ހިޔާގެ ދެވަނަ ޓަވަރުގައި ހަރުކުރި އާ ލިފްޓުތައް.-- ފޮޓޯ: މިހާރު
28 މެއި 2025 - 11:21
ހިޔާގެ ދެވަނަ ޓަވަރުގައި ހަރުކުރި އާ ލިފްޓުތައް ބޭނުންކުރަން ފަށައިފި އެވެ.
މިއީ ހިޔާގެ ޓަވަރުތަކުގައި ހަރުކުރަމުން އަންނަ އާ ލިފްޓުތަކުގެ ތެރެއިން ބޭނުންކުރަން ފެށި ފުރަތަމަ ލިފްޓުތަކެވެ.
އެޗްޑީސީގެ މީޑިއާ އޮފިޝަލަކު މިއަދު "މިހާރު" އަށް ވިދާޅުވީ ހިޔާގެ ދެވަނަ ޓަވަރުގެ އާ ލިފްޓުތައް މިދިޔަ އާދިއްތަ ދުވަހު ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
މި އާ ލިފްޓުތަކަކީ ސްޓްރެޗާ އުފުލޭ ވަރުގެ ބޮޑެތި ލިފްޓުތަކެކެވެ. އަދި މި ލިފްޓުތަކަށް އެއްފަހަރާ 21 މީހުންނަށް އެރެ އެވެ.
ހިޔާގެ 16 ޓަވަރުގައި، ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމުގެ މަސައްކަތް އެޗްޑީސީން އަންނަނީ ކުރަމުންނެވެ.
ހިޔާގެ ދެވަނަ ޓަވަރުގެ އިތުރުން 1، 3 އަދި 4 ވަނަ ޓަވަރުގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު އޮތީ ގާތްގަނޑަކަށް ނިމިފަ އެވެ. އެ ޓަވަރުތަކުގައި ލިފްޓު ޓެސްޓްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެޗްޑީސީގެ އަމާޒަކީ އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް ހިޔާގެ ހުރިހާ ޓަވަރެއްގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތް ނިންމާލުމެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް ހިޔާގެ ޓަވަރުތަކަށް އިތުރުކުރާ ލިފްޓުތަކާ އެކު، އެތަނުގައި ދިރިއުޅޭ މީހުން ގިނަ އިރުތަކެއް ވަންދެން ލިފްޓުތަކުގެ އިންތިޒާރުގައި ތިބެން ޖެހުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބޭނެ ކަމަށް އެޗްޑީސީން ކުރިން ބުނެފައިވެ އެވެ.
ހިޔާ ފްލެޓުގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު އެވެ. އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑާ އެވެ.
އަލަށް ހަރުކުރާ 32 ލިފްޓަށް 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) ހަރަދުވާ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރި ހިޔާގެ 25 ބުރީގެ 16 ޓަވަރުގެ ތެރެއިން ބައެއް ޓަވަރުގައި ހަތަރެއް އަދި ބައެއް ތަންތަނުގައި ތިން ލިފްޓު ހުރެ އެވެ. ނަމަވެސް، ލިފްޓު މަދުވުމުގެ ސަބަބުން އަރައި ފޭބުމަށް ދަތި ވާތީ އެތަނުގައި ދިރިއުޅޭ މީހުންގެ ޝަކުވާ ފެށުނީއްސުރެ ވަރަށް ބޮޑެވެ. އެހެންވެ، އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް މުއިއްޒު ހިޔާގެ މީހުންނަށް ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވައުދަކީ އެ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓިނު
29 May 2025
އަދިވެސް އިތުރު ލިފްޓް ހަރުކުރަންވީ އެތާއުޅޭ މީހުންނަށް ހިލޭ ކާންވެސްދޭންވީ އެމީހުން ކުލިވެސް ދައްކާކަށްނުޖެހޭ. ނުވީތާކަށް ބޮޑެތި އަގުގަ ކުއްޔައްދީގެން އެފައިދާވެސް ހޯދަންވީ
މުނޫ
30 May 2025
ކަލޯ ހާދަ ރުޅިއެކޭ. ހީވަނީ ތީ ސަރުކާރުން ކާންދީގެން އުޅޭ މީހެއްހެން. ގިނަފަހަރަށް އުޅޭނީ ދައުލަތް ކޮޅައިގެން.
