އެޗްޑީސީން ނިންމާފައި ވަނީ އިތުރު ކުރާ ހުރިހާ ލިފްޓެއް އޮކްޓޫބަރު މަހުގެ ނިޔަލަށް ހަރުކުރަން.
ހިޔާ ފްލެޓުތަކުގައި އިތުރު 32 ލިފްޓް ހަރުކުރުމުގެ މަސައްކަތް މިހާރު ބާރަށް ކުރިއަށް ގެންދާ ކަަމަށް އެޗްޑީސީން ބުނޭ.
07 އެޕްރީލް 2025 - 21:16
ހުޅުމާލެ 2 ގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓުތައް ހަރުކުރުމަށް ހިންގާ މަސައްކަތްތަކުގެ ދަށުން ހަތަރު ޓަވަރެއްގެ މަސައްކަތް ނިންމައި މިއަދު ޓެސްޓު ކުރަން ފަށައިފި އެވެ.
އެޗްޑީސީގެ ސީއޯއޯ އަހުމަދު އިބްރާހިމް (ޕޮކަންޑި) ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް އިތުރު ކުރި ލިފްޓުތަކާ އެކު، ލިފްޓު މަދުވެ، ގިނަ އިރުތަކެއް ވަންދެން ލިފްޓުތަކުގެ އިންތިޒާރުގައި ތިބެން ޖެހުމުގެ މައްސަލަ އަށް ބޮޑު ހައްލެއް ލިބޭނެ ކަަމަށެވެ.
އޭނާ ވިދާޅުވީ، ހިޔާ ފްލެޓު އިމާރާތްތަކުގައި ފަހުން ހަރުކުރަނީ ޖާގަ ބޮޑު ލިފްޓުތަކެއް ކަމަށާއި އެ ލިފްޓުތައް ވަރަށް އަވަހަށް ރަސްމީކޮށް ބޭނުންކުރަން ފަށާނެ ކަމަށެވެ.
މި ވަގުތު މަސައްކަތް ނިންމައި ޓެސްޓަށް ހުޅުވައިލީ ހަތަރު ޓަވަރަކަށް އިތުރުކުރި 8 ލިފްޓެކެވެ. އެޗްޑީސީން ނިންމާފައި ވަނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ހުރިހާ ލިފްޓެއްގެ މަސައްކަތް ނިންމާށެވެ.
Testing has begun today on the newly installed additional elevators at Hiyaa Flats. This fulfills President @MMuizzu’s presidential pledge to resolve the elevator congestion issue faced by Hiyaa residents for years. These new larger elevators soon to be in service will be a… pic.twitter.com/1wXqdkO9iI
— Pokman 🇲🇻 (@PokmanMV) April 7, 2025
ހިޔާ ފްލެޓުގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޭޕްރީލް 18 ގަ އެވެ. އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑާ އެވެ.
އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވިދާޅުވެފައި ވަނީ އަލަށް ހަރުކުރާ 32 ލިފްޓަށް 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) ހަރަދުވާ ކަމަށެވެ.
ހިޔާ ފްލެޓުގެ ކޮންމެ ޓަވަރެއްގައި އިތުރަށް ހަރުކުރާ އެއް ލިފްޓަކީ ސްޓްރެޗާ އުފުލޭ ވަރުގެ ބޮޑު ލިފްޓެކެވެ. އަނެއް ލިފްޓަކީ ގާތްގަނޑަކަށް އެއްފަހަރާ 14 މީހުންނަށް އެރެވޭނެ ކެޕޭސިޓީގެ ލިފްޓެކެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރި ހިޔާ ފްލެޓްގެ 25 ބުރީގެ 16 ޓަވަރުގެ ތެރެއިން ބައެއް ޓަވަރުގައި ހަތަރެއް އަދި ބައެއް ތަންތަނުގައި ތިން ލިފްޓު ހުރެ އެވެ. ނަމަވެސް، ލިފްޓު މަދުވުމުގެ ސަބަބުން އަރައި ފޭބުމަށް ދަތި ވާތީ އެތަނުގައި ދިރިއުޅޭ މީހުންގެ ޝަކުވާ ފެށުނީއްސުރެ ބޮޑެވެ. އެހެންވެ، އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް މުއިއްޒު ހިޔާ ފްލެޓުގެ މީހުންނަށް ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވައުދަކީ އެ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ ވައުދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަސްލު ވާ ގޮތް
09 April 2025
ޓެސްޓު ކުރާ ލިފްޓުތައް ޙުރީ އެކަނި ގުރައުންޑު ފުލޯރ އެކަނި. ތިޔަ ބުނާ ލިފުޓުތަކުގައި މަތީ ފުލޯރ ތަކުގައި ހުރީ ދަނގަޑު ސްޓްރަކްޗަރ އެކަނި.. ފޮޓޯ ނަގައި މީޑިޔާގައި ހަބަރު ހެދިޔަސް ބޮޑު ވަރު..މިއީ ހުރިހާ ކަމެއްވެސް އޮޅުވާލުމެއްތި ، އިސްލާމީ ރީތި އުސޫލުން ކަންކުރާ ސަރުކާރުގެ ހާލަތު..
