ޚަބަރު

ހިންމަފުށީގައި 200 ކޮޓަރީގެ ސިޓީ ހޮޓަލެއް އަޅަން ބިމެއް ދޫކުރަނީ

ހިންމަފުށީގެ ބަނދަރު ސަރަހައްދުގައި ޓޫރިސްޓަކު އިށީނދެލައިގެން: މިއީ ޓޫރިޒަމް ތަރައްގީވަމުން އަންނަ ރަށެއް.

10 ޖޫން 2024 - 18:57

6 comments

ކ. ހިންމަފުށީގައި 200 ކޮޓަރީގެ ސިޓީ ހޮޓަލެއް ނުވަތަ ގެސްޓް ހައުސްއެއް ހަދައި ހިންގައިދޭނެ ފަރާތަކަށް ބިމެއް ދޫކުރަން އެ ރަށު ކައުންސިލުން ނިންމައިފި އެވެ.

ހިންމަފުށީ ކައުންސިލް އިދާރާ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ މަސައްކަތަށް ބިމެއް ކުއްޔަށް ދޫކުރަން ނިންމާފައި ވަނީ ފުޓުބޯޅަ ދަނޑު ހިމެނޭ ސަރަހައްދުން ކަމަށެވެ. ހޮޓާ ނުވަތަ ގެސްޓު ހައުސްއެއް ހަދައި ހިންގަން އެ ސަރަހައްދުން ދޫކުރަނީ 52،107 އަކަފޫޓުގެ ބިމެކެވެ. އެ ބިން ދޫކުރަނީ 50 އަހަރުގެ މުއްދަތަކަށެވެ.

އެ ސަރަހައްދުގައި އަމިއްލަ ހަރަދުގައި ޓުއަރިސްޓު ހޮޓަލެއް އިމާރާތްކޮށް އަދި ހިންގައި، ބަލަހައްޓަން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހަޅަންޖެހޭ ސުންގަޑިއަކީ އިއުލާނުގައިވާ ގޮތުން އަންނަ ޖުލައި 15 ވަނަ ދުވަހުގެ މެންދުރު 1:00 އެވެ. ބީލަމެއްގެ އަގަކީ 25،000ރ. އެވެ. ބީލަން ވިއްކާނީ މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން އަންނަ ޖުލައި 1 ވަނަ ދުވަހާ ހަމައަށެވެ. ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10 އިން މެންދުރު 12:30 ވަންދެން ބީލަން ފޮތް ވިއްކާނެ ކަމަށް އިއުލާނުގައި ވެ އެވެ. ޕްރީ ބިޑް ބައްދަލުވުން ތާވަލް ކޮށްފައި ވަނީ ޖުލައި ތިން ވަނަ ދުވަހުގެ މެންދުރު އެކެއް ޖަހާއިރަށެވެ.

އިއުލާނުގައި ބުނެފައިވާ ގޮތުން ޕްރޮޕޯޒަލް ހުށަހެޅޭނީ ދިވެހިންނަށް ނުވަތަ ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ޕާޓްނާޝިޕަކަށް ނުވަތަ ކުންފުންޏަކަށެވެ. އެ އިން ތަނެއްގައި ބިދޭސީ މީހެއްގެ ހިއްސާ އޮވެގެން ނުވާނެ އެވެ.

ޓޫރިޒަމްގެ ވިޔަފާރި ކުރިއަރަމުން އަންނަ ހިންމަފުށީގައި މިހާރު 17 ގެސްޓް ހައުސް ހިންގަ އެވެ. އެކަމަކު، މިއީ މިހާ ގިނަ އަދަދެއްގެ ކޮޓަރިއާ އެކު ސިޓީ ހޮޓަލެއް ނުވަތަ ގެސްޓް ހައުސްއެއް އެ ރަށުގައި ހަދަން ނިންމި ފުރަތަމަ ފަހަރެވެ.

