30 މެއި 2024 - 14:20
މައި ކޮލެޖުން ލ. ގަމުގައި ބެޑްމިންޓަން މުބާރާތެއް ބާއްވަން ނިންމައިފި އެވެ.
"ޑަބްލިއުޑީސީ އެމްއައިސީ ބެޑްމިންޓަން ޓާނަމެންޓް" ގެ ނަމުގައި އެ މުބާރާތް ބާއްވަނީ ގަމުގެ އަންހެނުން ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީއާ ގުޅިގެންނެވެ.
މައި ކޮލެޖުން ބުނީ، ގަމުގައި ބެޑްމިންޓަން މުބާރާތެއް ބާއްވަން ނިންމީ، އެ ރަށުގައި ބެޑްމިންޓަނަށް ލޯބި ކުރާ ޒުވާނުންތަކެއް އުޅޭތީ، އެކުޅުންތެރިންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމާއި އެ ކުޅިވަރު އިތުރަށް ދިރުވައި އާލާކުރުމަށް ކަމަށެވެ.
މައި ކޮލެޖުގެ ސީއެސްއާރު ހަރަކާތެއްގެ ގޮތުގައި ބާއްވާ އެ މުބާރާތް ފަށާނީ މާދަމާ އެވެ. ގަމުގެ އިޖުތިމާއީ މަރުކަޒުގައި ބާއްވާ އެ މުބާރާތް ނިންމާލާނީ ހޮނިހިރު ދުވަހު އެވެ.
އެ މުބާރާތުގައި ފަސް ޓީމު ވާދަކުރާއިރު، 50 ކުޅުންތެރިން ބައިވެރިވެ އެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކުރާ ގޮތަށް މި މުބާރާތް ކުރިއަށް ގެންދާނީ ފަސް އުމުރު ފުރާއަކަށް ބަހާލައިގެންނެވެ. އެއީ 13 އަހަރުން ދަށާއި 15 އަހަރުން ދަށާއި 17 އަހަރުން ދަށާއި 19 އަހަރުން ދަށުގެ އިތުރުން 19 އަހަރުން މައްޗެވެ. ކޮންމެ އުމުރު ފުރަޔަކުން އަންހެން އަދި ފިރިހެން ޕެއާއެއް ވާދަކުރާނެ އެވެ.
މި ބެޑްމިންޓަން މުބާރާތުގެ ޓައިޓަލް ސްޕޮންސާއަކީ ގަމު ޑަބްލިއުޑީސީ އެވެ. އަދި ސިލްވަ ސްޕޮންސާ އަކީ މިއާންޒް ފުޑްސް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
? އސނތށ
09 June 2024
ފުލްކޮށް ފަންކާ ޖައްސާ ބަހައްޓާފަ ބެޑްމިންޓަން މިކުޅެނީ ?
ދޮން ހަސީނާ
30 May 2024
މިހާރު ހުރިހާ ފަރާތްތަކުންވެސް ލ. އަތޮޅަށް ހާދަ އިސްކަން ދެވެޔޭ.. އަދުރޭއާއި، ޓޫރިޒަމް މިނިސްޓަރ އަށް ދޭ ހަދިޔާއެއްކަން ވެސް ނޭގެ.