29 މެއި 2024 - 10:08
ދުނިޔޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ މުސްލިމުންނަށް ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު ދެއްވާ ހައްޖުވުމުގެ 2،000 އަށް ވުރެ ގިނަ ފުރުސަތުގެ ތެރެއިން 1،000 ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ހާއްސަ ކުރަން ނިންމަވައިފި އެވެ.
ސައުދީ ސަރުކާރާ ހަވާލާދީ ސައުދީ ގެޒެޓުގައި އިއްޔެ ބުނީ، މި ފަހަރު ޖުމްލަ 2،322 މީހުންނަށް އެ ފުރުސަތު ދޭން ރަސްގެފާނު ނިންމަވާފައިވާ ކަމަށެވެ.
އޭގެ ތެރެއިން، 1،000 ފުރުސަތު ފަލަސްތީނުން ޝަހީދުވި މީހުންގެ އާއިލާތަކާއި ގައިދީންނާއި އިޒްރޭލުގެ ހަމަލާތަކުގައި ޒަހަމްވެފައިވާ މީހުންނަށް ހާއްސަ ކުރަން ނިންމަވާފައިވާ ކަމަށް ސައުދީގެ އިސްލާމިކް އެފެއާޒް މިނިސްޓަރު ޝެއިޚް އަބްދުއްލަތީފް އަލް-ޝެއިޚް ވިދާޅުވި އެވެ.
ބާކީ ފުރުސަތުތައް ހާއްސަކުރީ ތަފާތު 88 ގައުމެއްގެ މުސްލިމުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ސީދާ ސައުދީ ރަސްގެފާނުގެ މެހެމާނުންގެ ގޮތުގައި، ހައްޖުވެރިންނަށް ހުރިހާ ހަރަދެއް ކުރައްވާނީ ރަސްގެފާނެވެ. އެ މެހެމާނުންނަށް ހައްޖާއި އުމްރާގެ އަޅުކަން އަދާކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ.
މީގެ 26 އަހަރު ކުރިން ސައުދީ ރަސްގެފާނު ފެއްޓެވި މި ޕްރޮގްރާމްގެ ދަށުން، މިހާތަނަށް އެކި ގައުމުތަކުން 60،000 އަށް ވުރެ ގިނަ މުސްލިމުން ހައްޖުގެ އަޅުކަން އަދާކޮށްފައިވާ ކަމަށް ސައުދީ ސަރުކާރުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާކު1
31 May 2024
ސްޕޯޓްސް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގެ އަދަދާއި ލިބޭ މުސާރަ އެއް މިނިސްޓަރު - 58,500ރ. ސްޕޯޓްސް ކޮމިޝަނަރު - 58,500ރ. މިނިސްޓަރު ޕާސަނަލް އެސިސްޓަންޓު - 15،000ރ. ތިން ސްޓޭޓް މިނިސްޓަރުން - މީހަކަށް 43,500ރ 16 ޑެޕިއުޓީ މިނިސްޓަރުން - މީހަކަށް 31,500ރ. 38 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން - މީހަކަށް 25,500ރ. 25 ޕޮލިޓިކަލް ޑިރެކްޓަރުން - މީހަކަށް 20,500ރ. 12 އެސިސްޓަންޓު ޕޮލިޓިކަލް ޑިރެކްޓަރުން - މީހަކަށް 18،000ރ.
މޮހޮނުގެ އޮޑި
31 May 2024
ބައްލަވާ ރަސްގެފާނު، ފުރަތަމަ ކަމަކަށް އެމީހުންނަށް ހައްޖަށް ދެވޭނެ މަގު އަމާންކޮށްދެއްވާ، ރިޔާސަތު ގެއްލިދާނެތީ އެމެރިކާ އާއި ދެކޮޅަށް އެއްކަމެއްވެސް ޢަމަލުން ނުކުރެ ހުރެ، ނުވިތާކަށް އެ ކާފަރުންނަށް އެހީތެރިވަމުން، އުއްމަތްނިކަމެތި ތިކޮށްލަނީ.
އޮޅުންސުވާލި
29 May 2024
ހައްޖައްށްދިއުމަށް މަގުއަމާންވެފައިވާ ބަޔަކީތޯ؟ ފުރާނަ އަތްމަތީގަ ބާއްވާގެން ދެވޭނީވެސް ހަށީގައި ފުރާނަހުރިއްޔާތާ.
ގފދ
29 May 2024
ހެހެ ބްރަދަރ ސަލްމާން. ތިޔަށް ދިވެހިން ކިޔަނީ މޮހޮނަށް އޮޑިދިނުން. އަރަބިން ކިޔާ އެއްޗެއް އެގޭނީ ކަލޭމެނަށް.
ހުވަދޫ އަހައްމަދޭ
29 May 2024
ހައްޖަށްދާނެ ދިރިހުރި ފުރާނައެއް ހުރެގެންދޯ ދެވޭނީ. ހިތާމައަކީ މުސްލިމު އުއްމަތް އޮތީ ޔަހޫދީންގެ އަށްދަށުލެވި ފިތިފަ.
ސޯރެޑް
29 May 2024
ކިހިނެއް މީހަކު އެތަނުން ހައްޖަށް ދާނީ. އެތިބީ އުނުއޮރިޔާންވެސް ނިވާކޮށްލާނެ ވަރު ނެތިފަ. ދެން މިބުނަނީ ހައްޖަށް އަންނާށެ ހިލެޔޭ.
ޕޫރުބެ
29 May 2024
އެ އަޚުންނަށް ތިއަށްވުރެ މުޙިއްމު ކަމެއް ބޭނުން! އެކަމުގައި ޔަހޫދީންގެ އުނގަށް ވެއްޓިގެން ތިއުޅެނީ ކީއްވެ!