މީގެ ކުރިން ބޭއްވި ކޮންފަރެންސެއްގައި ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީގެ މެމްބަރުންތަކެއް ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ރައީސް އޮފީސް
16 މެއި 2024 - 10:06
ލޯކަލް ކައުންސިލްތަކަށް ވީހާ ވެސް އަވަހަށް މާލީ އެހީ ފޯރުކޮށްދިނުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެދިއްޖެ އެވެ.
އެ އިދާރާގެ ޑިރެކްޓަ ޖެނެރަލް އާދަމް ޝަރީފް އަހުމަދު ސޮއިކުރައްވައި، ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގަށް މިދިޔަ އާދިއްތަ ދުވަހު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، މަހުން މަހަށް ކައުންސިލްތަކަށް ދޫކުރަމުން ގެންދާ ބްލޮކް ގްރާންޓު ޖަމާވުން ލަސްވަމުން ދާތީ، އެ ކަންބޮޑުވުން ބައެއް ކައުންސިލްތަކުން ފާޅުކުރަމުންދާ ކަމަށެވެ.
ގްރާންޓު ޖަމާވުން ލަސްވާ ސަބަބު އޮޅުން ފިލުވުމަށާއި އެހެނިހެން ކަންކަމުގައި ފިނޭންސް މިނިސްޓްރީއާ ގުޅަން ދަތިވާ ކަމުގެ ކަންބޮޑުވުންތައް ވެސް ކައުންސިލްތަކުން ފާޅުކުރަމުންދާ ކަމަށް ސިޓީގައި ބުންޏެވެ.
"އެނގިވަޑައިގަންނަވާނެ ފަދައިން ގިނަ ކައުންސިލްތަކުން މަހުން މަހަށް މުވައްޒަފުންގެ މުސާރަ އާއި އެހެނިހެން ރިކަރަންޓު ހަރަދު ހަމަޖައްސަމުން ގެންދަނީ އެ މަހެއްގައި ކައުންސިލަށް ދޫކުރާ ބްލޮކް ގްރާންޓުގެ ތެރެއިން ކަމަށް ވެފައި، ބްލޮކް ގްރާންޓު ދޫކުރުން ލަސްވެއްޖެ ނަމަ މުވައްޒަފުންގެ މުސާރަ، މަސް ނިމޭއިރު ވެސް ޖަމާނުވުމުގެ ސަބަބުން ގިނަ މުވައްޒަފުންގެ ނުރުހުން ކައުންސިލަށް އަމާޒުވަމުން ދާކަން ކައުންސިލްތަކުން ދަނީ ފާހަގަކުރަމުންނެވެ،" ސިޓީގައި ވެ އެވެ.
އެހެންވެ، ވީހާ ވެސް އަވަހަށް ބްލޮކް ގްރާންޓް ޖަމާކޮށް، އެއްވެސް ސަބަބަކާ ހުރެ ކައުންސިލެއްގެ ބްލޮކް ގްރާންޓު ހިފަހައްޓާ ނަމަ އެ ހިފެހެއްޓި ސަބަބު އެ ކައުންސިލަކާއި އެލްޖީއޭ އަށް އެނގޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށް އެލްޖީއޭ އިން އެދުނެވެ. ކައުންސިލްތަކާއި އެލްޖީއޭ އަށް އަށް ފަސޭހައިން ފިނޭންސް މިނިސްޓްރީއަށް ގުޅޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށް ވެސް އެދިފައިވެ އެވެ.
ބްލޮކް ގްރާންޓު ލިބުން ލަސްވުމުގެ ކަންބޮޑުވުން ފާޅުކުރައްވައި، ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވިދާޅުވީ މީގެ ކުރިން، ކޮންމެ މަހެއްގެ 20 ވަނަ ދުވަހު ނުވަތަ އެ މަހެއްގެ ފުރަތަމަ ދެ ހަފުތާގައި ގްރާންޓު ޖަމާވާ ކަމަށެވެ.
ނަމަވެސް، މިހާރު އެއް މަސް ނިމި، އަނެއް މަހުގެ މެދާ ހަމައަށް ދާއިރު ވެސް ކުރީ މަހުގެ ގްރާންޓު ޖަމާނުވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
"އެ އަހަރަކަށް ކަނޑައަޅާފައި އޮންނަ އަދަދު، 12 މަހަށް ބަހާލައިގެން އެ ޖެހޭ އަދަދު ބަރާބަރަށް ދެމުން ދިޔައީ. ކުރިން އެއްވެސް މައްސަލައެއް ދިމާ ނުވޭ. އެކަމަކު، މިހާރު ވަރަށް ގިނަ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް އެ މައްސަލަ ދިމާވެގެން އުޅެނީ،" އޭނާ ވިދާޅުވި އެވެ.
ކައުންސިލްތަކަށް 2020 ވަނަ އަހަރުން ފެށިގެން ދައުލަތުން ބަޖެޓު ދޭ ގޮތް ބަދަލުކޮށް، ''ބްލޮކް ގްރާންޓް'' ނުވަތަ މަރުކަޒީ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ފައިސާ އަންނަނީ ދެމުންނެވެ. ހިލޭ އެހީ ދޭ ވަރު ކަނޑައަޅަން ހަމަޖެހިފައި ވަނީ ދައުލަތުގެ އާމްދަނީގެ ބައިތަކާ ގުޅުވައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތފާފަތ
16 May 2024
އެކޖީއޭ އުވާލަން ޖެހޭ. ކައުންސިލްތަކުގެ ބާރު ކެނޑެނީ އެލްޖީއޭ އޮންނާތީ. އެލްޖީއޭ އޮންނަނީ ކައުންސިލް ތަކާ ސަރުކާރާ އޮންނަ ބްރިޖަކަށް ވުރެން އަސްލު ހުރަހަަކށް. ކައުންސިލްތަކަށް އެއްޗެއް ބުނެވޭކަށް ނޯވޭ ބައްދަލެއް ކުރެވޭކަށް ނޯވޭ އެލްޖިއޭ މާ މުހިންމުވެފަ އޮންނަނީ. ހައްލަކީ އެލްޖިއޭ ނެތުން. ކައުންސިލްތަކަށް ބާރުވެރިކަން ލިބޭނީ މި ފަށަލަ ނެތުމުން.
ޖާވިދު އަޙްތަރު
16 May 2024
ޑރ. ޒުލްފާ އަކީ ވަރަށް އަވަސް އަވަހަށް ކަންކަން ނިންމަވާ ބޭފުޅެއް. އެބޭފުޅާ އަކީ ފޮރިން މިނިސްޓަރު ކަން ކުރެއްވި ފަތުޙުއް ﷲ ޖަމީލް އާއި ތިމާގެ (ދެބެންގެ ދެދަރި) ބޭފުޅެއް. ފަތުޙު ﷲ ގެ ކުޅަދާނަ އެޑްމިން ހިންގުމުގެ ހުނަރު ޑރ. ޒުލްފާ ގެ ހުންނާނެ!
ސާބަސްަ
16 May 2024
ތިހާކަށް ވަރަށް މަލާމާތް ކުރެވޭނީ
ހަފްސާ / ތޮއްޑޫ
17 May 2024
ސާބަސް އަށް. ކޮންގޮތަކުން ތަ ޙަޤީޤަތް މަލާމާތަކަށް ވަނީ؟؟؟