ހުރިހާއެންމެން
29 May 2025
މިކަންވެސް ނުުވާނޭ ބުނިބަޔަކު އުޅުނު. ކޮބާތަ އެމީހުން މިހާރު. ބުނާނެ އެއްޗެއް ނެތްތަ؟؟
ދައިލް
29 May 2025
ކޮރަޕްޝަން ގެ އަމަލު އެކުލެވޭ.. ރައްޔިތުންނަށް ފައިދާ ކުރަން ކަމަށް ހަދާފައި އަމިއްލަ ޖީބަށް ބަރު ކުރަނީ.. ރައްޔިތުންނަށް ތިހެން އޮޅުވާ ނުލެވޭނެ
ފައުޒިއްޔާ
29 May 2025
ކަންކަން ކޮންމެބަޔަކު ކުރިޔަސް އިސްލާހުކުރެވެންޏާ އިސްލާހުކުރެވެންޖެހޭ. މިފަދަ ކަންކަން އެއީ ރައްޔިތުންނަށް އޭގެން ބޮޑު ލުއިފަސޭހަކަމެއް ލިބޭނެ ކަންކަން.
ނިމާލްް
29 May 2025
ރައީސް މުއިއްޒަކީ ވައުދު ފުއްދަވާނެ ރައީސެއް.
ހުރިހާ ދިވެހިންނަށް މާލެއިން ގޯތި ހައްޤު
28 May 2025
ކުރިން ގަވައިދުން ކުލި ދެއްކިން. އެކަމަކު ދެން އެންމެ ލާރިއެއްވެސް ނުދައްކާނަން. އެއީ މާލޭ ކޮންމެ މީހަކަށް 10 މިލިއަން ރުފިޔާގެ އަގުބޮޑު ބިން ހިލޭ ބަހާލީމަ. މާލޭ މީހުން މުއްސަނދި ކޮށްފައި ސޯޝަލް ހައުސިން ފްލެޓުތަކުގެ ކުއްޔޭ ކިޔާފާ އަނގަ ނުހުޅުވާ.
މަވެސް ބޭނުން!
29 May 2025
މުސްލިމަކަށްވީތީ ތެއުވަޅަކާ ރަންވަޅެއްވެސް މަށަށްވެސް ހައްގު.
ވިސްނާލާ...
29 May 2025
ރަށުގައި އޮތް ގޯތި ތަކާއި ގެ ވަޅުތަކުން ލިބޭހާ ލާރިޔޯ؟ ގައިމު މާލެ މީހަކަށް ތިޔަރަށުން އެންމެ ފުލެޓެއްވެސް އަދި ގޯއްޗެއް ނުވަތަ ގެވަޅެއްވެސް ނުލިބެ، ލިބުންތޯ؟ ނާތަހުޒީބީ ވަކިވަރަކަށް ވެސް ނޫން ދޯ؟
ސަރީފާއްތަ
28 May 2025
ކޮއްމެ ލިފްޓެއްގެ ތެރޭގައި ފައިސާ ނުދައްކާ ފްލެޓްތަކުގެ ވެރިންގެ ނަމާއި ފައިސާ ނުދައްކާ ތާރީހް އެގޭގޮތަށް ތައްކޮއްފައި ބެހެއްޓުން އެދެން. އަދި ފްލެޓް ހުސްކުރަން ނޯޓިސް ފްލެޓްގެ ދޮރުގައި ތައްކުރުން އެދި ދަންނަވަން.
ތަރީނު
28 May 2025
ރަގަޅު ވާހަކައެއް.
ޢަލިފްހާ
28 May 2025
މާލޭމީހުންނަށް ހިލޭ ހުޅުމާލޭ އަގުބޮޑުބިންތައް ދިނީމަ ކުލިނުދައްކަނީ
ގޯތިތައް އަތުލާ
28 May 2025
ކުރިން ގަވައިދުން ކުލި ދެއްކިން. އެކަމަކު ދެން އެންމެ ލާރިއެއްވެސް ނުދައްކާނަން. އެއީ މާލޭ ކޮންމެ މީހަކަށް 10 މިލިއަން ރުފިޔާގެ އަގުބޮޑު ބިން ހިލޭ ބަހާލީމަ. މާލޭ މީހުން މުއްސަނދި ކޮށްފައި ސޯޝަލް ހައުސިން ފްލެޓުތަކުގެ ކުއްޔޭ ކިޔާފާ އަނގަ ނުހުޅުވާ.
