މި އަހަރު ހައްޖުގެ އަޅުކަން އަދާކުރި މީހަކު އިއްޔެ ވަދާއުގެ ތަވާފް ކުރުމަށް ފަހު ޒިކުރު ކުރުމުގައި: މި އަހަރު އަޅުކަމުގެ ތެރޭގައި ވަނީ ގަދަ ހޫނުގެ ސަބަބުން އެތައް ބަޔަކު މަރުވެފައި. -- ފޮޓޯ: އޭއެފްޕީ
19 ޖޫން 2024 - 22:03
މި އަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރޭގައި މަރުވި މީހުންގެ އަދަދު 900 އިން މައްޗަށް ހިނގައްޖެ އެވެ.
މައްކާގައި 51.8 ޑިގްރީ ސެލްސިއެސް އަށް މި ދުވަސްވަރު ހޫނުމިން މައްޗަށް ގޮސްފައި ވާއިރު، މަރުވި މީހުންގެ ތެރޭގައި ހޫނުގެ ސަބަބުން ސިއްހީ އެކި މައްސަލަތައް ދިމާވި މީހުން ގިނަ އެވެ.
ކުޅަދާނަކަން ލިބިގެންވާ ކޮންމެ މުސްލިމަކު އުމުރުން އެއް ފަހަރު އަދާކުރަންޖެހޭ ހައްޖުގެ އަޅުކަމަށް މި އަހަރު 1.8 މިލިއަން މީހުން މައްކާއަށް ޖަމާވި އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މައްކާއަށް ޖަމާވި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި ބަލި ހާލު ބޮޑު މީހުން ގިނަ ނަމަވެސް މި ގަދަ ހޫނުގައި ވެސް އަޅުކަން ފުރިހަމަކުރުމުގައި އެ މީހުން ބައިވެރިވި އެވެ.
ސައޫދީން މިދިޔަ މަހު ޝާއިއުކުރި ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި މައްކާ ސަރަހައްދުގެ ހޫނުމިން ކޮންމެ 10 އަހަރަކުން 0.4 ޑިގްރީ ސެލްސިއެސް އަށް މަތިވެ އެވެ.
އަރަބި ޑިޕްލޮމެޓަކު އޭއެފްޕީ އަށް ވިދާޅުވި ގޮތުގައި ހައްޖުގެ އަޅުކަމުގެ ތެރޭގައި މަރުވި މިސްރު މީހުންގެ އަދަދު މީގެ އެއް ދުވަސް ކުރިން 300 ގައި ހުރުމަށް ފަހު މިހާރު ވަނި 600 އިން އަށް އަރައިފަ އެވެ. މި އަދަދާ އެކު މަރުވި މީހުންގެ ޖުމްލަ އަދަދު 922 އަށް އަރާ ކަމަށް އޭއެފްޕީ އަށް އެކި ގައުމުތަކުން ދީފައިވާ ހިސާބުތަކުން ދައްކަ އެވެ.
ހައްޖާޖީން އަޅުކަން ފުރިހަމަކުރަމުން ދާއިރު ސަލާމަތީ އޮފިޝަލެއް ބަލަހައްޓައިގެން. -- ފޮޓޯ: އޭއެފްޕީ
ގިނަ އަދަދެއްގެ މީހުން މަރުވެފައި ވާއިރު ވީނުވީއެއް ނޭނގިފައިވާ މީހުން ވެސް ގިނަ އެވެ. އަޅުކަމުގެ ތެރޭގައި މަރުވި ވަރަށް ގިނަ މީހުންނަކީ ހައްޖަށް ދިއުމަށް ނަގަންޖެހޭ ހުއްދަތައް ނުނަގައި، ރަޖިސްޓްރީ ނުކޮށް އުޅޭތީ ހައްޖާޖީންނަށް ފޯރުކޮށްދީފައިވާ ފަސޭހަ ވަސީލަތްތަކުގެ ބޭނުން ވެސް ނުކުރެވޭ މީހުންނަށް ވާތީ އެފަދަ މީހަކަށް ކަމެއް ދިމާވެއްޖެ ނަމަ އެއީ ކާކުކަން ދެނެގަތުން ވެސް ސައޫދީގެ ރަސްމީ އިދާރާތަކަށް އޮންނަނީ ދަތި ކަމަކަށް ވެފަ އެވެ.
ގެއްލިފައިވާ ހައްޖާޖީން ހޯދަން، އާއިލާތަކުން ހޮސްޕިޓަލްތަކާއި ކްލިނިކްތައް ބަލަމުން ދާއިރު ސޯޝަލް މީޑިއާގައި ވެސް ފޮޓޯ އާންމުކޮށް އެއްވެސް މީހަކަށް އެއިން ހައްޖާޖީއަކު ފެނިފައިވޭތޯ އަހައި އެހީއަށް ދަނީ އެދެމުންނެވެ.
މިދިޔަ އަހަރު ހައްޖުގެ އަޅުކަމުގެ ތެރޭގައި 200 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. މީގެ ތެރޭގައި ގިނައީ އިންޑޮނީޝިއާ މީހުންނެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރުގާ
20 June 2024
ޔާރައްބީ... ތިވަރުވާނެކަން އިނގޭއިރުވެސް ކީއްވެތަ އެހާ ގިނަ ދުވަސްވީ މީހުން ހައްޖައްދާން ހުއްދަދިނީ... ؟؟! ވަރައް ބޮޑު އިހުމާލެއް
މަރުވަމުންވެސް ސުވަރުގެ
20 June 2024
ﷲ ގެ ރަޙުމަތަށް ދަތުރު ކުރުމަށް ދެވޭ ހުއްދައިގަ އޮންނާނީ ކޮން އިހުމާލެއްބާ! މިއަށްވުރެ ބޮޑު ނަސީބެއް ކޮބާ! މި ނަސީބުން މަހުރޫމުތޯ ކުރަންވީ!
ޓިކުޓޮކު ރާއްޖެ
21 June 2024
الإسلام دين مزيف اخترعه إرهابي شاذ للأطفال.
އަކޫއަލީ
20 June 2024
އެންމެނަށް ސުއްވަރުގެ ދެއްވާށި