މިދިޔަ ހަފްތާގައި އިންތިހާބުގެ ނަތީޖާ އިއުލާނުކުރުމާ އެކު ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: އޭއެފްޕީ
09 ޖޫން 2024 - 07:32
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި އިދިކޮޅު ޕާޓީތައް ތަމްސީލްކުރާނެ ލީޑަރެއްގެ ގޮތުގައި ރާހުލް ގާންދީގެ ނަން ހުށަހަޅައިފި އެވެ.
ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް، ރަސްމީކޮށް އިދިކޮޅު ލީޑަރަކަށް ހަމަޖައްސަން ހުށަހެޅީ ކޮންގްރެސް ޕާޓީގެ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަތް ބޭފުޅުންގެ އިއްތިފާގުންނެވެ. އޭގެ ފަހުން ރާހުލްގެ ނަން ފާސްކުރަން ޖެހޭނީ ކޮންގްރެސްއިން ލީޑުކުރާ އިދިކޮޅު ކޯލިޝަންގެ ބައްދަލުވުމަކުންނެވެ.
އިންޑިއާގެ ސިޔާސީ މައިދާން ދިރާސާކުރާ މީހުންނާއި އެގްޒިޓް ޕޯލްތަކުގެ ނަތީޖާތަކާ ވެސް ދިމާ އިދިކޮޅަށް ރާހުލް ވަނީ މިފަހަރު އިންތިހާބުގައި ތަފާތު ބޮޑު ރަނގަޅު ނަތީޖާއެއް ނެރެ، ބޮޑުވަޒީރު ކަމަށް ބީޖޭޕީގެ ނަރެންދުރަ މޯދީ ވަޑައިގެން ފަހުން ކޮންގްރެސް އަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ހޯއްދަވައިފަ އެވެ.
އިދިކޮޅު ލީޑަރެއް މި ކަނޑައަޅަނީ އެ މަގާމު 2014 އިން ފެށިގެން ހުސްކޮށް އޮތުމަށް ފަހު އެވެ.
ރާޙުލްގެ ނަން ޕާޓީތަކުން ފާސްކުރި ނަމަވެސް ރަސްމީކޮށް އިދިކޮޅު ލީޑަރަކަށް ވާނީ އަލަށް އިންތިހާބުކުރި ގާނޫނު ހަދާ މަޖިލިސް ފެށުމުންނެވެ. އިންޑިއާގެ މީޑިއާއިން ލަފާކުރާ ގޮތުން މި ފެށޭ ހަފްތާ ތެރޭ ވެސް އާ މަޖިލިސް ހުވާކޮށްފާނެ އެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ގަވައިދު ބުނާ ގޮތުން އިދިކޮޅު ލީޑަރުކަމަށް ކަނޑައެޅޭނީ 543 މެންބަރުން ހިމެނޭ މަޖިލީހުގެ 10 ޕަސެންޓަށް ވުރެ މަތިން ހިއްސާވާ ޕާޓީއެއްގެ ބޭފުޅަކަށެވެ. މިދިޔަ 14 އަހަރު، އިދިކޮޅު ލީޑަރުގެ މަގާމު ހުސްކޮށް އޮތީ މީގެ ކުރިން އިންޑިއާގައި ވަރުގަދަކޮށް އޮތް ކޮންގްރެސް ޕާޓީއަށް މި ނިސްބަތަށް މިދިޔަ ދެ އިންތިހާބުގައި ވެސް ގޮނޑި ނުލިބުމުންނެވެ.
އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީ އަށް މިފަހަރު އާންމު އިންތިހާބުގައި، މިދިޔަ 10 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ވަނީ އަޣުލަބިއްޔަތު ގެއްލި ކޯލިޝަން ސަރުކާރެއް ހަދަން ޖެހިފަ އެވެ. ބީޖޭޕީއާ އެކު އިންތިހާބަށް ނުކުތް 15 ޕާޓީ ހިމެނޭ ނެޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) އާއި ބީޖޭޕީގެ ގޮނޑިތައް އެއްކޮށްލުމުން ޖުމްލަ ލިބެނީ ގާނޫނު ހަދާ މަޖިލީހުގެ 293 ގޮނޑި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
09 June 2024
އިންޑިޔާގެ ގާނޫނުހަދާ މަޖިލިސް (ސަންސަދް ނުވަތަ ޕާލިމެންޓު) ގެ ދެ ގެ ހުރޭ. ދަށު ގެ އަކީ، ލޯކް ސަބްހާ. މީގެ ލަފުޒީ މާނަ އަކީ "ރައްޔިތުންގެ ގެ". ސަންސަދް ގެ މަތީ ގެ އަކީ ރާއްޖްޔާ ސަބަހާ. އޭގެ މާނަޔަކީ ދައުލަތްތަކުގެ ދެ. މީގަ ދައުލަތޭ މި ބުނެވެނީ އިޝްޓޭޓު ތަކަށް. މިއީ އަދި ކަލޭމެންނަށް އެނގޭ ވަރަށްވުރެން ތަންކޮޅެއް އެޑުވާންޝު ލެވެލް. ކޮންމެވެސް ދުވަހަކުން އެނގޭނެ ތޯއްޗެ. ދިވެހިރާއްޖޭގެ 4-1953 ވަނަ އަހަރުގެ ގާނޫނު އަސާސީ ގަ އޮތީ މިކަހަލަ އުސޫލެއް.
ކަބްދޫލް
10 June 2024
އިޝްޓޭޓު ލޮލް
ދޯދި
09 June 2024
ދެން ކޮންގްރެސް އަށް ލިބުނީ ކިތައްގޮނޑި؟؟
ޖަލީލީ
09 June 2024
ހިންދުވާތާ ހަރުކަށި ފިކުރާ، މަދު އާބާދީތަކާއި ނަސްލުތަކަށް އޮތް ބިރު ކަނޑުވާލުމަށާއި، ސަރަހައްދީ އަމާންކަން ގާއިމް ކުރުމަށް ރާހުލް ގާންދީ ވެރިކަމަށް ގެންނަންޖެހޭ.
އަބްދުއްސަމަދު
09 June 2024
ރާހޫލް ގާނދީ އަށް އިނޑިޔާ ސިޔާސީ މަޝްރަހުން ކުރިއެރުން އެދެން.