މޮޑާނާ ކުންފުނިން އެންމެ ފުރަތަމަ އުފެއްދި ވެކްސިން: އެ ކުންފުނިން ވަނީ ކޮވިޑާއި ފްލޫ އަށް އެއް ވެކްސިން އުފައްދައި ޓެސްޓްކޮށްފައި --ފޮޓޯ:އޭއެފްޕީ
11 ޖޫން 2024 - 07:17
ކޮވިޑާއި ފްލޫއަށް އެއް ވެކްސިނަކުން ރައްކާތެރިކަން ހޯދައިދިނުމަށް މޮޑާނާއިން ހެދި ކްލިނިކަލް ޓްރަޔަލް ކާމިޔާބު ކަމަށް އެ ކުންފުނިން އިއްޔެ ބުނެފި އެވެ.
އެމެރިކާގެ ބަޔޯޓެކް ފާމުން މިކަން އިއުލާނުކޮށްފައި ވާއިރު ކޮވިޑް ވެކްސިން އުފެއްދި އެހެން ކުންފުނިތައް ކަމަށްވާ ފައިޒާ އާއި ނޮވަވެކްސް އިން ވެސް އަންނަނީ މީގެ ވެކްސިން އުފެއްދުމަށް މަސައްކަތްކުރަމުންނެވެ. އެކަމަކު ޓްރަޔަލްގެ ނަތީޖާ އެންމެ ފުރަތަމަ ހާމަކުރި ކުންފުންޏަކީ މޮޑާނާ އެވެ.
"އެއް ވެކްސިނަކުން އެކި ކަންކަމަށް ރައްކާތެރިކަން ލިބޭ ގޮތް ހެދުމުން ސިއްހީ ނިޒާމާއި ފާމަސީތަކަށް އަދި މޫސުމީ އެކި ރޯގާތަކުން ރައްކާތެރިވުމަށް އާންމުންނަށް ވެސް ފަސޭހަވާނެ،" މޮޑާނާގެ ސީއީއޯ ސްޓެފޭން ބަންސެލް ވިދާޅުވި އެވެ.
މެސެންޖާ އެންއާރްއޭ ޓެކްނޮލޮޖީ ބޭނުންކުރާ މި ވެކްސިނަށް ދީފައިވާ ނަމަކީ އެމްއާރްއެންއޭ-1083 އެވެ. މި ވެކްސިންގެ ޓެސްޓުކުރުމަށް 4،000 މީހަކަށް ވަނީ ވެކްސިން ދީފަ އެވެ. އެ މީހުން ވަނީ 50-64 އަދި 65 އަހަރުން މައްޗަށް ބަހާލައިފަ އެވެ.
މި ދެ އުމުރުފުރައިގެ މީހުންނަށް ވެސް ވަނީ މޮޑާނާގެ ކޮވިޑް ވެކްސިން ކަމަށްވާ ސްޕައިކްވެކްސް ދީފަ އެވެ. އަދި މި މީހުންނަށް އާ ވެކްސިން ދިނުމުން، އާންމު ފްލޫ ވެކްސިން ދިނުމުން އުފެދޭ ވަރަށްވުރެ ރަނގަޅަށް ދިފާއީ ނިޒާމު މަސައްކަތްކޮށްފައިވެ އެވެ.
ވެކްސިންގެ ނަތީޖާގެ ތަފްސީލްތައް ކޮންފަރެންސެއްގައި ހާމަކުރަން ނިންމާފައި ވާއިރު ދެން އޮންނާނީ ވެކްސިނަށް ހުއްދަ ހޯދުމުގެ މަސައްކަތް ކަމަށް މޮޑާނާއިން ބުންޏެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަޔާޒު
16 June 2024
މިފަހަރު ތިޔަ ވެކްސިން ޖަހަންވާނީ ސިއްޙި ދާއިރާގެ ހުރިހާ އެއްމެން ޖަހާނިމި، 1 އަހަރު ފަހުން
ކަޑަ
11 June 2024
ވިއްކާވަރަކަށް ވިއްކާފަ ބުނާނެ ލޭގަޑުވޭ
މޮހޮނުގެ ދަރި
11 June 2024
ބަލާބަ ތިޔަ ވެކްސިން ހަދާފަ އޮތް މޮޑާނާ ކުންފުނީގެ ތާރީޚް. ތިއީ ބޮޑު ގޭސްގަނޑެއް. ހަތިޔާރާ، ވެކްސިނާ، ޑައެބެޓިކް އިންޑަސްޓްރީއާ ކީމޯތެރަޕީއަކީ ޔޫރަޕްގެ ގައުމުތަކަށް ފައިސާ ހަދައިދޭ މެޝިނެރީޒްތައް. ހޭއަރާކަށް ނުވޭތަ...؟؟؟
ކަރަން
11 June 2024
ބުނާނީކީ ނޫން ތިޔަ ނުޖަހާ ބޮޑުކަމު ނުދެވޭނެޔޭ.
ވެންގަބޯ
11 June 2024
އަނެއްކާވެސް ބައެއްގެ ފުރާނަ ދުއްވާލުމަށް ތައްޔާރު ވަނީ ދޯ ރައްޔިތުން ދެން ހަގީގަތް ނޭނގޭ އެއްޗެހިތައް ނުޖަހާތި