ދިވެހި ސިފައިންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް މިއަދު ފައިސާ ހަވާލު ކުރަނީ.
12 ޖޫން 2024 - 18:55
ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި ޕީއެސްއެމުން މިހާރު ކުރިއަށް ގެންދާ ޓެލެތޯން އަށް ދިވެހި ސިފައިންގެ ފަރާތުން 2.1 މިލިއަން ރުފިޔާ މިއަދު ހަދިޔާކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަކަށް މިއަދުގެ ހެނދުނު 8 އިން މިރޭ ދަންވަރު 12 އަށް ކުރިއަށް ގެންދާ ޓެލެތޯންގައި އެ ފައިސާގެ "ރަމްޒީ ބޯޑު" ޕީއެސްއެމްގެ އިސްވެރިންނާ ހަވާލު ކޮށްދެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނެވެ.
މިއީ މިހާތަނަށް މި ޓެލެތޯން އަށް އެއްފަރާތަކުން ހަދިޔާކުރި އެންމެ ބޮޑު އަދަދެވެ.
ޕީއެސްއެމްގެ ސްޓޫޑިއޯގައި ބޭއްވި އެ ހަފުލާގައި ޗީފް އޮފް ޑިފެންސް ފޯސް އިބްރާހިމް ހިލްމީ އާއި އެހެން ބައެއް އިސް އޮފިސަރުން ބައިވެރިވެވަޑައިގަތެވެ.
އެމްއެންޑީއެފުގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް މިއަދު ފައިސާ ހަވާލު ކުރުމަށް ފަހު، މިނިސްޓަރު ޣައްސާން އާއި ޗީފް ހިލްމީ ވައިސް ޗީފް ބައެއް މައުލޫމާތު މީޑިއާއާ ހިއްސާ ކުރައްވަނީ.
ދައުލަތުގެ ބައެއް އިދާރާތަކާއި ކުންފުނިތަކުގެ އިތުރުން އާންމުން ވެސް އަންނަނީ ޕީއެސްއެމްގެ ޓެލެތޯން ހަރަކާތުގައި ގުޅި މިއަދު ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އެހީއެއް މިހާތަނަށް ވީ ސްޓެލްކޯ އިންނެވެ. އެ ކުންފުނިން ފަސް ލައްކަ ރުފިޔާ ހަދިޔާކުރި އެވެ. އަދި އެއް އާއިލާއަކުން 50،000ރ. ވެސް ހަދިޔާކުރި އެވެ.
މިދިޔަ 11 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ ރައްޔިތުންނަށް 8 މިލިއަނާ ގާތްކުރާ އަދަދަކަށް ވަނީ ފައިސާ ހަދިޔާކޮށްފަ އެވެ.
ފަލަސްތީނަށް އެހީވުމަށް ހިންގާ ޓެލެތޯންގައި މިއަދުގެ އިރުއޮއްސެންދެން 13 ފަންޑު ފޮށި މާލޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓި އެވެ. އަދި ޕީއެސްއެމްގެ ގޯތިތެރޭގައި ބެހެއްޓި ފޮއްޓަށް މިރޭ 10 ޖަހަންދެން ވެސް ފައިސާ ލެވޭނެ އެވެ. އޭގެ އިތުރުން ފޮށިތައް ކައިރިއަށް ނުދެވޭ މީހުން ދިވެހި ފައިސާއިން ނަމަ 7730000655865 އެކައުންޓަށް އަދި ޑޮލަރުން ނަމަ 7730000655866 އެކައުންޓަށް ޖަމާކުރެވޭނެ ކަމަށް ޕީއެސްއެމުން ބުންޏެވެ.
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު މިއަދު ވިދާޅުވީ، ޓެލެތޯން އޮޑިޓް ކުރާނެ ކަމަށާއި އެ ހަރަކާތުން ލިބޭ ފައިސާ އޭގެ ހައްގުވެރިންނާ ހަމައަށް ފޯރާނެ ކަން ޔަގީން ކުރާނެ ކަމަށެވެ. މިނިވަން އޮޑިޓަރެއްގެ ގޮތުގައި ހަމަޖެއްސީ "ކްރޯ މޯލްޑިވްސް" ކަމަށް އޭނާ ވިދާޅުވި އެވެ.