ސޮބެ
29 May 2025
ކަލޭ ހާދަހިދަތިވެޔޭދޯ މާލެމީހުނައް ބިންދޭތީ ހަމަ ކުލިދޭންޖެހޭނީ ކުއްޔަވަނީ ކީއްކުރަން؟
ސަކީނާއްތަ
28 May 2025
ކޮއްމެ ލިފްޓެއްގެ ތެރޭގައި ފައިސާ ނުދައްކާ ފްލެޓްތަކުގެ ވެރިންގެ ނަމާއި ފައިސާ ނުދައްކާ ތާރީހް އެގޭގޮތަށް ތައްކޮއްފައި ބެހެއްޓުން އެދެން. އަދި ފްލެޓް ހުސްކުރަން ނޯޓިސް ފްލެޓްގެ ދޮރުގައި ތައްކުރުން އެދި ދަންނަވަން.
ޑަބިޔާލީ
28 May 2025
މާލޭމީހުންނަށް ހިލޭ ހުޅުމާލޭ އަގުބޮޑުބިންތައް ދިނީމަ ކުލިނުދައްކަނީ. އެންމެން ހަމަހަމަ ވާންވާނެ
ޅިންކް
28 May 2025
https://mihaaru.com/news/143036
މުޑަހަންޖާ
28 May 2025
އެތައް ބިލިއަނަކަށް ޓަވަރުއަޅާފަ ކުއްޔަށް އެއްޗެއް ނުލިބިތިބެ އެތައްސަތޭކަ މިލިއަނަކަށް ލިފްޓު ހަރުކުރާއިރު ތިފައިސާ ދައްކަން ޖެހެނީ ބައިތުލްމާލުން ނޫންތޯ. ސަރުކާރުން އޮފީހެއް، ހަދަން، ނޫނީ ވަކިގަބީލާއަކަށް ގޯތިދޭން ސަރުކާރަށް ބިން ގަންނަ ނަމުގަ ތިރަށަށް ބިލިއަނުން ފައިސާ އޮއްސަނީނޫންތޯ. ތިމޮޑެލްއަށް ހ.ދ ނޭކުރެންދޫގަވެސް 40 ބުރީގެ ޓަވަރު އަޅަން ފީޒިބުލް ނޫންތޯ.
ރަދީފްއޮފިޝަލް / މުޑަހަންޖާގެ ބޭބެގެ ފްރެންޑެއް
28 May 2025
ބައްލަވާ ހދ.ނޭކުރެންދޫގެ ރައްޔަތުން ވެސް ތިޔަ ބުނި ޓަވަރު ތަކުގަ އެބައުޅޭ.
ބިއްލޫރި ޤަދިރު.
28 May 2025
މާލޭ މީހުން ގެ މައްސަލަ ބެލޭނެ ސަރުކާރެއް ނޯންނާނެ. ކުލި ދެއްކިޔަސް ނުދެއްކިޔަސް އެއްބަސްވުން ބާތިލެއްވެސް ނުކުރާނެ.
ފިދަނަ.
28 May 2025
ކޮބާ މައްސަލައަކީ ؟ އެއްވަނަ ދަރަޖައިގެ މުޤައްދަސް ރަށްކޮޅުގެ މީހުން ސަރުކާރު ފުލެޓް ތަކަށް ފައިސާ ދައްކާކަށް ނުޖެހޭނެ. ކޮން ފައިސާ އެއް ނުލިބިގެން ކަލޭ ތިއުޅެނީ ؟
ޗޝޗފެއ
28 May 2025
އެއީކީ ވަކިބަޔަށް ގޯތި ދިނުން ކަހަލަ ކަމެއްނޫން. މުޅި ރާއްޖޭގެ އެތަންމިތަނުން މީހުން ވަގަށާ ތެދަށް ވަދެ ދިރިއުޅޭތަނެއްގައި ފަސޭހައަކަށް ބަހައްޓާފައި ހުރި ލިފްޓެއް. އެންމެންގެ އެއްޗެއް
ދޮން
28 May 2025
ރާއްޖެ ޓީވީ ކުދިންނަށް ސަލާމް ، ކޮތަރުކޮއްޓަށް ގޮވިކުދިން ، ކުލި ނުދައްކާ މީހުން ލިސްޓް އާންމުކުރޭ ،
ޗަކް
28 May 2025
ކުލި ނުދައްކާ މީހުންނަށް ސާބަސް. ވަކި ބަޔަކަށް 20 މިލިޔަނުގެ ގޯތި ބަހާލި ރައީސަށްވެސް ސަލާމް