ހިޔާ ޓަވަރު
08 April 2025
ތިތަން ހެދިއިރު ތިވަރަށް ލިފްޓް ބޭނުން ވާނެކަން ނޭގުނީ ... ގަމާރު ކަމުންތަ؟ ނޫނީ ގަސްތުގަ ރައްޔިތުން ބިކަކުރުމަށް ތަ؟
ވޯލް
08 April 2025
ފުރަތަމަވެސް ލިފްޓް މަދުން ހެދުން އެއި މުއީޒުގެ ފެއިލިޔަރ.
ވަސީމާާ
08 April 2025
ބަލަ މިވެސް ރައްޔިތުންނަށްޓަކާ ރައީސް މުއިއްޒު ކޮށްދެއްވި ކަމެއް. ހާދަހާ ބޮޑު ފަސޭހައެކޭ މި ލިބުނީ.
ހައުލާާ
08 April 2025
ރައީސް މުއިއްޒަކީ ހަމަ ހުސް ވާހަކައެއް ދައްކާނެ ރައީސެއްނޫން. އަމަލުން އެމަނިކުފާނު ދައްކާނީ.
ލިޔެފާނެ
08 April 2025
"ހިޔާ ފްލެޓުގެ މީހުންނަށް ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވައުދަކީ އެ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ ވައުދެވެ." ލިފުޓު ހަރުކުރުން އެހާ ބޮޑު ވައުދަކަށްވަނީ ކިހިނެތް
މޫސާ މުރާދް
08 April 2025
ހިޔާ ސަރަހައްދުގަ އުޅޭ ރައްޔިތުންނަށް ރައީސް މުއިއްޒު ވައުދުވި ހުރިހާކަމެއް ފުއްދަވާފި. ކުލި ކުޑަކޮށްދީފި، ޖުމްލަ އަގުން 2 ލައްކަ ރުފިޔާ ކުޑަކޮށްފި، މިހާރު ލިފްޓު އެ ހަރުކުރަނީ، ރަނގަޅު ރައީސްއެއް
ހައްޖަ.
08 April 2025
މޮޅެތި ގޮތް ގޮތް ހެދިދާނެ އެކަމަކު ތީ ރާއްޖޭ މީހުން އުޅެން ހެޔޮ ވާވަރު ތަނެއް ނޫން.
ބާބް
08 April 2025
ހެޔޮވާން ނުޖެހޭ ސަބަބަކީ ކޮބާ؟
ހަންދީ
08 April 2025
އެތަނުގަ އުޅޭ ރައްޔިތުން އުޅެނީ އުފަލުގައި. ހައްޖަ ޖަހަމް ކޮށްލާ.
ނައުޝޫދް
08 April 2025
ބަޔަކު މީހުން އެބަކިޔާ މި ޕުރޮޖެކްޓް އަގުބޮޑޭ. ތިކަމުގެ ތަފްސީލް މީގެކުރިން އެޗްޑީސީން ވަރަށް ރަނގަޅަށްދިން. އެއްވެސް ވަރަކަށް އަގުބޮޑެއްނޫން
ގސސ
08 April 2025
އިރާދަ ކުރެއްވިއްޔާ ބޮޑު އަގުގައި ހިންގުނު ތިޔަ ޕްރޮޖެކްޓުން ޖީބު ތަކަށް ތިޔާގި ކަމެއް އަންނާނެ.
އަސްއަދް
08 April 2025
ބޮޑު އަގެއްނޫން. ހިސާބު ޖަހަން ނޭނގޭ ބަޔަކު ކިތަންމެ ހިސާބެއް ޖެހިޔަސް ނޭގޭނެ. މިއީ އޯޕަންކޮށް މިކަމަށް ދިރާސާކުރުމަށްފަހު އެންމެ ރަނގަޅު އަގަށް ހުށަހެޅިގެން ހިނގަމުންދާ ޕްރޮޖެކްޓެއް. ރައީސް މުއިއްޒަކީ ޖީބުތަށް ފުރަން ހުރި ރައީސެއްނޫންކަން މިހާރު ގިނަ ރައްޔިތުން ގަބޫލުކުރާނެ.