މެމްބަރު ރިޒާ: ޖޭއެސްސީގެ ރައީސް ކަމަށް އޭނާ މިއަދު ވަނީ އިންތިހާބު ކޮށްފައި --- ފޮޓޯ/މިހާރު
12 ޖޫން 2024 - 18:04
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސަކަށް ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެމްބަރު ހުސައިން ރިޒާ އިންތިހާބުކޮށްފި އެވެ.
މެމްބަރު ރިޒާއަކީ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅާފައި ހުންނަވާ މެމްބަރެވެ.
ޖޭއެސްސީން ބުނި ގޮތުގައި މެމްބަރު ރިޒާ އެ ކޮމިޝަންގެ ރައީސް ކަމަށް އިންތިހާބުކުރީ މިއަދެވެ.
ޖޭއެސްސީގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރާނީ އެ ކޮމިޝަންގެ މެމްބަރުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ. ޖޭއެސްސީގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވީ މަޖިލީހުން އެ ކޮމިޝަނަށް ކުރިން ކަނޑައަޅާފައި ހުންނެވި ތުޅާދޫ ދާއިރާގެ އޭރުގެ މެމްބަރު ހިސާން ހުސައިނެވެ.
ޖޭއެސްސީގެ ރައީސް ކަމަށް މިއަދު އިންތިހާބުކުރި މެމްބަރު ރިޒާއަކީ ކުރިން ކްރިމިނަލް ކޯޓުގެ އެޑްމިިނިސްޓްރޭޓާގެ މަގާމް ވެސް އަދާކުރެއްވި ބޭފުޅެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރުހަބ
13 June 2024
މަރުހަބާ ހުސައިން ރިޒާ
ދުމަށި
13 June 2024
ތިއީ ދެން ހަމަ ނަމެއްގައި އިންނަ މީހަކަށްވާނީ އަދުރޭ ހުރިހާ ނިންމުމެއް ނިންމާނީ.
ހުސެއިން ޝާމް
13 June 2024
މަނިކުފާނަށް އެގިލައްވާތޯ މަޖިލީހުން މަނިކުފާނު ބޮލުގަ ތިއަޅުވަނީ ކިހާ ބޮޑު ޒިންމާއެއްކަން.ފަޑިޔާރުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެންނަންޖެހޭ.އެބޭފުޅުން އެކުރާ މަސައްކަތް، އެނަގާ ރިސްކް އަކާއި އެއްވަރަކަށް ފަޑިޔާރުންނަކަށް މުސާރައާއި އިނާޔަތް ލިބިފަ ނުވޭ.އޮޑިޓަރ ޖެނެރަލް އާސުވާލު ކުރިޔަސް މިކަމަށް އެއްބަސްވާނެ .އަޅުގަނޑުމެން ޤާނޫނާ ޚިލާފު ވީމަ އެޤާނޫނާ އެއްގޮތަށް އެބޭފުޅުން ކަންތައް އެކުަރަނީ ރައްޔިތުމީހާއްށް ދެދުނިޔެެގެ ބާއްޖަވެރިކަމަށް.
ާކުޑަވަކީލު
12 June 2024
ސަރުކާރުގެ އަދި ޕާޓީގެ ނުފޫޒު ނެތި ޖުޑިޝަރީ ހަމަ މަގަށް އެޅުވުމަށް އެދެން. ޕާޓީގެ މީހުންނަށް ޖުޑިޝަރީގެ މަގާމުތައް ދިނުމުގެ ބަދަލުގަ ގާބިލު މީހުން ހޮވައިގެން ޖުޑިޝަރީ ރަނގަޅުކުރަންޖެހޭ. ސިޔާސީ މީހުންގެ ޖީބަށް ވެއްޓިގެން ފަނޑިޔާރުގެއަށް އައުން ނިމުމަކަށް ގެންނަންޖެހޭ. މީގެ ކުރިން ފެނުނީ ވަކި ބަޔަކު ނަގަން އިއުލާނުކޮށް ސިޔާސީން ބޭނުން މީހުން ލީތަން. ސިވިލް ކޯޓު އިސްލާހުކުރުން އަވަސްކޮށްދެއްވާ. ގައުމުގެ މަސްލަހަތު އެކޯޓާ ގުޅޭ
މަޢުލޫމާތު
12 June 2024
ކުރީގެ ގުރައިދޫ ދާއިރާގެ މެންބަރު ރިޒާގެ ކޮއްކޮ
ކޮރަލް
12 June 2024
ބޮޑެތި ކުއްވެރީން ހެކި ހުރެ މިނިވަން ކުރާ ފަނޑިޔާރުންގެ މައްސަލަ ބަލާ ވަޒީފާ އިން ވަކި ކުރަން ވީ އެވެ. އެއްވެސް މަގާމް އަކީ ދާއިމީ މަގާމް އެއް ނޫނެވެ.
އޮނަރަބްލް އަފީފު ދީދީ
12 June 2024
ދައުލަތުގެ 3 ބާރު މިނިވަންކޮށް ހިންގާންޖެހޭ ޑެމޮކްރަޓިކް ދައުލަތެއްގެ Judicial Service Commission ގައި "ސަރުކާރާއި މަޖިލީހުން އައްޔަންކުރާބަޔަކު ތިބެންޖެހޭނެކަމަށް ޤަބޫލުނުކުރާތީ" ރިޒާއަށް މަރުޙަބާދަންނަވާކަށް ނެތިން. # މިއަދު މިފަދަ ހުރިހާކަމެއް ކުރިމަތި މިވަނީ މިކަންކަން އިސްލާޙްކޮށް ރަގަޅުކުރުމަށް 2018 ގައި ދިވެހިރައްޔިތުން Maldivian Democratic Party ގެ ލީޑަރޝިޕަށް އިތުބާރުކޮށް ވެރިކަމާއި، މަޖިލިސް ސުޕަރމެޖޯރިޓީ ދިނުމުން އެމީހުން ޙިޔާނާތްވީމަ.