މާލެ މަގުމަތީގައި ފުލުހުންތަކެއް ހިނގާފައިދަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
28 މެއި 2024 - 15:41
މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަހުގެ ރެކޯޑުތަކަށް ބަލާއިރު، މި އަހަރުގެ އެ މުއްދަތުގައި ރާއްޖޭގައި ކުށަށް އަރައިގަންނަ ވަރު ދަށްވަމުން އަންނަ ކަން ތަފާސްހިސާބުތަކުން ދައްކާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ފުލުހުންނަށް ހުށަހެޅި ކުށުގެ ރިޕޯޓުތަކުގެ އަދަދު ދަށްވެފައިވާ ކަމަށެވެ.
ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މި މަހުގެ 16 ވަނަ ދުވަހާ ހަމައަށް ވައްކަމުގެ ކޭސްތައް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.
Since December 2023, the crime rate in the Maldives has been gradually decreasing. @PoliceMv will do its best to continue the current trend. 🇲🇻 pic.twitter.com/EidYDM20Wk
— Ahmed Shifan (@Shifan4040) May 28, 2024
ވައްކަން: ޑިސެމްބަރުގައި 777 މައްސަލަ ހުށަހަޅާފައި ވާއިރު މި މަހުގެ 16 އާ ހަމައަށް ރިޕޯޓު ކޮށްފައި ވަނީ 356 މައްސަލަ.
މާރާމާރީ: ޑިސެމްބަރުގައި 155 މައްސަލަ. މި މަހުގެ 16 ވަނަ ދުވަހާ ހަމައަށް 62 މައްސަލަ.
ފޭރުން: ޑިސެމްބަރު މަހު 117 މައްސަލަ. މި މަހުގެ 16 އާ ހަމައަށް 38 މައްސަލަ.
ޑްރަގް: ޑިސެމްބަރު މަހު 373 މައްސަލަ ރިޕޯޓްކޮށްފައިވާއިރު މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރިޕޯޓްކޮށްފައިވަނީ 177 މައްސަލަ.
ރަހީނުކުރުން: ޑިސެމްބަރު މަހު ފަސް މައްސަލަ. މި މަހުގެ 16 އާ ހަމައަށް އެންމެ މައްސަލައެއް.
އެ ތަފާސްހިސާބަށް ބަލާއިރު އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު ކުށްކުރާ ވަރު ވަރަށް ބޮޑަށް ދަށްވުމެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރު (ޖެނުއަރީ، ފެބްރުއަރީ، މާޗް) 2،520 މައްސަލަ ބަލާފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ ވައްކަމާއި ފޭރުމުގެ 964 ކޭސް އާއި ޑްރަގްގެ 268 މައްސަލަ އާއި ބިރުދެއްކުމުގެ 149 މައްސަލަ އެވެ.
ޝިފާން ވިދާޅުވީ ކުށް ކުރާ ވަރު ދަށްވަމުން އަންނައިރު، އެގޮތުގައި އަދަދުތައް ދެމެހެއްޓުމަށް ފުލުހުން މަސައްކަތް ކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެތެއްނު
30 May 2024
މުޒާހަރާތަކެއްވެސް އަދި ނުފަށާ...
ހާޝިމް
29 May 2024
ހާދަ ބޮޑު ތަނުން ކުޑައޭ. މިހެން ގޮސް މަޑު މަޑުން މުޅި ގައުމު ހަމަޔަކަށް އަޅުވާނެ ރައީސް މުއިއްޒު
ނިހާލްް
29 May 2024
ކުއްކުރާ ވަރު ކީއްވެތަ މަދު ނުވާން ވީ. ވެރިއަކަށް ހުރީ ކާކުތަ؟ ތޯތޯ މީހެއް ނޫނޭ ހުރީ.
ސިކުނޑި
29 May 2024
އެއްގޮތަކަށްވެސް ނުބެލީމަ އަދި މާމަދުވާނެ!
ސަތޯ
29 May 2024
އެބުނާހެން ވ މަދުވެއްޖެ. ފަލަސުރުޚީގައި ކުށުގެ ވާހަކަ ނެތް ދުވަހެއް ނުދޭ. ކުއް މަދެއް ނުވޭ. ވީ ގިނަ. އެކަމު ކުށެއް ގޮތުގައި ލިޔާ މިންވަރު މަދުވީ.
ދޮނަޅަ
29 May 2024
މި ތަފާސް ހިސާބާމެދު ސުވާލު އުފެދޭ؟
ހަސާނަާގެ
29 May 2024
ބަލަގަ ކުއްކުރާމީހުންނެއް މިހާރަކު ހައްޔަރެއްނުކުރެޔޭ އަދި ޕޮލިހުންނެއް މަގުތަކަކުން ނުފެނެޔޭ ރަޖާލައްވުވާފަ ގޭގަޔޭ ތިޔަ ބައިތިއްބަނީ .
ޝުހައިލް.
29 May 2024
ބަޔަކު ދިޔައީ މިގައުމުގެ އިޖްތިމާއީ ފޭރާން ވީދާވަރަކަށް ވީދާ ނިންމާފަ. ކުރަން ޖެހިފައޮތީ ބުރަ މަސައްކަތަކަށް ވިޔަސް މި ސަރުކާރުން މިކަންވެސް ހައްލުކުރާނެ އިރާދަކުރެއްވިއްޔާ
މިރުޒާގް
29 May 2024
މީކީ މާކަ ބޮޑުކަމެއްނޫނޭ.. މި ފެނިގެންދަނީ ރައީސް މުއިއްޒު ގެ މެނިފެސްޓޯ ތަންފީޒު ވަމުންދާ މަންޒަރު
ޓިނުރައީސް
29 May 2024
ތެދުފުޅެއް މިހާރު ހިތުހުރި ގޮތަކަށް އުޅެންވީ ގާނޫނެއް ގަވައިދެއް ތަންފީޒް ކުރާބަޔަކުނެތޭ ވިޔަފާރިވެސް މަގުތަކުގަޔާ ޕޭމެންޓް މަތީކުރަންވީ ހުސްބިމެއް އޮތީޔާ ވިޔަފާރި ޖިފްޓި ޖަހަންވީ ހުއްދައެއް ނަގާކަށް ނުޖެހެޔޭ .ހެޔިފުޅު ވެރިކަންމީ.
ސިލާހް
29 May 2024
މިފެނިގެންދަނީ ބަޔަކު އިހުލާސްތެރިކަމާއެއްކޮށް ކުރާ ބުރަމަސައްކަތުގެ ފޮނި ނަތީޖާ. މިވެރިކަން އައީ ރައްޔިތުންނަށް ރައްކާތެރި އަމާން ވެއްޓެއް ގާއިމުކޮށްދޭނެ ކަމުގެ ޔަގީންކަމާ އެއްކޮށް