ހިޔާ ޓަވަރުތަކުގެ ފުރަތަމަ ފްލޯގެ ކުޑަ ދޮރުން ބޭރަށް ނުދެވޭ ގޮތަށް ސެކްއާ ގްރިލްސް ހަރުކުރަން ފަށައިފި
31 މެއި 2024 - 20:19
ހިޔާ ޓަވަރުތަކުގެ ފުރަތަމަ ފްލޯގެ ކުޑަދޮރުން ބޭރަށް ނުދެވޭ ގޮތަށް ސެކްއާ ގްރިލްސް ހަރުކޮށްފި އެވެ.
ހިޔާ ޓަވަރުތައް ޑިޒައިންކޮށްފައިވާ ގޮތުން ފުރަތަމަ ފްލޯގެ ކުޑަ ދޮރުން ޝީޓް މައްޗަށް ފޭބޭ ގޮތަށް ހުރެ އެވެ. އެހެންވެ، އެއީ އެ ފްލޯތަކުގައި ދިރިއުޅޭ މީހުން ހައްލު ކޮށްދޭން އެދެމުން އައި ކަމެކެވެ.
އެޗްޑީސީން ސެކްއާ ގްރިލްސް މި ހަރުކުރީ ހިޔާ ޓަވަރެއްގެ ފުރަތަމަ ފްލޯގެ ފްލެޓެއްގެ ކުޑަ ދޮރުން ކުޑަ އަންހެން ކުއްޖަކު ޝީޓް މައްޗަށް ފައިބާ މަންޒަރު ފެންނަ ވީޑިއޯއެއް ދާދި ފަހުން އާންމުވެފައި ވަނިކޮށެވެ.
އެ ކުންފުނިން މިއަދު ބުނިގޮތުގައި، ހުޅުމާލެ 2 ގެ ހިޔާ ޓަވަރުތަކުގެ ފުރަތަމަ ފްލޯގެ ކުޑަ ދޮރުތަކުގައި ސެކުއާ ގްރިލްސް ހަރުކުރީ އާންމުންގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. އެ ސެކިއުރިޓީ ފިޔަވަޅާ މެދު ހިޔާގައި ދިރިއުޅޭ މީހުން ހިތްހަމަޖެހޭ ކަމަށް ވެސް ބުންޏެވެ.
އެޗްޑީސީން ބުނީ، ސެކްއާ ގްރިލްސް ހަރުކުރީ ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފިޔަވަޅުތަކެއް އަޅަން ވެފައިވާ ވައުދުގެ ދަށުން ކަމަށެވެ.
ހިޔާ ޓަވަރުތަކުގެ ފުރަތަމަ ފްލޯގެ ކުޑަ ދޮރުން ބޭރަށް ނުދެވޭ ގޮތަށް ސެކްއާ ގްރިލްސް ހަރުކޮރޮށްފައި.
ހިޔާ ޓަވަރެއްގެ ފުރަތަމަ ފްލޯގެ ފްލެޓެއްގެ ކުޑަ ދޮރުން ކުޑަ އަންހެން ކުއްޖަކު ޝީޓް މައްޗަށް ފައިބާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ، އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ހިޔާ 16 ވަނަ ޓަވަރުގައި ގާތްގަނޑަކަށް 10 ފޫޓަށް ހުންނަ ފުރަތަމަ ފަންގިފިލާގެ ކުޑަދޮރުން ފައިބައިގެން ހިނގާފައި ގޮސް އެ ކުއްޖާ ސިޑިގޮޅި އަށް އަރައި އެތަނަށް ފައިބާތަން ވެސް އެ ވީޑިއޯ އިން ފެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެކެކެ
02 June 2024
ތީ ކޮތަރު ކޮއްޓެއްތަ ދާ ޖަހަން؟
އައިޝަތު ޝިހާމް
02 June 2024
މިދިޔަ ސަރުކާރުގައިވެސް މިކަން ކުރަން ވަރަށް އެދުނިން. އެއްވެސް ވަރަކަށް އެއްބާރަލުމެއް ނުދިން. ހަމަ ބުނެލީ
އިސްމާއިލް އީސަ
02 June 2024
ރައްކާތެރި ކަމަކަށް އެޅި މުހިއްމު ފިޔަވަޅެއް.
އަބްދުލް ހަލީމް
02 June 2024
ހިޔާ ފްލެޓްތައް އެޅިފަހުން އެއްވެސް ބަޔަކު ނެތް މިކަމަށް ވިސްނާފަ. މިކަމަށް ވިސްނާފަ މިކަމަށް ފިޔަވަޅު މި އެޅީވެސް އަދުގެ ސަރުކާރުން ކަން ފާހަގަކޮށްލަން ޖެހޭ
އާސިމް ރިޒާ
02 June 2024
ރައްޔިތުންގެ ރައްކާތެރި ކަމަށް މަސައްކަތް ކުރާ ސަރުކާރެއް ކަން ޔަގީންވެއްޖެ މިއީ
އިޒްހާން
01 June 2024
ފެނޭތަ؟ މިއީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާ ސަރުކާރުން ކަން ކުރާ ގޮތަކީ
ސީދާ ސޮބްރީ
01 June 2024
އެއްމެ ފަހުން މިކަމަށްވެސް ހައްލު މި ގެނައީ މި ސާރުކާރުން. 5 އަހަރެއް ނިމިގެންދިޔައީ މިކަންވެސް ނުކޮށް
މުހައްމަދު ހަލީލް
01 June 2024
މި ސަރުކާރުން ރައްޔިތުންގެ ރައްކާތެރިކަމަށް ކުރާ މަސައްކަތައް ހަމަ ބަރާބަރު
މުހައްމަދު ޝާން އައްބާސް
01 June 2024
ވަރަށް ރަނގަޅު ކަމެއް. ކަމެއް ދިމާ ނުވަނީސް ފިޔަވަޅު އެޅީމަ
އިފްހާމް މުހައްމަދު
01 June 2024
އެއްވެސް ސަރުކާރަކުން މިކަން ނުކޮށް ހުއްޓާ ރައީސް މުއިއްްޒް ގެ ސަރުކާރުން މިކަންވެސް މި ކުރީ