ޒީނާ ވިދާޅުވި ގޮތުގައި ފަލަސްތީނުގެ ރައްޔިތުންނަށް ފައިސާ ދޭނީ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ) މެދުވެރިކޮށް ކަމަށެވެ.
"އެންމެ ފުރަތަމަ އަޅުގަނޑުމެން މި ފައިސާ ހަވާލުކުރާނީ ފޮރިން މިނިސްޓްރީ އަށް، ފޮރިން މިނިސްޓްރީން އަންރުއާއާ ހަވާލު ކުރާނީ،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެއިން ޝާމް
13 June 2024
ޢައްސާނު މައުމޫނު އަބުދުލް ޤައްޔޫމަކީ އެމަނިކުފާނުގެ ބައްޕާފުޅާ މަންމާފުޅު ދެކެ ވަރަށް ލޯބިވާ ވަރަށް ރަގަޅު ބޭފުޅެކެވެ.އަޅުގަނޑު އެންމެ ބޮޑަށް ފާހަގަ ކުރާ އެއްކަމަކީ އެމަނިކުފާނު ބައްޕާފުޅު ދޫނިދޫގަ އޮތް އިރުޙާލު ބައްލަވަން މަނިކުފާނު ދޫނިދޫ އަށް ވަޑައިގަތް ގަތް ޤަތުމެވެ.ޙަސަދަ ވެރިވުމަކީ ނުބައިކަމެއްކަން އެގޭ ނަމަވެސް މުނާފިޤުންނަކީ ކޮބައިކަން ނޭގެޭ ޢާޢިލާތައް ބައި ބައިކޮށް މިކަންތައް ކުރާ ބޔަކު އުޅެނީ.ހަތް އުޑުމަތިން ﷲވޮޑިގެންވާ ކަން އެގިތިބެ.
ތުނޑުހަސަނު
13 June 2024
ކަމެއް ނުކޮށް މުސާރަނަގައޭ ކިޔާއިރު ޙަގީގަތެއް ނޭނގޭދޯ. ފުރާނަ ގުރުބާންކުރަން ހުވާކޮށްގެން ތިބި ބަޔަކު އެނޫނީ ނެތް މިގައުމުގައި. އަހަރެމެންނަށް ބޮޑުވާ ކޮންމެ ކަމެއްގައި އެމީހުންގެ އެހީ ލިބޭ. މުސާރައާ އިނާޔަތާ ބަނޑުހަނޑުލާ ބޯފޮޅިއާ ދެން ވެސް ޖެހުނު އެއްޗެއް ވެސް ދީގެން ރަނގަޅު މީހުން ބައިތިއްބަންޖެހޭ ތަނެއް އެއީ.
8000
13 June 2024
ތީ މާކުރީގެ މުސްކުޅި ސްޓޯރީއެއްބުރޯ.
ގިރުނބާގުއަލީ
13 June 2024
ފުރާނަ ގުރުބާން ކުރާނެ ކޮންމެ ދިވެއްސަކުވެސް އެހާލަތަށް ގައުމު ދިޔާމަ. ކޮންމެހެން ހުވާތަކެއްނުކުރިޔަސް އަހަރުމެންވެސް ގައުމުދެކެ ލޯބިވޭ
ޖެނޮސައިޑް. ގަތުލްއާމް. މީހުންމެރުން.
13 June 2024
ދުރައްޖެހިލާފަ ވިސްނާލަބަލަ. ތިފައިސާ ކޮޅަކީ ފެންތިއްކަކައްވެސް ނުވާނެ. މީގެ ވިއްސަކައް ޢަހަރު ކުރިން، އެދުވަހުގެ ކުރިމަތިލުމުގާ ލިބިނު ގެއްލުމައްފަހު، ފަލަސްތީން އާރާސްތު ކުރުމައް 5 ބިލިއަން ޑޮލަރު، އެކިގޮތްގޮތައް އެކިމީސްމީހުން ހަދިޔާކުރި. ދެއަހަރު ނުވަނީސް ހަގުރާމަ އަލުން ހުޅުހިފި، ކުރިހުރިހާކަމެއް ދިޔައީ ޗޮކުހުން. ފައިސާ ހަރަދުކުރަންވީ އިންސާނިއްޔަތު ކަމައް. ވަކި ދީނަކައް ވީމަކާ ނޫން. މިދޔަ ވިހި އަހަރު އިރާގް ގަ މަރުވި މީހުން މާގިނަ!
