ކުޅިވަރު / ބައްސާމް

ބައްސާމްގެ ދައުރު ހަމަވަނީ، ރާއްޖޭން ފީފާގެ ނިންމުމެއްގެ އިންތިޒާރުގައި

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް: އޭނާގެ ދައުރު ހަމަވުމުގެ ވަގުތު ވަނީ ގާތްވެފަ --- ފޮޓޯ: އެފްއޭއެމް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ، މި ދައުރު ހަމަވާތީ ދެން އަމަލުކުރާނެ ގޮތަކާ މެދު އެފްއޭއެމުން ފީފާގެ ލަފައަކަށް އެދިއްޖެ އެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ރައީސްކަމުގައި ދެވަނަ ދައުރު ހޭދަކުރައްވަމުން ގެންދަވާ، ބައްސާމްގެ މި ދައުރު ހަމަވާނީ އަންނަ މަހުގެ ދެވަނަ ދުވަހަށެވެ.

އިންތިހާބީ މަރުހަލާއެއްގައި އޮތް އެފްއޭއެމުން އެ މަސައްކަތް ހުއްޓާލާފައި އޮތީ ފީފާއިން އަންގައިގެންނެވެ. އެފްއޭއެމުން މި ފަހަރު، އިންތިހާބު ބާއްވަން މަސައްކަތް ކުރި ދެ ފަހަރު ވެސް ފީފާއިން އެ މަސައްކަތް ހުއްޓުވި އެވެ. ދެވަނަ ފަހަރު އެންގީ އިންތިހާބުގެ ކަންކަން މަޑުޖައްސާލުމަށެވެ.

މުޅިން އާ އިންތިހާބެއް އިއުލާނުކޮށްގެން ކުރިއަށް ގެންދެވޭނެ މުއްދަތެއް ބައްސާމްގެ މި ދައުރުގައި ދެން ނެތެވެ. އެފްއޭއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން އިންތިހާބަށް އިއުލާނުކުރުމަށް ފަހު، އިންތިހާބު ބާއްވާ ދުވަހާ ދެމެދު 45 ދުވަހުގެ މުއްދަތެއް ދޭން ޖެހޭނެ އެވެ. އެ މުއްދަތެއް މިދައުރުގައި ދެން ނެތެވެ.

ފެބްރުއަރީ މަހުގެ ކޮންގްރެސްގައި ޖައުޝަން (ކ) އާއި ބައްސާމް މަޝްވަރާ ކުރަނީ --- ފައިލް ފޮޓޯ: މިހާރު | ފަޔާޒު މޫސާ

އެފްއޭއެމްގެ އެކްޓިން ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް ވިދާޅުވީ، ދައުރު ހަމަވާތީ، އެކަން ފީފާގެ ސަމާލުކަމަށް ގެނެސްފައި ވާނެ ކަމަށެވެ.

މިހާތަނަށް އަދީ ވަކި ގޮތެއް ފީފައިން އަންގާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކްލަބްތަކާއި އިދާރާތަކުން ވެސް ފީފާގެ ނިންމުމެއްގެ އިންތިޒާރުގައި

ފީފާގެ ޖަވާބެއްގެ އިންތިޒާރުގައި ތިބީ، ހަމައެކަނި އެފްއޭއެމްގެ ލީޑާޝިޕް އެކަންޏެއް ނޫނެވެ. ބައްސާމާ މެދު ހިތްހަމަނުޖެހިގެން އޭނާއާ ފެއަށް ޖެހުނު ކްލަބްތަކުން ވެސް ތިބީ ފީފާގެ ނިންމުމެއްގެ އިންތިޒާރުގަ އެވެ.

