީ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގަ އެވެ. އެ ޓީމުގެ ފަހު މެޗު ކުޅޭނީ އިއްތިހާދު ސްޓޭޑިއަމްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެންގަރ
14 May 2024
އާސެނަލް ލީގު ނަގާނެ.
އަހުމޭ
13 May 2024
ރޯނުބައި. ސިޓީ 1 މެޗް ބާކީ އެބައޮތް. ސިޓީ 1 މެޗްއިން ބަލިވިޔަސް އާސެނަލައް ލީގު ލިބޭނީ ފަހުމެޗުންވެސް މޮޅު ވެގެން. މާދަންރޭ ސިޓީން 2 ޕޮއިންޓްގެ ލީޑެއް ނަގާނެ
ބަދީފް
13 May 2024
ކޮބާތަ ރަދީފު އޭނަގެ ޓީމުގެ ނަސީބެއް ހުރިނަމަ ޓޮޓެން ހަމާއެކު ސިޓީ ކުޅޭ މެޗު އޮތީ. ރަދީފުގެ އިންތިޒާރަށް ވާނީ ކިހިނެއްބާ؟
ރަދީފްއޮފިޝަލް
13 May 2024
އަދިވެސް އުއްމީދު ކަނޑާނުލަން.އިރާދަކުރެއްވިޔާ ރަނގަޅުވާނެ.