އިޓަލީގެ މިލިޓަރީ ޖެޓްތައް ރާއްޖެ މަތިން އުދުހިފައި ދަނީ.-- ފޮޓޯ: އެރޮނޯޓިކާ މިލިޓަރީ/ އިޓަލީ
05 ޖުލައި 2024 - 19:56
މިދިޔަ އަންގާރަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސި އިޓަލީގެ އަސްކަރީ ޖެޓުތައް ޖައްސަން އައި އިރު ރާއްޖެ މަތިން ނަގާފައިވާ ފޮޓޯތަކަކާއި ވީޑިއޯއެއް އެ ގައުމުގެ އެއާފޯސް "އެރޮނޯޓިކާ މިލިޓަރީ" އިން އާންމުކޮށްފި އެވެ.
އެ ގައުމުގެ އަސްކަރީ ހަތަރު ފައިޓާ ޖެޓާއި ކާގޯ ބޯޓެއް ރާއްޖެ އައީ އަންގާރަ ދުވަހުގެ މެންދުރުފަހު އެވެ. އެ ބޯޓުތައް ފުރީ މިއަދު މެންދުރު ފަހު އެވެ.
އިޓަލީގެ މިލިޓަރީ ޖެޓްތައް ރާއްޖެ މަތިން އުދުހިފައި ދަނީ.-- ފޮޓޯ: އެރޮނޯޓިކާ މިލިޓަރީ/ އިޓަލީ
"އިންޑިއާ ކަނޑުގައިވާ ސާފު މޫދާއި ދޮންވެލި ގޮނޑުދޮށްތަކެއް ލިބިފައިވާ މި ރަށްތަކުގެ ހިތްގައިމު ދޮރުތައް މި ވަނީ އޮސްޓްރޭލިއާގައި ބާއްވާ އިންޑޯ-ޕެސިފިކްގެ މިލިޓަރީ އެއާފޯސް ޕިޗް ބްލެކް 2024 ގެ ކެމްޕެއިންގެ ދެ ވަނަ ބުރުގައި ބައިވެރިވާ އިޓަލީގެ ފައުޖަށް ހުޅުވާލާފައި،" ފޮޓޯތަކާ އެކު ލިޔެފައިވެ އެވެ.
އިޓަލީގެ މިލިޓަރީ ޖެޓްތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައި.-- ފޮޓޯ: އެރޮނޯޓިކާ މިލިޓަރީ/ އިޓަލީ
އިޓަލީގެ އެއާފޯސް އިން ނަގާފައިވާ ފޮޓޯތަކުގައި ރާއްޖޭގެ ރަށްތަކުގެ މަތިން ޖެޓްތައް ވަކި ތަރުތީބަކުން އެތުރިލައިގެން ދުއްވާފައި ދަނިކޮށް ނަގާފައިވާ ފޮޓޯތައް ހިމެނެ އެވެ.
އިޓަލީގެ މިލިޓަރީ ޖެޓްތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައި.-- ފޮޓޯ: އެރޮނޯޓިކާ މިލިޓަރީ/ އިޓަލީ
އިޓަލީގެ އަސްކަރީ ބޯޓުތައް މިދިޔަ އަހަރު ވެސް ދެ ފަހަރެއްގެ މަތިން ރާއްޖެ އައިސްފައިވެ އެވެ. މި ބޯޓުތައް ވީއައިއޭގައި ޓްރާންސިޓް ތެޔޮ އެޅުމާއި ލޮޖިސްޓިކަލް އެކި ބޭނުންތަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
07 July 2024
މިބޯޓް ތައް އައުމުން އެތައް ބައެއްގެ ސަމާލު ކަމަށް އެކަން އައިސް ޓޫރިޒަމް އަށް ފައިދާ ވާނެ އެވެ. އިޝްތިހާރު ވާނެ އެވެ.