ފެބްރުއަރީ މަހު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައި ބައިވެރި ނުކުރި ކްލަބްތަކާ އެކު، ފީފާގެ ވަފުދުން މިދިޔަ އޭޕްރީލް މަހު ވަނީ ބައްދަލުވުމެއް ބާއްވާފަ އެވެ. އެފްއޭއެމް އާއި ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ބެލުމަށް ފީފާ އާއި އޭއެފްސީން ފޮނުވި މަންދޫބުން ހިމެނޭ އެ ވަފުދުން ފުޓްބޯޅައިގެ އިދާރީ ހިއްސާދާރުންނާ ބައްދަލު ކުރި އިރު އެ ކްލަބްތަކާ އެކު ވެސް ބައްދަލުވުމެއް ބޭއްވި އެވެ.

އެ ބައްދަލުވުމުގައި ކްލަބްތަކުން ވަނީ، އެފްއޭއެމް ނޯމަލައިޒޭޝަނަށް ގެންގޮސް ދޭން ފީފާގެ ވަފުދުގެ ކިބައިން އެދިފަ އެވެ.

"މި ކްލަބްތަކުން ގަބޫލު ކުރަނީ ރާއްޖޭގެ މުޅި ފުޓްބޯޅަ އަށް ވެސް އަދި ކްލަބްތަކަށް ވެސް އެންމެ މަސްލަހަތު ހުރި ގޮތަކަށް ވާނީ އެފްއޭއެމް ނޯމަލައިޒޭޝަނަކަށް ގެންގޮސްކަން. ނޯމަލައިޒޭޝަން ކޮމީޓީގެ ބެލުމުގެ ދަށޫން މައްސަލަތައް ހައްލުކޮށް އާ އިންތިހާބަކަށް ދިއުންކަމަށް. ފީފާ އިން ނިންމާނެ ގޮތަކާ މެދު އެހެން ބަޔަކު އިންތިޒާރު ކުރާ ވަރަށް ވުރެ މާ ބޮޑަށް މި ކްލަބްތަކުން ތިބީ އެ އިންތިޒާރުގައި،" ފީފާގެ ވަފުދާ އެކު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި އޮފިޝަލަކު ބުންޏެވެ.

ފީފާއިން ރާއްޖެ އަށް ފޮނުވި ވަފުދުގެ ބޭފުޅުން: ވަފުދަށް ކްލަބްތަކުން ހުށަހެޅީ އެފްއޭއެމް ނޯމަލައިޒޭޝަނަކަށް ގެންދިއުމަށް --- ފޮޓޯ: އިސްމާއީލް ތޯރިގް | އެމްއޯސީ

ސްޕޯޓްސް މިނިސްޓްރީ އާއި ސްޕޯޓްސް ކޮމިޝަނާގެ އޮފީހުން ވެސް ތިބީ ފީފާއިން ނިންމާނެ ގޮތަކަށް ކުރިއަށްދާން ތައްޔާރުވެގެންނެވެ. ފީފާގެ ވަފުދުން ވަނީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ރޮލާލްއާ ވެސް ބައްދަލު ކޮށްފަ އެވެ.

މިދިޔަ މަހު އެ މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސްގައި ސްޕޯޓްސް ކޮމިޝަނާ ތޮލާލް ވިދާޅުވީ އެފްއޭއެމާ މެދު ފީފާއިން ގޮތެއް ނިންމާނެ ކަމަށް، ރާއްޖެ އަށް އައި ފީފާގެ ވަފުދުން ބުނެފައިވާ ކަމަށެވެ.

ފީފާއިން ނިންމި ގޮތަކާ މެދު، ސަރުކާރުން އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ފީފާގެ ވަފުދަށް އަރުވާފައިވާނެ ކަމަށް ތޮލާލް ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ އެފްއޭއެމާ ބެހޭގޮތުން ހިއްސާ ކުރަން ޖެހޭ މައުލޫމާތުތައް އޭނާ އެ ވަފުދާ ހިއްސާ ކުރެއްވި ކަމަށެވެ.

"ހަމަ އެ ގޮތަށް އަޅުގަނޑުމެންނަށް ވެސް އެބޭފުޅުން [ފީފާގެ ވަފުދު] ގެ ފަރާތުން މައުލޫމާތުތަކެއް ލިބިގެން ދިޔަ،" ތޮލާލް ވިދާޅުވެފައި ވެ އެވެ.

