ކުޅުދުއްފުށި ރީޖަލަން ހޮސްޕިޓަލުގެ އައިސީޔޫގައި އޮތް 8 މަހުގެ ކުއްޖާގެ އަތް---
30 މެއި 2024 - 10:54
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ ކުއްޖެއް އެ ހޮސްޕިޓަލުގެ އިހުމާލުން ހާލު އިތުރަށް ގޯސްވި ކަމަށް ބުނާ މައްސަލަ އެއް ހެލްތު މިނިސްޓްރީން ބަލަން ފަށައިފި އެވެ.
ސޯޝަލް މީޑިއާގައި އިއްޔެ ދައުރުކުރި ތުއްތު ކުއްޖެއްގެ އަތަށް އައިވީ ގުޅުމުގެ ތެރޭގައި ލިބިފައިވާ އަނިޔާތަކެއް ކަމަށް ބުނާ ޕޯސްޓަކާ ގުޅިގެން އެ މައްސަލަ ހެލްތު މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވޭތޯ ސުވާލު ކުރުމުން އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ މައްސަލަ މިނިސްޓްރީން ބަލަމުން އަންނަ ކަމަށެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ފައިނޭންސް އެގްޒެކެޓިވް މުހައްމަދު މޫސާ ވިދާޅުވީ އެ މައްސަލަ މިނިސްޓްރީއާ ގުޅިގެން ހޮސްޕިޓަލުން ވެސް ބަލަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން އެބަ ކުރިއަށް ގެންދަން އެ ކޭސްއާ ގުޅޭ އިންޓާނަލް ރިވިއުއެއް. ކުރިއަށް މި ގެންދަނީ މިނިސްޓްރީއާ ވެސް ގުޅިގެން. އެކަމާ ގުޅުން ހުރި ނަރުހުން ނުވަތަ ޑޮކްޓަރުންގެ އިހުމާލެއް ވާ ނަމަ ފިޔަވަޅު އަޅާނެ،" އޭނާ ވިދާޅުވި އެވެ.
"އަދި މިނިސްޓްރީ އޮފް ހެލްތުގެ ކޮލިޓީ ޑިޕާޓްމަންޓަށް ރިކުއެސްޓް ކޮށްގެން މުޅި ކުޅުދުއްފުށީ ހޮސްޕިޓަލުގެ ކޮލިޓީ އިންޓާނަލް ރިވިއުއެއް ވެސް ކުރިއަށް ގެންދަން އެބަ."
ކުޅުދުއްފުށި ރީޖަލަން ހޮސްޕިޓަލުގެ އައިސީޔޫގައި އޮތް 8 މަހުގެ ކުއްޖާގެ އަތް---
ކުއްޖާގެ އާއިލާއިން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓުގައި ބުނީ، ކުޅުއްދުއްފުށީ ހޮސްޕިޓަލަށް އެ ކުއްޖާ ގެންދިޔައީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ހުން އަންނަމުން ދާތީ ކަމަށެވެ.
އެ ކުއްޖާ އެ ހޮސްޕިޓަލްގެ ޑޮކްޓަރަށް ފަސް ފަހަރު ދެއްކި ކަމަށާއި އެކަމަކު އެ އިން ކޮންމެ ފަހަރަކު ވެސް އާދައިގެ ކަމެއް ކަމަށް ނިންމައި ގެއަށް ފޮވާލަނީ ކަމަށް އެ ޕޯސްޓުގައި ވެ އެވެ.
"އެންމެ ފަހުން އާދޭސް ކޮށްގެން ޓެސްޓް ހެދީމާ އެނގުނީ ޑެންގޫ އަށް ޕޮޒިޓިވް ވެފައި ވާކަން. ހުމުގެ ސަބަބުންނާއި އިންފެކްޝަންގެ ސަބަބުން ޑީހައިޑްރޭޓް ވެގެންނާއި އެކި އެހެން މައްސަލަތައް ދިމާވެ ހާލު ސީރިއަސް ވެފައިވާކަން،" ކުއްޖާގެ އާއިލާގެ ޕޯސްޓުގައިވެ އެވެ.
