އަންނަ ހުކުރު ދުވަހާ ހަމައަށް އިޓަލީގެ ޖެޓުތައް ވެލާނާ އެއާޕޯޓުގައި ޖައްސާނެ.
އިޓަލީގެ އަސްކަރީ ފައިޓާ ޖެޓުތައް ރާއްޖޭގެ ވައިގެ ސަރަހައްދުގައި އުދުއްސަނީ.-- ފޮޓޯ: އޭވިއޭޓާ މޯލްޑިވްސް
02 ޖުލައި 2024 - 20:10
އިޓަލީގެ އަސްކަރީ ޖެޓުތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ޖެއްސީ ޓެކްނިކަލް ސްޓޮޕް އޯވާއެއްގެ ގޮތުގައި ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.
އެ ގައުމުގެ އަސްކަރީ ހަތަރު ފައިޓާ ޖެޓާއި ކާގޯ ބޯޓެއް މިއަދުގެ މެންދުރުފަހު ރާއްޖޭގެ މައި އެއާޕޯޓުގައި ޖެއްސި އެވެ.
ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލަކު "މިހާރު" އަށް މިރޭ ވިދާޅުވީ، އިޓަލީގެ ސިފައިންގެ އަސްކަރީ ތަމްރީނަކަށް، އެ މަންޒިލަށް ދިއުމަށާއި ތަމްރީނު ނިންމުމަށް ފަހު އެނބުރި އިޓަލީ އަށް ދިއުމުގެ މަގުމަތީގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓްރާންސިޓް ކުރަން ހަމަޖައްސާފައިވާ ކަމަށެވެ.
އެހެންވެ، އަންނަ ހުކުރު ދުވަހާ ހަމައަށް ވެލާނާ އެއާޕޯޓުގައި އެ ބޯޓުތައް ޖައްސާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިޓަލީގެ އަސްކަރީ ޖެޓުތައް ޖައްސާނީ އޮފިޝަލް ވިދާޅުވި ގޮތުގައި، ޓެކްނިކަލް ސްޓޮޕް އޯވާގެ ގޮތުގަ އެވެ. އޭގެ ބޭނުމަކީ ބޯޓުތަކަށް ތެޔޮ އަޅަން ނުވަތަ ކްރޫއިން އަރާމުކުރާށެވެ.
އެއާޕޯޓަށް އެ ޖެޓުތައް މިއަދު ޖައްސަން ތިރިކުރި ވަގުތު މާލެ ސަރަހައްދަށް ބާރު އަޑުފަތްގަނޑެއް އިވުނެވެ.
ސަރުކާރުގެ އޮފިޝަލް ވިދާޅުވީ، އެ ޖެޓުތަކުގެ އަޑުތައް ގަދައީ ފައިޓާ ޖެޓުތަކަކަށް ވާތީ ކަމަށެވެ. ނަމަވެސް އޭގެ ތެރޭގައި އެއްވެސް ހަތިޔާރެއް އަދި ކާގޯ ނުހިމެނޭ ކަމަށް ވިދާޅުވި އެވެ.
"އެ ބޯޓުތައް ޖެއްސުމުން ރާއްޖެ އަށް ވެސް ފައިދާތަކެއް ވޭ. ފިއުލް ގަތީމާ އެމްއޭސީއެލް އަށް އޭގެ ފައިދާކުރޭ. އަދި ސްޓޮޕް އޯވާގައި ހޭދަވާ ވަގުތަށް ވެސް ފައިސާ ދައްކާ. އަނެއްކާ އެ ބޯޓުތަކުގެ މީހުން އަރާމު ކުރަން ބައެއް ފަހަރު ގެސްޓް ހައުސްތައް ކުއްޔަށް ނަގާނެ،" އޭނާ ވިދާޅުވި އެވެ.
