ޚަބަރު

ބަކާ ނިޔާވީ ރާއްޖެއިން އަލަށް ފެނުނުު މެނިންގޯކޮކަލް ބަލީގައި

ބަކާ ސާފް ސުޒުކީ ކަޕްގެ ތަށި ހިފައިގެން.-- ފޮޓޯ: އެފްއޭއެމް

ރާއްޖޭގެ ކުޅަދާނަ ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) މިއަދު ނިޔާވީ ރާއްޖެ އިން އަލަށް ފެނުނު، ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ އިންވޭސިވް މެނިންގޯކޮކަލް ބަލީގައި ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ރަަސްމީކޮށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިކަން އަދި ކަށަވަރު ނުކޮށްދިނަސް އެތަނުގެ އޮފިޝަލަކު ވިދާޅުވީ ހައްޖުގެ އަޅުކަމަށް ފަހު ރާއްޖެ އައި މީހެއްގެ ފަރާތުން އެ ބަލި ފެނިފައިވާ ކަމަށެވެ.

އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ބަކާ، 38، މިއަދު ނިޔާވީ ހައްޖު ދަތުރު ނިންމައި، މީގެ ތިން ދުވަސް ކުރިން ރާއްޖެ އައި ތަނާ ގަދަ ހުމެއް ޖެހި، ހާލު ސީރިއަސްވެގެންނެވެ.

ބަކާ ހައްޖުގެ އަޅުކަމަށް ދިޔައީ ސައޫދީ ރަސްގެފާނުގެ ހަރަދުގައި ރާއްޖެ އިން މި އަހަރު ގެންދިޔަ ގުރޫޕުގައި ހިމެނިގެންނެވެ.

އެނގިފައިވާ ގޮތުގައި، ބަކާގެ ބަލި ދެނެގަނެވުމުން އައިސީޔޫގައި އެޑްމިޓުކޮށްފައި ތިބި އެހެން ބަލި މީހުން ވެސް ވަނީ އެ ތަނުން ނެރެ، ކޮޓަރިއަށް ބަދަލުކޮށްފަ އެވެ.

އެޗްޕީއޭގެ އޮފިޝަލް ކަށަވަރުކޮށްދެއްވި ގޮތުގައި، އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނުމުން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މިއީ، އާންމު ގޮތެއްގައި, ބެކްޓީރީއަލް އިންފެކްޝަނަކުން ސިކުންޑި އާއި ސްޕައިނަލް ކޯޑުގެ މެމްބްރެއިން އަށް ޖެހޭ ބައްޔެކެވެ. އެކަމަކު ވައިރަލް ނުވަތަ ފަންގަލް އިންފެކްޝަނުން ވެސް ބަލި ޖެހިދާނެ އެވެ.

މި ބަލީގެ ނުރައްކާ، ބަލި ޖެހިފައިވާ މީހާއާ އެންމެ ގާތްކޮށް އުޅޭ މީހުންނަށް ބޮޑެވެ. އެ ބަލީގެ އަލާމަތްތައް ފެންނާނީ ބަލި ޖެހޭތާ 1-10 ދުވަހާ ދޭތެރޭގަ އެވެ. އަދި އެ ބަލި ޖެހުމުން ކުއްލިއަކަށް މީހާގެ ހާލަތު ގޯސްވެ އެވެ.

އިންވޭސިވް މެނިންގޯކޮކަލް ބަލީގެ އަލާމަތްތައް

- ހުންއައުން

- ބޮލުގައި ރިއްސުން

- ކަނދުރާ ވާންވުން

- މޭނުބައިކޮށް ހޮޑުލެވުން

- ވާނުވާ ނޭނގޭ ގޮތްވުން

- ގައިގައި ރަތް ބިހި/ ލައްތަކެއް ނެގުން

- ފިޓުޖެހުން

- އަލި ގަދަވުމުން އުނދަގޫވުން

- ވަރުދެރަވުން

- ނޭވާ އަވަސްވުން

މެނިންޖައިޓިސް ވެކްސިން ޖެހުމުން އެ ބަލިން ރައްކާތެރިކޮށްދީ،. ހަށިގަނޑުގެ ދިފާއީ ބާރު އުފެއްދުމަށް ގާތްގަނޑަކަށް ދެ ހަފްތާ ނަގަ އެވެ. އެހެންވެ، ހައްޖު އަދި އުމްރާއަށް ފުރާ މީހުން ވެސް މަދުވެގެންދެ ހަފްތާ ކުރިން އެ ވެކްސިން ޖެހުން ރައްކާތެރި އެވެ.