"ފީފާ އާއި އޭއެފްސީން އެ މައްސަލަތައް ބައްލަވަމުން ގެންދަވާތީ އަދި އެ ބޭފުޅުންގެ ޑިސިޝަންއެއް ވަރަށް އަވަހަށް އަޅުގަނޑުމެންނާ ހަމައަށް ހިއްސާ ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައި ވާތީ އަޅުގަނޑުމެން އިތުރަކަށެއް އެފްއޭއެމްގެ ކަންކަން ކުރިއަކަށް ނުގެންދަން.

ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް، (ކ) ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާ އެކު: ފީފާގެ ވފުދުން އެ ދެބޭފުޅުންނާ ވެސް ބައްދަލު ކުރި --- ފައިލް ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

"އެ ބޭފުޅުން އެ ނިންމާ ކޮންމެ ގޮތަކާ މެދު ކަމެއްގެ އެއްބާރުލުމާއި އެހީތެރިކަން އަޅުގަނޑުމެން ދޭނެ ވާހަކަ ފީފާ އާއި އޭއެފްސން މިކޮޅަށް ވަޑައިގެންނެވި ވަފުދަށް އެ ޔަގީންކަން ދީފައި އަޅުގަނޑުމެން އޮންނާނީ

އެފްއޭއެމްގެ ލީޑާޝިޕާ މެދު ވަކިގޮތެއް އަދި ފީފާއިން އަމަލު ނުކުރިޔަސް، އެފްއޭއެމާ ދެކޮޅަށް ބައެއް ފިޔަވަޅުތައް އެ އިދާރާއިން ވަނީ އަޅައިފަ އެވެ. އެގޮތުން ފީފާއިން ގައުމުތަކަށް ދޭ ޑިވެލޮޕްމެންޓް ފަންޑު، އެފްއޭއެމް އަށް މި އަހަރު ދީފައެއް ނުވެ އެވެ. ވެސް."

އެފްއޭއެމްގެ ލީޑާޝިޕާ މެދު ވަކިގޮތެއް އަދި މިހާތަނަށް ފީފާއިން ނުނިންމިޔަސް، އެފްއޭއެމާ ދެކޮޅަށް ބައެއް ފިޔަވަޅުތައް އެ އިދާރާއިން ވަނީ އަޅައިފަ އެވެ. އެގޮތުން ފީފާއިން ގައުމުތަކަށް ދޭ ޑިވެލޮޕްމެންޓް ފަންޑު، އެފްއޭއެމް އަށް މި އަހަރު ދީފައެއް ނުވެ އެވެ.

7 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވޯލް

05 June 2024

ކޮރަޕްޝަންގެ ބޮޑު ތުހުމަތުތަކާއި އެކަށީގެންވާ ގަރީނާ އެކަމުގައި ހުރި އިރު މީނަ ހުންނަވާނީ މައްސަލަ ނިމެންދެން ޖަލުގައި.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

04 June 2024

މިހާރުގެ FAM އުވާލާފައި އޭގެބަދަލުގައި މުޅިރާއްޖެ ތަމްސީލުވާ National Football Federation އުފައްދާ ރާއްޖޭގެ 3 ސަރަޙައްދަކަށް ފުޓްބޯޅައިގެބާރުތައް ޙިއްސާކުރެވޭގޮތަށް ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް، އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާންރީޖަންކަމުގައި ކަޑައަޅާ ކޮންމެރީޖަނެއްގައި "ރީޖަނަލް ފުޓްބޯލް އެސޯސިއޭޝަން" ހެދުމަށް ޖާގަނުދޭނަމަ މާލެނޫން ކައުންސިލްތަކުން މާލޭ FAM އަށް އެއްބާރުދިނުން ހުއްޓާލަންޖެހޭ

The name is already taken The name is available. Register?