އަސްކަރީ ހުރިހާ މަތިންދާބޯޓެއް ޖެއްސީ ކަމާގުޅޭ އިދާރާތަކުން ޑިޕްލޮމެޓިކް ކްލިއަރެންސް ހޯދައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އިޓަލީގެ އަސްކަރީ ބޯޓުތައް މިދިޔަ އަހަރު ވެސް ދެ ފަހަރެއްގެ މަތިން ރާއްޖެ އައިސްފައިވެ އެވެ. މި ބޯޓުތައް ވީއައިއޭގައި ޓްރާންސިޓް ކުރަނީ ޖެޓް ފިއުލް އެޅުމާއި ލޮޖިސްޓިކަލް ބޭނުންތަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުހާރީ
03 July 2024
އަޅުގަނޑުމެން ދިވެހިން ލޯބިކުރަނީ ސުލްހަމަސަލަސްކަމަށް، ތިބާވަތުގެ ސުއްނާފަތިކުރާ ދޫނި އެއްވެސްގޮތަކަށް ދިވެހި ރާއްޖެ ނައައުމަށް
ގުދުގުދާބެއްޔާ
03 July 2024
ތިޔަ ވާހަކަ ބޮޑައް އިގޭނީ ޖާބިރަށް އޭނާ އެމީހުންގެ ތަރުޖަމާނަކައް ހަމަޖައްސާ! އޭނާ އެއީ ރައްޔިތުންގެ މަޖިލިސްގަ ވެސް އިޓަލީ ބަހުން ވާހަކަ ދެއްކި މީހެއް!
މިނިވަން ކަން
03 July 2024
ސާބަސް ސާބަސް ސާބަސް ހައްސަރިބަހާސާބަސް ޕޮރިން މިނިސްތައައް.
އޮރިންމިނިސްޓްރީ
03 July 2024
އަހަރުންނަށްވެސް ތިވަރު އެނގޭ. 'ޓެކްނިކަލް ސްޓޮޕްއޯވަރ'. އިނގިރޭސިން ބުނީމަ ދެން އަހަރުމެން މިތިބީ ހެވިފަ.
raajje
03 July 2024
އިޓަލީއޮތީކޮންތާކު ރާއްޖެމިއޮތީ ކޮންތާކު؟ ކޮންތަނަކަށްކުރާދަތުރެއްގަތޯ ޓުރާންސިޓުމަންޒިލަކަށްރާއްޖެވަނީ؟ އަޅުގަނޑަށްފެންނަނީ މީ ރާއްޖެމަތިން ރާއްޖޭގެސަރަހައްދުގައި އުދިހިލާ ބަލާ ބޭނުންވާ މައުލޫމާތުއެއްކުރުމަށް ބޭނުންކުރާ އުކުޅެއްކަމަށް، މީ ޓުރާންސިޓު ލޭންޑިންނަކަށްވުރެންވައްތަރީ ދުރާލާރޭވިގެން ރާއްޖޭގެ ސަރަހައްދުގައި ފުލައިކުރުމަށްކުރިކަމެއްކަމަށް، ބޭނުމަކީ ބޭނުންވާ މައުލޫމާތުއެއްކުރުން
ދަގަތްފާނު
03 July 2024
ތިޔަ ބޯޓުފަހަރަކީ އެމެރިކާނުންގެމީހުން ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ ޗައިނާއާއި ދެކޮޅަށް އިރުމަތީ އޭސިއާ ސަރަހައްދުގައި އަނބުރާ ގޭސްގަނޑެއްގަ ބައިވެރިވެގެން ދަތުރުކުރާ ބޯޓުފަހަރު. މާމޮޅުކަމަކަށް ހަދައިގެން އަޑުފަށްގަނޑު ގަދައޭ ކިޔައިގެން ތިކަންކަމުގެ ތެރެއަށް ވަދެގެން ތިކަމުގަ ބައިވެރިވެގަތުމަކީ ރާއްޖެއަށް ފައިދާހުރި ކަމެއްނޫން.
ކުޑަކުޑަ
02 July 2024
ށުކުރިއްޔާ ރައީސް މުއިއްޒު. އަޑުގަދަވެގެން ކުޑަކޮން މޭގަނޑު ތެޅިގަތުމުގެ ނަސީބު މަށަށްވެސް ލިބުނު
ސަނީސައިޑްބޮންޑް
02 July 2024
އިޓަލީއާއި ރާއްޖެ މިވަނީޒަމާނުއްސުރެ ހިތާހިތުގެގުޅުމަކުން ގުޅާލެވިފަ
ޢިބޫ
02 July 2024
ދެން ހިތަށްގެނޭ ފަލަސްތީނު ރައްޔިތުން ގެ އިހުސާސް ތައް، ކޮންމެދުވަހަކު ޔަހޫދީ ބޯޓުތައް ބޯމަތިން ބޮންއަޅަމުން ދާއިރު
އުނގުރި
02 July 2024
ދަރަނި ދެއްކޭވަރުގެ އެއްޗެއް ހޯދަންވާނެ.