ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖް އިނގިރޭސި ވިލާތުން މިނިވަންކުރުމާ އެކު ފުރަން ގޮސް އެއާޕޯޓްގައި. -- ފޮޓޯ: ވިކިލީކްސް
25 ޖޫން 2024 - 07:23
އެމެރިކާގެ އަސްކަރީ ސިއްރުތައް ލީކްކުރި ކަމުގެ ތުހުމަތަށް އެމެރިކާއިން ހައްޔަރުކުރަން ބޭނުންވާތީ އިނގިރޭސި ވިލާތުން ބަންދުގައި ބަހައްޓައިގެން އުޅުނު ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖް އެމެރިކާއާ އެކު ޑީލެއް ހަދަން އެއްބަސްވުމުން ފަސް އަހަރު ފަހުން ބަންދުން ދޫކޮށްލައިފި އެވެ.
ވިކިލީކްސް އިން ހާމަކޮށްފައިވާ ގޮތުގައި އޮސްޓްރޭލިއާ މީހެއް ކަމަށްވާ އަސާންޖް މިނިވަންކުރުމާ އެކު މިހާރު ވަނީ އިނގިރޭސި ވިލާތުން ފުރައިފަ އެވެ.
ކޯޓުގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އަސާންޖް މިނިވަންކުރީ އެމެރިކާއިން އޭނާއަށް ކުރާ ތުހުމަތުތަކުގެ ތެރެއިން އެންމެ ތުހުމަތަކަށް އިއުތިރާފްވާ ގޮތަށެވެ. މިގޮތަށް އަސާން އެއްބަސްވާނީ ޕެސިފިކްގައި އޮންނަ އެމެރިކާގެ ރަށެއް ކަމަށްވާ ނޮދަން މެރިއާނާ އައިލެންޑްސްގެ ކޯޓަށް ހުށަހަޅާ ދައުވާގަ އެވެ.
އަސާންޖް މިިގޮތަށް އެއްބަސްވުމުން އޭނާގެ މައްޗަށް 62 މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބެލެވެ އެވެ. މިއީ ފަސް އަހަރުގެ މުއްދަތެއް ކަމަށްވާއިރު އިނގިރޭސި ވިލާތުގެ ޖަލުގައި އަސާންޖް ހޭދަކުރި ފަސް އަހަރުގެ މުއްދަތު އަދަބުން އުނިވާ ގޮތަށް އެމެރިކާއާ އެކު އެއްބަސްވެފައި ވާތީ ހުކުމަށް ފަހު ވެސް އަސާންޖް މިނިވަނެއްގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެ އެވެ.
އަސާންޖް އޭޕްރީލް 2019 އިން ފެށިގެން ހުރީ އިނގިރޭސި ވިލާތުގެ ބެލްމާޝް ހައި ސެކިއުރިޓީ ޖަލުގަ އެވެ.
އަސާންޖް ހައްޔަރުކޮށް ދައުވާއުފުލަން އޭނާ އެމެރިކާއިން ބޭނުންވީ 2010 ވަނަ އަހަރުން ފެށިގެން ވިކިލީކްސްގައި ޝާއިއުކުރި އެމެރިކާގެ ސިއްރު އެތައް ހާސް ލިޔުންތަކެއްގެ މައްސަލައިގަ އެވެ. އެކަމަކު މި ހެދި ޕްލީ ބާގެއިން އެއްބަސްވުމާ އެކު 14 އަހަރުގެ "ކޯޓު ޑްރާމާ" ނިމުމަކަށް އައީ ކަމަށް ބެލެވެ އެވެ.
އެމެރިކާއާ ހަވާލު ނުވެ ކޯޓުގައި ކުރި ހަނގުރާމައިގައި އަސާންޖް ވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވަކާލާތުކުރާ މީހުންގެ ބަތަލަކަށްވެފަ އެވެ. އަނެއްކޮޅުން، އެމެރިކާގެ ގައުމީ ސަލާމަތާ މެދު ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކާ މީހުންނަށް އަސާންޖް ވެފައިވަނީ ނުރައްކާތެރި މީހަކަށެވެ. އަސާންޖް ވަނީ އެމެރިކާއިން އިރާގާއި އަފްޣާނިސްތާނުގައި ކުރި ހަނގުރާމައިގެ އެތައް ސިއްރެއް ދުނިޔެއަށް ހާމަކޮށް އެމެރިކާގެ ޖަރީމާތައް ފަޅާއަރުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއައައަ
25 June 2024
ޢަސާންޖްގެ ލީކް ތަކުގެ ސަބަބުން އެތައްސަތޭކަ މުސްލުމުން މަރުވި! އެވެސް އޯކޭތޯ؟
ރަދީފްއޮފިޝަލް
26 June 2024
ކޮބާ ތިޔަ ކްލެއިމްގެ ހެއްކަކީ؟؟ ފެކްޓާއެކީ ކޮމެންޓް ލިޔެބަލަ ބްރަދާ. ވ.ވެދުން
މަރައްކާރު
25 June 2024
އަދިވެސް ޑީލު ހެދިގޮތަށް އުތަ؟
ރަދީފްއޮފިޝަލް
25 June 2024
މަރުހަބާ ބްރަދާ.މިނިވަން ހިޔާލުގެ ''އައިކަން'' އެއްގެ ގޮތުގަ ލޭބަލް ކުރެވިފަިއވާ އަސާންޖަށް ވަނީ ކިތަންމެ އަނިޔާއެއް ލިބިފަ. އަދިވެސް ފަހަތަށް ނުޖެހި އެމެރިކާ ގިއްގަޅުވާލުމަށް ގޮވާލަން.ވ.ވ.ވެދުން
ރިބަން
25 June 2024
މިނިވން ޚިޔާލުގެ އައިކަންއެއް ނޫން. ފޯކަސް ތި ގެއްލުވާލީ. އެއީ "ޓްރާންސްޕޭރެންސީ އައިކޯން".