ހަމަ ބުނެލީ ދެން.
13 June 2024
ކޮބާ މިޤައުމުގެ މުއްސަދިން. ނަގާ ކިޔާ މުއްސަނދި ކުންފުނި ތައް. އެކަމަކު ފަލަސްތީނުގެ ހައްޤުގަ ޔޯ.....
ސަލީމު އިދުރީސް
13 June 2024
ތާޅަނާނެ ގޮތަކައް ތަޅައް ބޮޑު ބަޗެޓެއް ދީފަ އޮތީމަ ތިހެންވަނީ ތީގެން އެގެނީ ފުދި އިތުވެއްޖެކަން
ާއަލިމޯޑު
12 June 2024
ސިފައިންނަކީ ކަމެއް ނުކޮށް ބޮޑު މުސާރަ ނަގާ ބައެކޭ ބުނާއިރު އިހަށް ދުވަހު މިޔަރު ހަމަލާ ދީގެން ނިޔާވި ސިފައިންގެ މީހާގެ މަންމަ އާއި ދިމާނުވާތާ އަހަރަކަށް ވުރެ ގިނަދުވަސް ވެފަ އަމިއްލަ ރަށަށް ނުދެވޭތާ 4 އަހަރު!! އުފަން ރަށާއި އާއިލާ ދޫކޮށް މާލޭގަ އެއް ޓްރޭނިންގ ނިންމާފަ އަނެއް ޓްރޭނިންގަށް ދާނީ. އެހެން މީހުން މިއޮންނަނީ މިއަދު ވަޒީފާއަށް ދާހިތް ނުވީމަ ސަލާން ބުނަނީ. އީދު ޗުއްޓީއަށް ސަލާން.
ފުލުސް
12 June 2024
މާދަމާ ފުލުހުން ވެސް ދޭނެ ގާތްގަނޑަކަށް ތިހައިވަރު.
އޮޑިހަނު
12 June 2024
މިއުޅެނީ ބޭންކު އެކައުންޓަށް ޖަމާ ނުވެގެން. ގައިމު އެހެން އެކައުންޓުތަކަށް ޖަމާވެފަ ކީއްވެހޭ ވަކި މިއެކައުންޓަށް ބްލޮކުވަނީ؟؟؟ މިރޭ އެއްކޮށް މިހެން... ކީއްވެހޭ؟
އަހަންމާ.
12 June 2024
ދިވެހި ރާއްޖޭގައި، ކިޑްނީ ބަދަލުކުރުމުގެ އެކިއެކި ބޮޑެތި ބަލިތަށް ތަހައްމަލް ކުރަމުން ބޭސް ކުރެވޭނެ ފަދަ ނެތި ،މަރާ ހަގުރާމަ ކުރަމުންދާ ގިނައަދަދެއްގެ ދިވެހިން ތިބި އިރު، އަދި ވާރެޔާ ހިޔާނުވާ ގޭގޭގައި ރަށްރަށުގައި އުޅޭ ނިކަމެތި ދިވެހިންނަށް ފުރަތަމަ އިސްކަން ދިނުން މާމުހިންމު.....
ވެންގަބޯ
12 June 2024
ފަލަސްޠީނުގެ ހައްގުގައި ދިވެހިން މިތިބީއެވެ ކޮންމެ ކަމެއް ކުރަންޖެހުނަސް ތައްޔާރު ފަލަސްޠީނުގެ ރައްޔިތުން ނާއި މަސްޖިދުލް އަޤްޞާގެ ދިފާއުގައި ލޭބޯ އިސްރާއީލާ ހަނގުރާމަ ކުރަން ޖެހުނު ކަމުގައިވިއަސް ތައްޔާރު. ލޭބޯ އިސްރާއީލުން ރާއްޖެއަށް އެތެރެވެވިގެން ނުވާނެ ލޭބޯ އިސްރާއީލުގެ މީހުން އެތެރެ ވެވިގެން ނުވާނެއެވެ