ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓު ޖެނެރަލް، ރިޓަޔާޑް، އަބްދުއްރަހީމް އަބްދުއްލަތީފް--ފޮޓޯ: ރައީސް އޮފީސް
30 ޖޫން 2024 - 13:41
ރާއްޖެ އިން ތުރުކީ އަށް ކަނޑައަޅާ ސަފީރަކަށް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ކުރިން ހުންނެވި އަބްދުއްރަހީމް އަބްދުއްލަތީފު އައްޔަންކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.
މި ސަރުކާރުން މިހާރު ވަރަށް ބޮޑަށް ގުޅުން ބަދަހި ކުރަމުން އަންނަ ތުރުކީގެ ސަފީރު ކަމަށް އަބްދުއްރަހީމް އައްޔަން ކުރަން ފާސްކުރީ މަޖިލީހުގައި މިއަދު އެކަމަށް ނެގި ވޯޓުގައި ބައިވެރިވި 82 މެންބަރުންގެ އިއްތިފާގުންނެވެ.
އަބްދުއްރަހީމް އެމްއެންޑީއެފުން ރިޓަޔާ ކުރެއްވީ މި އަހަރުގެ އޭޕްރީލް މަހު އެވެ.
އޭނާ ތުރުކީގެ ސަފީރުގެ މަގާމަށް އައްޔަން ކުރާއިރު، ރާއްޖެ އިން ފުރަތަމަ ފަހަރަށް ތުރުކީގައި އެމްބަސީއެއް ހަދަން ނިންމީ މި ސަރުކާރުން މިދިޔަ އަހަރު ޑިސެމްބަރު 10 ގަ އެވެ.
މި ސަރުކާރުން ވަނީ ތުރުކީ އާ ވަރަށް ގާތް ގުޅުމެއް ގާއިމްކޮށްފަ އެވެ. އަދި ރާއްޖޭގައި ސިފައިން މިހާރު އޮޕަރޭޓް ކުރާ ޑްރޯންތަކަކީ ވެސް ތުރުކީ އިން ގަނެފައިވާ ޑްރޯންތަކެކެވެ. އޭގެ އިތުރުން އެ ގައުމުން ބައެއް ކާޑުގެ ބާވަތްތައް އިތުރު ކުރުމާއި އެހެން ދާއިރާތަކުން ވެސް ގުޅުން ބަދަހި ކުރަން މި ސަރުކާރުން ވަނީ ނިންމާފައި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިޖިޓަލް އެންބެސަޑާ
30 June 2024
މިއޮއްފަދަ އިންޓަނެޓުގެ ޒަމާނުގަ އެންބަސީތަކަކީ ބޭކާރުތަންތަން!
އާއ23
30 June 2024
ތިޔަ އެމްބަސީއަށް ވެސް ލާންވާނެ މިނިސްޓަރު ފެންވަރުގެ 3 މީހުންނާ އަދުރޭ ފެންވަރުގެ 4 މީހުން... އޭރުން ޑޮލަރުގެ އަގު ހެޔޮވެފަ ޚަރަދު ކުޑަވާނީ.. ސުބްޙާނަﷲ
މިއީ ކީއްކުރަން ހުޅުވާ ތަނެއްހޭ
30 June 2024
ރާއްޖެ ދަރަނިވެރިވެ ބިކަވަމުންދާއިރު އަދިވެސް ގައުމުތަކުގަ އިތުރު އެންބަސީތަ ހުޅުވަންވީހޭ. މިތަންތަނު ދައުލަތައްކުރަނީ ކޮންފައިދާ އެއްހޭ.
މިހާލު
30 June 2024
ސުވާލަކީ މީނައަށް ރިޓަޔަރޑް ޕެންޝަންވެސް ލިބޭނެހޭ އެމްބެސަޑަރ ގެ މުސާރައާއެކު.ތުރުކީއަށް މީހަކު ލައިގެން ގަައުމަޢްލިބުނު މޮޅެއްނެތް
ހަސަންރަހާ
30 June 2024
ސިލޯނު. އިންޑިއާ، މެލޭޝިއާ، ޔޫކޭ/އީޔޫ، އެމެރިކާ/ޔޫއެން، ފިޔަވާ ދެން ހުރި ހުރިހާ އެމްބަސީ ތަކެއް ބަނދު ކުރަން ގޮވާލަން!
އެންޑްރޫ
30 June 2024
ތުރުކީ އެމްބަސީ ހުޅުވަނީ ދައުލަތުގެ ޚަރަދު ކުޑަކުރަންތޯ؟ މިއީ މި ވަގުތު މިހާ މުހިއްމު ކަމެއްތޯ؟
ޅީޅީ
30 June 2024
ވ މުހިއްމުކަމެއް ސަރުކާރުގެ ވެރިންނާ އާއިލާ އިރުއިރުކޮޅާގޮސް ހޮލިޑޭހަދާލަން
ރިޓަޔަރޑް
30 June 2024
ހަރަދު ކުޑަވާނި ތިޔަހާވަރަށް.. އެމްބަސީއިން މަހަކު 3 ލައްކަ މުސާރައާއި އިނާޔަތްތަކަށް... އެމްއެންޑީއެފް ރިޓަޔަަރމަންޓް ބެެނިފިޓް މަހަކު 50000 ޕުލަސް ބޭސްފަރުވާ މުުނިމުނިކޮޅަށް ހިލޭ.. ރިޓަޔަރ ކުރާ މީހުނން އަނބުރާ ބޮޑެތި ވަޒީފާތަކަށް ދާ ޤައުމެއް މި ނޫނިއްޔާ ނުދެކެން.. އިހުލާސްތެރިކަމެއް ހުރިއްޔާ ޤާނޫނު ބަދަލުކޮށްބަލަ ރިޓަޔަރ ކުރާ މީހުން ވަޒީފާއަކަށް ދަަންޏާ ރިޓަޔަަރމަންޓް ބެނިފިޓް ނުލލިބޭގޮތަށް..
ތުނޑުހަސަނު
30 June 2024
ތިޔަ މަޢުލޫމާތު މުޅިއަކުން ރަނގަޅެއްނޫން. ރިޓަޔަރކުރާ މީހުން މިކަހަލަ މަގާމުތަކަށްދާ ކިތަންމެ ގައުމެއް އެބަހުރި.
ސްފީރު
30 June 2024
މިހާރު ކުރަންވީ ކަމަކީ އެންބަސީ މަދުކޮށް ދަތުރުފަތުރު މަދުކޮށް ހަރަދު ބަރަދު ކުޑަކުރުން. ނައިބު ރައީސް ނާޒިމް ވިދާޅުވިހެން ހިތި ބޭސް ބޯން ތައްޔާރުވާންވީ. އެމަންޒަރެއް ނޫން މިހިރަގެން ފެންނަނީ!