ހިންމަފުށި ބޮޑަށް މަޝްހޫރު ވެފައި ވަނީ ސިނާއީ އެކިއެކި މަސައްކަތްތަކަށް ބިންތައް ދޫކުރާ ރަށެއްގެ ގޮތުގަ އެވެ. އެ ބިންތަކުން ކައުންސިލަށް މިހާރު ވެސް ވަރަށް ބޮޑު އާމްދަނީއެއް ލިބެ އެވެ. އެކަމަކު، މިހާރު ބޮޑަށް އަމާޒު ހިފާފައި ވަނީ ޓޫރިޒަމް ވިޔަފާރި ތަރައްގީ ކުރުމަށެވެ.

6 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 10%
icon inlove icon inlove 40%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހުމަދުބޭ

20 June 2024

މިފަދަ ޕޮރޮޖެކްތަކަކީ ކުރިއާލައި ކޮންސެޕްޓެއްހަދައި ކައުންސިލަރުން ރުހުންލިބި، ފޯރމަލިޓީ ފުރިހަމަ ކޮއްލުމުގެ ގޮތުން އިއުލާން ކުރެވޭ ޕުރޮޖެކްޓްތަކެއް، 15 ޖުލައި އަށް ކިހިނެތް ރަގަނޅު ޕުރޮޕޯސަލް އެއް ހަދައިނީވެސް، ދެން ހޮވެނީ މިބިން ދޫކުރަން ކައުންސިލުން ނިންމާފައިވާ ފަރާތަށް، އަދި މިބިމުގައި އެވަރުގެ ހޮޓަލެއް ނުވެސް އަޅައިނެ، އެކަމަކު އެބިން ހަވާލްކުރާނެ އެހިސާބުން ހޮޓައި އަޅައި ނިމުނީ އާޚިރުގަ އެތާއަޅައިނީ 20 ކޮޓަރި

The name is already taken The name is available. Register?

އަލިހާޖީ

13 June 2024

މުޅި ޓޫރިޒަމް ފުނޑާލައިފި މިކަހަލަ ތަންތަން އަޅާއިގެން ރައްޔަތުމީހާ ޖީބަށް ޑޮލަރޭ ކިޔައިގެން. ރިސޯޓު ތަށް ބަނދު ކުރާ ހިސާބަށް ހިނގައްޖެ. ހުރިހާ ގެއްލުމެއް މުއައްޒަފުންނަށް. ރަށުގަ މި ހަދައިގެން 50 ޑޮލަރަށް ވިއްކައިގެން އުޅޭ 5000ރ މުސާރައަށް ދީގެން އުޅޭމީހުންނަށް ކޮންކަމެއް.

The name is already taken The name is available. Register?

ކަޑަދަދަދ

11 June 2024

ރީތި މޫދެއްވެސް އޮންނަ ރަށެއްނޫން

The name is already taken The name is available. Register?

މެންގްރޫވު

11 June 2024

ލޯކަލް ޓޫރިޒަމްގެ ނަމުގަ މީހުން ދިރިއުޅޭ ރަށްރަށުގަ ބޮޑެތި ހޮޓާ ބިލްޑިންގ ހަދައިގެން ރިސޯޓް ޓޫރިޒަމް މުޅިން ހަލާކުކޮށްފި. ލޯކަލް ޓޫރިޒަމްގެ މާނަ އޮޅުވާލައިފި. މުޅިން ގަޑުބަޑުކޮށް ސިނާއަތް ހަލާކުގެ ތެރެއަށް ވެއްޓެނީ

The name is already taken The name is available. Register?

ވިސްނާލަބަލަ

10 June 2024

ތީއެހާ ރަގަޅު ގޮތެއްނޫން. އެއްބަޔަކަށް 52 ހާސް ދިނުމުގެ ބަދަލުގަ 2 ނުވަތަ 3 ބައި ކޮއްފަ ދީ. 200 ކޮޓަރި އެއްބަކު އަޅަން ދިނުމައްވުރެ ދެތިން ބައިީހުން 200 ކޮޓަރި ހެދިއްޔާ ރަގަޅު ވާނީ

The name is already taken The name is available. Register?

ގުލްފިސާމު

11 June 2024

ކާކަށް ރަނގަޅުވާނީ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454