އެ ކުއްޖާ މާލެ ގެނެސް އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުން އަންނައިރު އާއިލާ އިން ވަނީ ކުއްޖާ އަށް އެގޮތަށް ދިމާވީ ކުޅުދުއްފުށީ ހޮސްޕިޓަލުގެ އިހުމާލުން ކަމަށް ތުހުމަތުކޮށް، އެކަމުގައި އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅަން ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންޑަރ ކަވަރ
02 June 2024
މަސެރާޓީ އެއް ކޭއާރއެޗަށް ލައިގެން ނުވާނެތިކަމެއް/ މިހާރުވެސް އެތަނުގައި އެތިބޭ ގިނަ ނަރުހުންނަކީ ސިއްހީ ދާއިރާއިން ޤަބޫލުނުކުރާ ނަރުހުން / ބަލަދުއަރާފައިތިބޭތީ ބައިތިއްބާފައިތިބެނީ ނުފޫޒުގަދަ ނަރުހުން ވަނީ މަސެރާތީ އާއި ހިތްހަމަނުޖެހިގެން މާލެ ބަދަލުވާން ދަށުން ކުޅެންފަށާފައި / ފެންވަރުނެތް ނަރުހުން މބައި ބޮޑަށް ގެންގުޅެނީވެސް
ވެންގަގޯ
31 May 2024
މިހާރު މިއުޅޭ ނަރުހުން ނާ ޑޮކްޓަރުން ނަކައް ނޭގޭ އެއްކަމެއްވެސް ބިލިވެގެން ދިޔަމާ ދެވެނީ ނުގުޅޭ ބޭސް ތަކެ ވެއެ ބަލިމީހާ އިތުރަށް ބަލިވަނީ ދެންޖެހޭނީ ލޭގެ އާ ޔޫރިން ޓެސްޓެއް ހަދަން ޓެސްޓުން ދައްކާނީ ނުގުޅޭ ބޭސް ތަކުން ލިބުނު ގެއްލުންތައް އަނެއްކާވެސް އިތުރު ބަސްތަކެއް ދޭންވީ އެހެން ނުވުޅޭ ބޭސްދީދީ ގޮސް މީހާނެތިދަނީ އެމެފަހުން ބޭރަށް ގޮސްފައި ޓެސްޓް ހެދީމަ ކިޑްނީ އާއި ލިވާ ހަލާކުވެ ފައި ދެން އުންމީދު ކަޑާލަންވީ ބަލިމީހާއި އާއިލާއަށް ބޮޑުދެ ރައެއް
ާއަލިމޯޑު
31 May 2024
އަހަރެންގެ ދަރިފުޅު ހުން އައިސް ރަގަޅުނުވާތީ ކަން ފަސޭހަކޮށްލައިފަ ފުރަތަމަ ދެއްކީ މާލޭގެ މަޝްހޫރު ޕްރައިވެޓް ބޮޑު ކްލިނިކަކަށް.ޑރ ޓެސްޓުވެސް ނުހަދާ ބޭސް ދިނީ.އެކަމަކު ހުންމަޑުނުވާތީ 2 ދުވަސް ފަހުން އަނެއްކާ އޭޑީކޭއަށް ދެއްކީ.ވަގުތުން ޓެސްޓް ހަދާފަ ބުނެފި ޑެންގޫ އޭ. ސަމާލުވާންވީ 2 ދުވަސް ވަންދެން މަޑުނުވެ ހުންއަންނަ ނަމަ ޓެސްޓް ހަދަން.ލަސްވެއްޖެނަމަ ލޭގެ ޕްލެޓްލޭޓް ދަށްވެ އެތެރެހައްޓަށް ލޭ ބްލީޑްވާނަމަ ޑރ ވެސް ކުރާނެ ކަމެއް ނޯންނާނެ
މަގޭ ހިޔާލު
30 May 2024
މަށަށްވެސް ތިވަރުކޮށްލި އައިޖީއެމްއެޗް. ލޭ ހަދިޔާ ކުރަން ދިޔައީ. އެއޮއް ބޮޑު ކަށި މަގޭ މަސްގަނޑަށް ޖަހާޖަހާ މަސްގަޑުގެ ދުވަސް ދުއްވާލި. ނާރުނުފެނިގެން ޖަހަނީ މަސްގަޑަށް. އެތަކެއް ދުވަހެއްވަންދެން އެތަނުގައި ތަދުހުރި. ތުއްތު ކުއްޖަކަށް އަދި ކިހާވަރެއްވާނެތޯ.
އަބްޑޫޅް +
30 May 2024
ބަލާލީމަ ހީވަނީ، އެއަށް ވުރެން މާ ދޮށީ ކުއްޖެއްގެ މުލައްދަނޑިހެން.