ފަލާ. ދީދީ

04 June 2024

އަފީފު ކަލޭ އަމިައްލައަށް ފެޑެރޭޝަން ހަދައިގެން އޮވޭ. ކޮންމެހެން މޯްލޑިވިސް ނެޝެނަލް ފެޑެރޭޝަން ނަދާކަށް ނުޖެހޭ. ކޮންމެކަމެއްގައިވެސް ބައިބައި ވުން އުފައްދަން ނޫޅެބަލަ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

04 June 2024

މަތީގައިދެންނެވި ބަދަލާއިއެކު ޤައުމީ National Football Federation ގެ އިންތިޙާބީ މަޤާމްތަކަށް ވާދަކުރެވޭނީ ރީޖަނަލް އެސޯސިއޭޝަންތަކުގެ މެންބަރު ކުލަބްތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް. # އަދި ނެޝަނަލް ފުޓްބޯލް ފެޑަރޭޝަންގެ އިންތިޙާބީ މަޤާމްތަކަށް ވޯޓްދެވޭނީ ހަމައެކަނި 3 ރީޖަންގެ ސީނިއަރ ޓީމްތަކަށާއި، ރީޖަނަލް އެސޯސިއޭޝަންތަކުގެ ރައީސާއި ނައިބް ރައީސް އަދި Secretary General އަށް. ޤައުމީ ވާނީ މިފަދަގޮތަކަށް ތަމްސީލުކުރެވޭގޮތަށް އިންތިޙާބުކުރީމަ.

The name is already taken The name is available. Register?

އިޙްސާނު.

04 June 2024

މާލޭގެ ކުލަބު ތަކުންވެސް އަދި އެފްއޭގައި ވަކިހިއްޕާލައިގެން ތިބި މީހުންވެސް ތިގޮތަށް ތިކަން ކުރާކަށް އެއްބަހެއް ނުވާނެ. ސްޕޯޓްސް މިނިސްޓްރީވެސް ބަލާނީ މިދެންނެވި މީހުން ބޭނުންވާގޮތަކަށް ކަންކުރަން. ތީގެ ހައްލެއް ބޭނުން ނަމަ އޮތް ގޮތަކީ ދީދީ ބުނިގޮތަށް ކައުންސިލް ތަކުން ކަންކުރުން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

04 June 2024

ކ.މާލޭމީހުން ހަދާނެ އެއްޗެއް ހަދަންދޫކޮށް މިކަންނުކޮށް ވަގުތު ނަގާލައިފިނަމަ ހޯމްއަވޭ އުސޫލަށް ޤައުމީ މުބާރާތާއި FA Cup ބަދަލު ކުރާން އަނެއްކާ އިތުރު 50 އަހަރު ނަގާނެ. # އަހަރުމެންނަކީ ކ.މާލޭ މީހުން އެންޓަރޓައިން ކޮށްދޭން ތިބޭނެ ބައެއްނޫން. ނަމުގެ ކުރިއަށް "ޤައުމީ، ނެޝަނަލް ނުވަތަ މޯލްޑިވްސް" ފަދަ ނަންތައް ބޭނުންކޮށްގެން ޤަބީލާތަކުގެ ފަރާތުން އެމީހުންގެ އުފަލާއި މަޖަލަށް ކުރާ ކަންތައްތަކަށް އަހަރުމެންގެ ސިޓީތަކުން މަރުޙަބާ ކިޔާކަށް ނުޖެހޭނެ.

The name is already taken The name is available. Register?

ހަސނޔ

04 June 2024

ކުލަބުތަކުންވެސް މާ ރީއްޗެއްނޫން ތިވާހަކަ ދައްކަން. މާ ރަނގަޅު ބަޔަކަށް ހެދިގެން. ފުޓުބޯޅަ ހަލާކުކުރީ ބައްސާމު އެކަންޏެއް ނޫން. އެކަން ކުރިޔަށް ދިނީ ހަމަ ކުލަބު ތަކުން ގުޅިގެން، ދެން ގޮސް ގުޅެނީ ކަންމަތި ތަކާ. މިހާރު ދިވެހި ފުޓުބޯޅަދެކެ ފޫހި ވެއްޖެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454