19 ކޮމެންޓް, 48 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 90%
icon angry icon angry 4%
icon wow icon wow 2%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަމަރޭ

26 June 2024

1997-1998ގައި ވެސް ތިޔަ ބަލީގެ ކޭސްތައް އުޅުނު... އަމިއްލަ ގޮތުންވެސް އެކަން އެނގިފަ ހުރީމަ ހަމަ ބުނެލީ.. ނިސްބަތުން މަދު ކަމަށް ބުނެވިދާނެ.. އެކަމަކު އަލަށޭ ނޫނީ ކުރިން ނުފެނެޔޭ ބުނާ ބުނުން ގޯސް ވާހަކައެއް އެއީ.. ތަފާތަކީ ފަހަކަށް އައިސް އުމްރާވެރިން އަދި ހައްޖުވެރިންގެ ދަތުރުތަކަށް ފަހު އެކި ބާވަތް ބާވަތުގެ ބަލިތަކާ ގައިންގަޔަށް ފަސޭހައިން އަރާ ބަލިތައް ފެތުރޭކަން..

The name is already taken The name is available. Register?

ޑޮކްޓަރމޮންރޯ މަސީހު އާރު އެމްޕީ

26 June 2024

މެނިންޖައިޓިސްއަކީ ރާއްޖޭން އަލަށް ފެނުނު ބައްޔެއްނޫން. 1982 ގައި މާލޭ ގަވަރމެންޓް ހޮސްޕިޓަލްގައި މެނިންޖައިޓިސް ޖެހިގެން ކުޑަކުއްޖަކު މަރުވެފައިވޭ. އެކިދުވަސްވަރު މަދުމަދުން ފެންނަ ބައްޔެއް. މެނިންޖައިޓިސް ވެކްސިންވެސް ވަރަށްކުރީއްސުރެ ކުޑަކުދިންނަށް ދެމުން އަންނަނީ.

The name is already taken The name is available. Register?

އހ...

26 June 2024

ކޮވިޑުވެކްސިނުގެ ސަބަބުން އެކްޓިވު ވައިރަސް ވެކްސިންތައް ޖެހުމުން އެ ވެކްސިނުގަ އިންނަވައިރަސް އެކްޓިއުވެ އެ ބައްޔަށް ހުށައެޅޭކަމަށް ތަޖުރިބާ ކާރުން ބުނަން ފަށާފި ތަނީޖާއަކީ މިނިންޖައިޓަސް ވެކްސިން ނޫނަސް އެހެން އެކްޓިވް ލައިވް ވައިރަސް އިން ވެކްސިންތަކުގައި ހުންނަށް ވައިރަސް ހަށިގަނޑަށް ވެތުރެން މަގުފަހިވެ.

The name is already taken The name is available. Register?

ފރ

25 June 2024

އެޗް ޕީ އޭ އަކީ މުސީބާތެއް

The name is already taken The name is available. Register?

ޖުލައި2021

25 June 2024

ކޮންޓެކްޓެ ޓުރޭސްކޮށް ނިމި ކޮންޓެކްޓްސް އައިސޮލޭޓް ކުރެވެންދެން ސުކޫލްތަކާ ކޮލޭޖްތަށް އަދި އޮފީސްތަށް ވަގުތީގތުން ބަންދުކޮށްދިނުމަށް އެދެން. އެޗްޕީއޭ ކޮބާ. އަދިވެސް ބަހެއްނުބުނޭ

The name is already taken The name is available. Register?

