އެޗްޑީސީ: ކޭޕާކްއާ މެދު ފިޔަވަޅެއް އަޅާފައިވާ ނަމަ، އެކަން ލިޔުމުން އަންގަން އެޗްޑީސީއަށް ކޯޓުން ވަނީ އަންގާފައި - ފޮޓޯ: މިހާރު
09 ޖޫން 2024 - 12:04
ހުޅުމާލޭގައި އިމާރާތްކުރާ ލަކްޒަރީ އެޕާޓްމެންޓްތަކެއް ކަމަށްވާ ކޭޕާކް އެޕާޓްމެންޓްތައް ނިންމަން ހަވާލުކުރި މުއްދަތުގައި އެ މަސައްކަތް ނިންމާފައި ނުވާތީ އެކަމާ މެދު އެޗްޑީސީން އެއްވެސް ފިޔަވަޅެއް އަޅާފައިވާ ނަމަ އެކަން ލިޔުމުން އަންގަން ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
ކޭޕާކްގެ އެޕާޓްމަންޓްތަކާ ގުޅޭ ގޮތުން ސިވިލް ކޯޓަށް ދައުވާ ހުށަހެޅުމަށްޓަކައި ހެކި ހާމަކޮށްދިނުމުގެ އަމުރަކަށް އެދި ހުށަހެޅި މީހަކު އެދިފައި ވަނީ ކޭޕާކް އިމާރާތް ކުރުމަށް ހަންބޯ ކުންފުންޏާ ހަވާލުކުރި އެއްބަސްވުމާއި ޕްރޮޖެކްޓްގެ އެއްވެސް ސެކިއުރިޓީއެއް ހުށަހަޅާފައިވާ ނަމަ އެ ލިޔުން ހޯދުމަށެވެ.
ހަންބޯ ކުންފުންޏާއި އެޗްޑީސީއާ ދެމެދު ވި އެއްބަސްވުމުގެ ދަށުން ތަންފީޒު ކުރަންޖެހޭ ކަންކަން ކުރުމުގެ ބާރު އެހެން ފަރާތަކަށް ނުވަތަ ނޯ އޮބްޖެކްޝަން ދީފައިވާ ނަމަ އެކަން އެނގޭނެ ލިޔުމެއް ހޯދުމަށް ވެސް އެ މީހާ އެދުނެވެ. ދެން އެދުނީ އެޕާޓްމެންޓްތަކުގެ މަސައްކަތް މުއްދަތުގައި ނިންމާފައި ނުވާތީ އެޗްޑީސީން އެކަމާ މެދު އެއްވެސް ފިޔަވަޅެެއް އަޅާފައިވާ ނަމަ އެކަން ވެސް އަންގައި ދިނުމަށެވެ.
މި ހުށަހެޅުމާ ގުޅޭ ގޮތުން ސިވިލް ކޯޓުން އަމުރު ނެރެފައިވަނީ އަމުރަށް އެދުނު މީހާގެ އެދުނު ހުރިހާ ލިޔުމެއް 14 ދުވަސް ތެރޭގައި އެޗްޑީސީން އެ މީހާ އަށް ފޯރުކޮށްދިނުމަށެވެ. އެ ލިޔުންތަކާ އެކު، ދައުވާ ހުށަހަޅަން އެ މީހާ އަށް އަންނަ މަހުގެ 30 ވަނަ ދުވަހާ ހަމައަށް މުއްދަތެއް ދީފައިވެ އެވެ. އެ މުއްދަތުގައި ދައުވާ ނުކުރާ ނަމަ އެ ލިޔުންތައް އިތުރު ބޭނުމެއް ނުކޮށް، ފަސް ދުވަހުގެ ތެރޭގައި އެޗްޑީސީ އަށް ރައްދު ކުރުމަށް ވެސް އެންގި އެވެ.
ކޭޕާކްގެ ނަމުގައި ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ލަގްޒަރީ އެޕާޓްމެންޓްތައް ވިއްކުމުގައި އެ ކުންފުނިން ވަނީ މަކަރާއި ހީލަތް ހަދައި، އެތައް ބަޔަކަށް އޮޅުވާލައިފަ އެވެ. ފްލެޓް ގަތް ގިނަ ބަޔަކު ވަނީ މި މައްސަލަ ކޯޓަށް ހުށަހަޅައިފަ އެވެ. އޭގެ ތެރެއިން ބައެއް މީހުންގެ މައްސަލަތައް ކޯޓުން ނިންމާފައިވާއިރު، އެ އެޕާޓްމެންޓްތައް އެމީހުންނަށް ދިނުމަށް ހުކުމް ކޮށްފައިވެ އެވެ.
