މެމްބަރު ހުސްނީ މުބާރިކް: ޖޭއެސްސީގެ ރައީސް ކަމަށް އޭނާ ވަނީ އިންތިހާބުކޮށްފައި --- ފޮޓޯ/މަޖިލިސް
29 އޮކްޓޯބަރ 2025 - 20:52
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އަލަށް ކަނޑައެޅި މަނަދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު ހުސްނީ މުބާރިކް އެ ކޮމިޝަނުގެ ރައީސް ކަމަށް މިއަދު އިންތިހާބުކޮށްފި އެވެ.
ޖޭއެސްސީން ބުނީ ކޮމިޝަނުގެ ގާނޫނުގައިވާ ގޮތުގެ މަތިން ކޮމިޝަނުގެ ރައީސަކު ހޮވުމަށްޓަކާ މިއަދު ބޭއްވި ޖަލްސާގައި ބައިވެރިވި މެމްބަރުންގެ މެދުގައި ނެގުނު ވޯޓުން އެ މަގާމަށް ހުސްނީ އައްޔަން ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ޖޭއެސްސީގެ މެމްބަރުގެ މަގާމަށް ހުސްނީ އައްޔަން ކުރައްވައި، އޭނާއަށް މަގާމުގެ ފަތްކޮޅު އެރުވީ ވެސް މިއަދެވެ.
މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު ކަމުގައި މިއަދާ ހަމައަށް ހުންނެވި ހުސްނީ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖޭއެސްސީއަށް އައްޔަންކުރީ ކުރިން އެ މަގާމުގައި ހުންނެވި މާފުށީ ދާއިރާގެ މެމްބަރު ހުސައިން ރިޒާ އިސްތިއުފާ ދެއްވުމުންނެވެ.
ހުސްނީ ވަނީ ޖޭއެސްސީއަށް އައްޔަން ކުރެއްވުމާއެކު ޖުޑީޝަރީ ކޮމިޓީން އިސްތިއުފާ ދެއްވައިފަ އެވެ.
ޖޭއެސްސީން ރިޒާ އިސްތިއުފާ ދެއްވިއިރު، ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ވެސް ދާދިފަހުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އެހެންވެ، ނައިބު ރައީސަކަށް އިންތިހާބުކުރީ ޖޭއެސްސީގައި ރައީސްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ޔަޒްމީދު މުހައްމަދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަތްދައްތަ
30 October 2025
މައުމޫނަށްފަހު ދެން މިއައި ވެރިކަން ތަކުގައި ޖުޑީޝަރީ އިޞްލާޙު ކުރުމުގެ ވާހަކައަކީ ރިޔާސީ ވަޢުދުނާމާގައި ހިމެނޭ އެންމެ މުހިންމު އެންމެ އަސާސީ އެއްކަންތައް. ޖުޑީޝަރީ މިނިވަންވުމަކީ ރައްޔިތުން އެކަމަށް އެންމެ ބޮޑަށް އެދޭ ކަންތައް. ނަމަވެސް އަދާހަމައަށްވެސް ތިޔަ ޖުޑީޝަރީއެއް މިނިވަންވި ކަމަށް ނުވި. ފަހެ މިކަމަށް އޮތް ބޭހެއް ފަރުވާއެއް ނެތީހެއްޔެވެ؟ މިރައީސްވެ ހުވައި ކުރިދުވަހު ބުނި ޖުޑީޝަރީއަށް ނުފޫޒެއް ނުފޯރުވާނަމޭ. ނަމަވެސް ބަލާބަލަ ކަން ހިނގާގޮތް
ހުސަ
30 October 2025
ހެޔޮނުވާނެ ކޯޓްތައްތެރެއަށް ވަދެގެން އުޅޭ "ވަގުން" "ކޮރަޕްޓް" މީހުން ހޯދާ ބޭރުކުރެވޭތޯ ބަލާލަ ދެއްވާ! މި ދެންނެވި "ކޮރަޕްޓް ވަގުން" ނާ ހެދި ބޮޑެތި މައްސަލަތައް ހަމަ ފަނުފުލުން ދަނީ! ގަސްތުގަ ފަނުފުލުން އެބަދުއްވާލާ ދިފާޢީ ވަކީލުން އަދި ހައްޔަރުގައި ތިބޭ ގޭންގު، މަސްތުވާތަކެތި، ވިޔަފާރިވެރިން، ސިޔާސީ މީހުންނާއި ގުޅިގެން ފައިސާގެ ދަހިވެތިކަމުގައި! މިވާހަކަތައް ދައްކާ މީހުންނަށް މިމީހުން ބިރުދައްކަނީ ކޯޓްތަކުގެ ހުރުމަތޭ ކިޔައިގެން!
ޑެބީ
30 October 2025
ކޯޓުތަކާއި ފނޑިޔާރުންގެ ކަންކަން ބަލާ ކޮމިޝަންގެ ރައީސްއަކީ ވެރިކަންކުރާ ޕާޓީގެ މީހެއް. ނައިބަކީ ރައީސުލް ޖުމްހޫރިއްޔާގެ މެންބަރެއް. އެހެންވީމަ ތިކޮމިޝަން ލައްކަ މިނިވަންވާނެ
ހަސަން މުނީރު
30 October 2025
މަރުހަބާ އާއި ތަހްނިޔާ
ޖަލީލާ
29 October 2025
މިއޮތީވާ ގައުމެއް. ސިފައިންގެ ވަޒީފާއަށް ފިލައިގެން މީނާ ހޯދަން އިއުލާނު ކުރި ހަދާންވޭ. ދުނިޔޭގެ ގައުމުތަކުގަ އެންމެބޮޑު އެއް ކުށަކީ އަސްކަރިއްޔާއަށް ފިލުން. އެކަމަކު ރާއްޖޭގަ އެހުރީ ފަޑިޔާރުންގެ ކަންކަން ބަލަން ރައީސްކަމުގަ.
ރަދީފްއޮފިޝަލް /
29 October 2025
ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރާކަށް ނުވޭތަ؟؟ ޕީއެންސީގެ މެޖޯރިޓީ އޮތް މަޖްލިހެއް އޮތް ހިނދު މިކަން ލަސްކުރާނަމަ އިހްލާސްތެރިކަމެއް ނެތްކަން ހާމަވޭ.ވ.ވެދުން
މަނިކުފާނުގެދޫފުޅު
30 October 2025
ކޮންމެ ބަޔަކުވެސް އިދިކޮޅުގަ ތިބޭއިރު ކަންކަން އިސްލާޙުކުރަން ގޮވާނެ. އެކަމަކު ސަރުކާރު ހިންގަން ލިބި ހުރިހާ ބާރުތަކެއް އަތްމައްޗަށް އެރީމަ އެއްކަމެއްވެސް ރަނގަޅު ކުރާކަށް ނޫޅޭނެ. ބަލާނީ އަދިވެސް އިތުރު ބާރުތައް މުށުތެރެއަށް ލެވޭތޯ. ދެން ކޮބާތަ އިޚުލާޞްތެރިކަމަކީ؟