ބަލަމާ

25 June 2024

ހަައްޖުވެރިން ފުރުމުގެ ކުރިން ވެކްސިން ފުރިހަމަ ކުރިތޯ..

The name is already taken The name is available. Register?

ބީ-ބީ

25 June 2024

ތިޔަ ބަލީގެ ވެކްސިން ހައްޖާ އުމްރާއަށް ދާ މީހުން ޖަހަންޖެހޭ ކަމަށް އެނގިފަ އޮތީ. އެހެންވީމަ ބަލި ޖެހުނީ ވެކްސިން ޖަހައިގެން ހުއްޓާބާ؟ އަދި މިގައުމުގެ ގިނަ ބަޔަކު މުޅި އަހަރު ތެރޭ އުމްރާއަށް ދާއިރު އެ އެންމެން ތިޔަ ވެކްސިން ޖަހާފަ ހުންނާނެތީ އެ ވެކްސިންގެ އަސަރު ހުންނާނީ ކިހާ ދުވަހަކަށްބާ؟

The name is already taken The name is available. Register?

ބަލަމާ

25 June 2024

ވެކްސިން ކަންތައް ކުރިޔައް ގެންދިޔަގޮތުގެ ފުރިހަމަ ތަހުގީގެއް ކުރުމައް ގޮވާލަން

The name is already taken The name is available. Register?

ސީސީ

26 June 2024

މެޑިކަލް ވެބްސައިޓް ތަކުގައި ހުރި މަޢުލޫމާތަށް ބަލާއިރު ވެކްސިން ޖެހިޔަސް މިބަލި ޖެހުމުގެ ފުރުސަތު އޮވޭ. ވެކްސިން އިން ބަލިޖެހުމުގެ ފުރުސަތު ކުޑަކޮށްދެނީ. މިއީ ބެކްޓްރިއާ ގެ އިތުރުން ވައިރަސް ގެ ޒަރިއްޔާއިން ވެސް ޖެހޭ ބަޔެއް.

The name is already taken The name is available. Register?

ފިރިމަންސް

26 June 2024

ތީރާއްޖޭން އަލައްފެނުނު ބައްޔެއްނޫން،ނަމަވެސް އާއޮފީހެއްހަދާ އާބަޔަކުއައުމުން ތިޔަނަމަކީ ރާއްޖެއައް އާނަމެއް،ކެމަރޫންގެ މިނިސްޓަރ ރާސިދާގެ ފިރިކަލުން ނިޔާވީވެސް ތިބަލީގައި،ޢަލާމާތްތައްވެސް އެއްގޮތް،މަގޭކޮއްކޮއައްވެސް ތިބަލިޖެހުނު،اللَّهُ އިރާދަކުރެއްވީތީފުރާނަ ސަލާމަތްކުރެވުނީއޭނައައް ފަރުވާދިން ޑޮކްޓަރުންގެ އިޚްލާސްތެރިކަމުން،ޚާއްސަކޮއް މަރުޙޫމް އަހުމަދުރާޒީގެ މިންނަތް މަސައްކަތުން،اللَّهُ ރާޒީގެ ފުރާނައައް ހެޔޮރަޙްމަތްލައްވާށި آمیـــــــــــــن

The name is already taken The name is available. Register?

ފެންސު

25 June 2024

انا لله وانا اليه راجعون

The name is already taken The name is available. Register?

ޕްރޭމްޗޯޕްރާ

25 June 2024

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون.

The name is already taken The name is available. Register?

އެޕިޑީމިއާ

25 June 2024

ރާއްޖޭގައި ކޮމިއުނަލް އައުޓް ބުރޭކްއެއް އޮތްތޯ ބަލާ އަޅަންޖެހޭ ފިޔަވަޅުއަޅަން ޖެހޭ މި ބަލީގެ އެޕިޑެމިކް އައުމުން ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ވެކްސިން ވެސް ޖަހާ ބަކާއަށް ސުވަރުގެ މިންވަރު ކުރައްވާތޯ ދުއާ ކުރަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454