އެ ފްލެޓްތައް އިމާރާތްކުރަމުން އަންނަ ހަންބޯ ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ސޮއި ފޯޖުކޮށް، އެއް އެޕާޓްމެންޓެއް އެތައް ބަޔަކަށް ވިއްކައި، އެ އެޕާޓްމެންޓްތައް ވިއްކި ފައިސާ އަމިއްލަ ބޭނުންތަކަށް ބޭނުންކޮށް މައި ކުންފުނި، ހަންބޯއަށް އެއްވެސް ފައިސާއެއް ނުދީ، ސްކޭމް ކުރުމުގެ ތުހުމަތު ވަނީ ކޮށްފަ އެވެ. އެ މައްސަލާގައި މަންޑޭގެ މައްޗަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ ދައުވާ ވެސް އުފުލައިފަ އެވެ.
ކޭޕާކް ރެސިޓެންސް އިން އެތައް ބަޔަކު އެޕާޓްމެންޓް ގަނެފައިވާއިރު، އެ އެޕާޓްމެންޓްތައް ވިއްކި ފައިސާ ހަންބޯ ކުންފުންޏަށް ލިބިފައިނުވާތީ، އެޕާޓްމެންޓްތައް ހަވާލުކުރުމަށާއި އެއްބަސްވުންތަކަށް އަމަލު ކުރަން އެ ކުންފުނިން ދަނީ ދެކޮޅު ހަދަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިތަދޫ 2
10 June 2024
ތިޔަ ފެންނަނީ އެޗްޑީސީން ބަދަލު ހޯދަން ބަޔަކު އުޅޭތަން، ދޭންވެސް ޖެހޭ، ބަޔަކާ ހަވާލް ކޮއްފަ އެބަޔަކު ބޭނުން ގޮތަކަށް މީހުން ފެލަން ދޫކުރުމަކީ ބޮޑު އިހުމާލެއް. މިކަމުގަ އޭރުގެ ވެރިންވެސް ޖެހޭ އަދަބު ލިބެން. ޑިމޮކްރަސީ ފައްކާ ވާ ވަރަކަށް އާންމުން ހަނާ ވަނީ.. ޕާޓީ ތަކުގެމީހުން ވެގެން ކޮންމެ 5 އަހަރު ކެވުނު ވަރަކަށް ކަނީ، ދައުރަކަށް ވުރެ ގިނައިން އަނެއް ދައުރުގަ...
ކޮރެއާ ޕާކް
09 June 2024
ކޭ ޕާކް، ސީ ލައިފް ފަދަ މައްްސަލަ ޖެހުނު ތަންތަނުގެ އެއްވެސް ހަރުދަނާ ފިޔަވަޅެއް ނޭޅެނީ ތަންތަން ހިންގަން ޕާޓީ ތަކުން މަގުމަތީގައި ހަޅޭއް ލަވަން އުޅުނު މީހުނަށް މަގާމުތައްް ދީގެން. މިޔަކު އެމްޑީޕީ ޕީއެންސީ ތަފާތެއް ނެތް. ކިޔަވައިގެން ތިބި ހިންގުންތެރި މޮޅުމީހުން ތަނަތަނަށް ލައިގެން ނޫނީ އެއްކަމެއްވެސް ރަގަޅެއް ނުވާނެ. ދިގުގޮނޑީގައި ތިބި މީހުން އަތޮޅުވެރިކަމުން ދުރުކޮށް ސްކޫލް ތަކުގެ ޕްރިންސިޕަލުން އަތޮޅުވެރިކަމަށް އިސްކުރެވުނު ތަޖުރިބާ ބަލަންވީ.
ހުސައިން803
09 June 2024
ސީލައިފުގެ ގުލެޓްގެ ސްކޭމްގައި ޖެހުނު މީހުންނަށް ވިނަރެސް ފުލެޓްތައް ބަހާލީއެވެ، ކޭޕާކް ފުލެޓްގެ ސްކޭމުގައި ޖެހުނު މީހުންނަށް ދެން އެންމެ އަވަހަށް ނިމޭތަނަކުން ފުލެޓްލިބޭނެއެވެ. ކަންމިވާގޮތުން އެންމެ އަވަހަށް ބޯހިޔާވަހިކަމެއް މިލިބެނީ މިކަހަލަ ސްކޭމެއްގައި ޖެހުމުންނެވެ. ބޮޑުކުލިދައްކައިގެން ދިރިއުޅެމުންދާ ނިކަމެތި މީހާއަށް ލިބޭނެ ފުލެޓެއްނެތެވެ. މިއީ އަޅެފަހެ ކޮންއުސޫލެއްހެއްޔެވެ.