ހަވަ ޗަކއމ
06 July 2024
މީ ކޮން ގައުމެއްގައި ހުއްދަ ކުރާކަމެއް. އެމީހުުނ ބޭނުންހާތާކު ދުއްވުމުގެ ހުއްދަ ދީގެން މުޅި ރާއްޖެ އަތްފުނާ އަޅާފައި އެދިޔައީ. ގައުމީ ސަލާމަތަށް ހުރި ނުރައއކާ ކަމެއްނޫންތަ މީކީ؟ ކުރީގައިހެން ބޯޓެއް ފެނުނީމަ އުފަލުން ތިބެވޭވަރު ކަމެއް؟
މިމީހުން
06 July 2024
ތެޔޮއަޅާށޯ އެމީހުން އައީ ކޮންކަމެއް އަޑީގައި؟ ޗައިނާ މަނަވަރު ވެސް ތެޔޮއަޅަން މަސްދުވަހު ރާއްޖޭގައި ދުއްވީ؟
ހޮޅިބެ
06 July 2024
ދެވަނަ ފޮޓޯ އިން އެބަފެނޭ މިޑްއެއާ ގަ ތެޔޮ އަޅާތަން ވެސް
ފެންނާނެދ
07 July 2024
ތަމްރީނެއްވިއްޔާ އެކަން އެހެން ކުރުމުގެ ތަމްރީނުވެސް ހޯދާނެ
ޗޯޕްޅާ
06 July 2024
މިދިޔަ ސަރުކާރު....... \ އަބަދު ކަމެއް ގޯސްވީމާ މިދިޔަ ސަރުކާރު. ތަފާތެއް ނުފެނޭ... ހައްތަހާ ގޯސްވާތަން މިފެންނަނީ. މިސަރުކާރަށް ކުރި އިތުބާރު އަނބުރާ ގެންނަން ޖެހިދާނެ.
ޖަވާބުދީ
06 July 2024
ކީއްކުރަން ރާއްޖޭ ސަރަހައްދަ ނޭޓޯ ގެ އަސްކަރީ އުޅަނދުތައް ވެއްދީ. މިކަން ހަކުރަށި އިބާރާތުން ކުއްވެެރިކުރަން.
އަޅި އަލީ
06 July 2024
ކީއްކުރަން ކަލޯ މިގައުމުގައ ތިޔާ އުޅެނީ! ފައިބާ މިގައުމުން!
ފަނި ފަކުސާ
06 July 2024
މަ ދޯ އަދިވެސް ގައުމުން ފައިބަންވީ...އަޅި އަލީ' އަށް ނޭޓޯ ތިހާ ކަމުދަންޏާ ކީއްވެ އެތަނުން ބޯޓަކަށް އަރައިގެން ނުދިޔައީ
ޢެޑްމުންޑޯ
06 July 2024
ކަލޯ އެއީ އިޓަލީގެ ޓޫރިސްޓުންނަށް ރާއްޖެ އިސްތިހާރުކުރަން ބޭއްވި އިވެންޓެއް
ޖަވާބު މިއޮތީ
06 July 2024
ގިނަ ސުވާލުނުކޮށް އަމިއްލަ މީހާ އިސްލާހްވެބަލަ
ވާނުވާ
06 July 2024
ރާއްޖޭ ގިނަމީހުން ސޯސަލް މީޑިއާގަ ހަޅޭފަޅޭ ޖަހަނީ މިބޯޓްތަކަކީ ފަލަސްތީނަށް ބޮންއަޅާފަ އައި ބޯޓުތަކެކޭ ކިޔައިގެން
ވާނުވާބެ
06 July 2024
އެއައީ ގައުމިއްޔަތު ކިޔަވާދޭން ހައްހާ
ޖަލޭބީ
06 July 2024
ދިވެހި ސިފައިންނަކީ މިހާރު ހަމަ ކަނޑުކޮހުންތަކެއްދޯ.
އަޅި އަލީ
06 July 2024
ވިހޭ ދުވަހު ފޫޅުމައިމީހާވެސް ބުނި ތިހެން!
ކިމް
06 July 2024
މިކުދިން އެހެންވީމަ މިއައީ ފޮޓޯނަގަންތާ… އައި ބޭނުން އިނގުނީނުމި
އެމެރިކާ
06 July 2024
މިދިޔަ ސަރުކާރު ވަރައް ގިނަ ހަޑިހާވާފަ ވަނީ.