ދުންދަނޑި އިބްރާހިމްދީދީ
30 May 2024
ތިދެން އާއްމުކަމެއްނު،. ބަލާފަ ކޮންކަމެއް ކުރާނީ، އެއްކަމެއްވެސް ނުކުރާނެ. މަގައިގަ ބިހިތަކެއް އެތަންމިތަނުގަ ނަގައިގެން ދިޔައިމަ ރަނގަޅަށް ނުވެސްބަލާ ޓެސްޓެއް އެއްޗެއް ނަހަދާ އާދައިގެ ކްރީމް ފުޅިއެއް ބޭހަކަށް ލިޔެދީފަ ބުނީ ރަނގަޅުވާނޭ. އެއްމެފެހުން ލަންކާއަށް ގޮސް އެމީހުން އެތައް ޓެސްޓެއް ހަދައިގެން ބޭސް ދީގެން ރަނގަޅުވީ.
ތިންތިކި
30 May 2024
މިހާރު ކަންތައްތައް ކުރަމުންދާ ގޮތުން ހީވަނީ ވަކި ފަންތިއެއްގެ ބަޔަކަށް ނޫނީ އިންސާނީ ޙިދްމަތް ވެސް ލިބެން ނުޖެހޭހެން. ޙިދްމަތް ދިނުމުގައި ހަމަހަމަ ކަން ނެތިގޮސް އަޅުގަނޑުމެން ތެރޭގައި ފައިސާ އާއި އަމިއްލަ އެދުން ބޮޑު ވުމުގެ ސަބަބުން ގިނަ ފަހަރަށް ނިކަމެތި މީހުންނަށް ވަރަށް ގިނަ ތަކްލީފް ތަކާ ވަނީ ކުރިމަތިލާން ޖެހިފަ، މިކަންކަން ރަނގަޅުކުރުމަށް ކަމާބެހޭ ވުޒާރާތަކުން ވަރަށް ބޮޑަށް މަސައްކަތް ކުރަން އެބަ ޖެހޭ.......
ހަސަންބޭ
30 May 2024
ތިޔަކަން މިނިސްޓްރީ އަކުން ނުބަލާނެ. ބޮނޑު ނަގުލަށް ދާނީ
ބަގު
30 May 2024
ތި ކަންކަމެއް ނުބެލޭނެ، އެހެންނަމަ މިދިޔަ އަހަރު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އިހުމާލުން ހާލު ސީރިއަސްވެ ޓްރީޓޮޕް ހޮސްޕިޓަލްގައި ނިޔާވި މާބަޑު މީހަކާ އޭނާގެ ދަރިފުޅުގެ މައްސަލާގެ ވީނުވީއެއް އާއިލާއަށް އެންގީހެއްނު
ފތނޮ
30 May 2024
ތި ހަބަރު އަޑެއް ނާހަން. އެނގޭ މީހެއް ބުނެލަދީބަލަ. ވަރަށް ދެރަ ހަބަރެއް
ހަގީގަތް.
30 May 2024
ސަރުކާރުގެ ހޮސްޕިޓަލްތަކުގެ ވަރަށް ބޮޑު އަދި ވަރަށް ގޮސް ކޮށް ދާކަމެއް އެއީ. ޕޭށަންޓްގެ ބެލެނި ފަރާތް ބުނާ ނުންގޮތަކަށް ހޮސްޕުޓަލްތަކުން ކުރުން. ހާއްސަކޮށް އެޑމިޓް ކުރުމާއި މިވެނުކަމެއް މި ގޮތަށް ކޮށްދޭށޭ ބުނީމާ ދެކޮޅުވުން.
ޖނލކ
30 May 2024
ބުނާހާ ފަހަރަކު ނުޖެހޭ އެޑްމިޓް ކުރާކަށް. ދަރިން އައިސް އެބަ ތިބި މައިންބަފައިން ބަލަން ބޮޑު ކަމަކަށް ވެގެން އެޑްމިޓް ކުރަން ގެނެއްސަ.
މާމޮޅުމީހާ
30 May 2024
ބަޔަކު އައިސް ހަމަ ބުނާހާ ކަމެއް ހޮސްޕިޓަލުން ކުރަންޖެހޭތަ؟ ހާދަހެއްވާ މީހެއް؟ ޕޭޝަންޓް ކިޔާއިރު ށ އެއްގަ ފިއްޔެއްޖަހާފަ ނޯންނާނެ. މޮޅުވާންނޫޅެ ބަލިމީހާއޭ ބުނިނަމަ ނިމުނީނު؟
ވިލް
30 May 2024
ގަނޑިޔަ ކަލޯ...ހޮސްޕިޓަލަކީ ރެސްޓޯރަންޓެއްތައް؟ އޯޑަރު ދިނީމަ ކަންކުރަން؟