އޮނަރަބްލް އަފީފު ދީދީ
09 June 2024
ގޯތި ގެދޮރާއި ބިމާއި ބެހޭ ޤާނޫނު އިސްލާޙްކޮށް އަދި ރާއްޖޭގައި އާންމު ކަމަކަށްވެފައިވާ "ސޯޝަލް ހައުސިންގ ފުލެޓުން ވައްކަންކުރުން ހުއްޓުވުމަށާއި" މަހުޖަނުންގެ އަންބޮނޑިއަށް ގޯއްޗާއި ފުލެޓްތައް ލުމަށް ފުރުސަތު ނުދިނުމަށްޓަކާ "ޕްރޮޕަޓީ ޤާނޫނެއް ވުޖޫދުކޮށް" މިފަދަ ހުރިހާ މައްސަލަތަކަށް ދުނިޔެއިން ހޯދާފައިވާ ހައްލުތައް ރާއްޖޭގެ ދުސްތޫރީ ނިޒާމްގެ ތެރެއަށް ވައްދައިގެންނޫނީ މިފަދަ ޖަރީމާތައް ނުހުއްޓުވޭނެ އިގޭތޯ. ކީއްވެތޯ މިކަންކުރާން މަޖިލިސް ފަސްޖެހެނީ!؟
އޮނަރަބްލް އަފީފު ދީދީ
09 June 2024
މަތީގައިދެންނެވި ފަދަ ޤާނޫނު ވުޖޫދުކުރުމުގެ ކުރިން ނުވަތަ އެކުއެކީގައި ރައްޔިތުމީހާހޯދާ ފުރަތަމަ ބިމާއިފުލެޓް ޓެކްސް ފުރީކޮށް އޭނާހޯދާ 2 ވަނަ ބިމާއިފުލެޓުން %50 ޓެކްސް އަދި އިތުރަށްހޯދާ ކޮންމެ ފުލެޓަކާއި ބިމުން ދައުލަތަށް %100 ޓެކްސް ނަގާން ކަޑައަޅާ "ސޯޝަލް ހައުސިންގ ސްކީމްތަކަށް ދޮގު މައުލޫމާތުދިނުމާއި، އެފަދަކަމަކަށް އެހީވެރިވުމަކީ ޖިނާޢީ ކުށެއްކަމަށް" ޤާނޫނުގައިކަޑައަޅާ ޕްރޮޕަޓީ ޤާނޫނުވުޖޫދުކޮށް ފުލެޓްބަނޑުއެޅުން ހުއްޓުވަން މަސައްކަތްކުރޭ.
ފާމުލަދޭރި ކިލެގެފާނު
09 June 2024
ބޯހިޔާވަހި ކަމުގެ ނަމުގައި އެކިއެކި ފަރާތްތަކުން ހިންގާ ޖަރީމާތަކާ ސަރުކާރުން ޒިންމާވާކަށް ނުޖެހޭ. ބަޔަކު މަކަރާހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ނަގައިގެން ފްލެޓް ނުދިނީމަ ސަރުކާރުން އެމީހުންނަށް ފްލެޓް ދިނުމުގެ ސަގާފަތް ދޫކޮށްލަން އެބަ ޖެހޭ ނިކަމެތި ރައްޔިތުންގެ ބޯހިޔާވަހި ކަމުގެ ވަސީލަތްތައް އެހެން ބައެއްގެ މަކަރާއި ހީލަތުގެ އަގެއްގެ ގޮތުގައި ގުރުބާން ކުރާކަށް ނުޖެހޭ. މަކަރު ހެދި މީހުންގެ މުދާވިއްކައިގެން ވިޔަސް އެމީހުންގެ އަތުން ހޯދާންވީ
އާޝް
09 June 2024
ސުވާލަކީ، ދެން އެއްކަލަ އެޗްޑީސީން ކުރަންވާ ކަންތައްތައް ނުކޮށް އޮތުމުން ލިބޭ ގެއްލުން ބޮލުއަޅަން ޖެހެނީ ރައްޔިތުން ކަމަށްވީތީ، އެއްކަލަ ބޮޑު މުސާރަ ނަގާފަ، ރޭވިގެން ނޫނީ ފަރުވާކުޑަކުރުމުން މިކަންކަމަށް ޒިންމާވާން ތިބި ވެރިންނަށް ކީއްވެހޭ ފިޔަވަޅެއް ނޭޅެނީ!! މިހާރު ސުހައިލް އޮންނާނެ ރީތިކޮށް ކަމެއް ނުވާކަމަށް ހެދިގެން.
އޮނަރަބްލް އަފީފު ދީދީ
09 June 2024
އެކާވީސް ވަނަ ޤަރުނުގައި މިރާއްޖޭގައި ހިގަމުން މިދަނީ މިހާރު ދުނިޔޭގެ އެއްވެސް ޤައުމެއްގައި ހިގާ ޒާތުގެ ކަންކަމެއްނޫން އިގޭތޯ. # ބޭންކްގައި ރައްކާކޮށްފައިހުންނަ ފައިސާކޮޅު "ލިންކަކަށް ފިތުނީކަމަށް ބުނެ" ގެއްލިގެންދޭ. ޙައްޖާއި އުމްރާއަށް އެއްކޮޅު ޓިކެޓްގައި ގެންގޮސްފައި ރަށްމެދަށް ދޫކޮށްލުމުން ދައުލަތުގެ ޙަރަދުގައި ގެނޭ. މަކަރާއި ޙީލަތްހަދައިގެން ފުލެޓާއި ގޯތިން ވައްކަންކުރުން އާންމުވެ "ޙައްޖު ވާޖިބު ނުވާމީހާ" ޙައްޖައް ފޮނުވައިގެންވެސް ކަޓް ނަގާ.