ކަރަންޓު ކޭބަލް ބުރިކޮށް ގެންދަން މަސައްކަތް ކޮށްފައި.-- ފޮޓޯ: ސްޓެލްކޯ
06 ޖުލައި 2024 - 21:02
މަޖީދިއްޔާ ސްކޫލް ކައިރީގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނަކުން ކޭބަލުތަކެއް ވަގަށް ނެގި މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލާގައި 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.
މި ކޭބަލްތައް ވަގަށް ނެގީ މިދިޔަ އަންގާރަ ދުވަހު އެވެ. ފުލުހުންނަށް އެ މައްސަލަ ރިޕޯޓްކޮށްފައި ވަނީ އެ ދުވަހުގެ ހެނދުނު 6:21 ހާއިރެވެ.
ސްޓެލްކޯގެ ސަބްސްޓޭޝަންތަކުން ވައްކަންކުރާ މައްސަލަ މިދިޔަ ރޯދަމަހު ވެސް ވަރަށް ބޮޑުވި އެވެ. އެގޮތަށް ވައްކަން ކުރަނިކޮށް މީހަކު ކަރަންޓުގައި ޖެހިގެން ވަނީ މަރު ވެސް ވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދުބެ
08 July 2024
ތިމީހާ ހައްޔަރުގައި ބާއްވާ ތަކުގައި ކަރަންޓު ކަނޑާފައި ބެހެއްޓުމަކީ ހިއުމަން ރައިޓްސް އާ ޚިލާފު ކަމަކަށްވާނެ ބާ؟
ފޮނިފޮނިޓައްޕު ކުމާރު
06 July 2024
ތީ ކޭބަލްތަ ނޫނީ ކޭބަލްކަމަށް ޝައްކުކުރެވޭ އެއްޗެއްތަ؟
ވެންގަބޯ
06 July 2024
ކޭބަލުތަކެއް ވަގަށް ނެގި މީހާގެ ފޮޓޯ ލާތި އެމީހާކަން ޔަގީ ންވީމަ އޭރުންދެން އެންމެ ނަށް ވެސް ފެނުނީމަ އިނގޭނީ. 2 ދެވަނަ ފަހަރައް ވެސް ގެއްލުންތައް ދިނުމުގެ ކުރިން ކަމާބެހޭ ފަރާތްތަކަށް މައުލުމާތު ފޯރުކޮށްދޭން ފަސޭހަވެގެންދާނެ
123456
06 July 2024
ކޭބަލަތަ ގަންނަ މީހުންނަ ފުޔަވަޅު އަޅާބަލަ.
ގެދާނޯމޮސް
06 July 2024
މިފަހަރު ޖެހިގެން މަރުނުވާ ގޮތަށް ގެންގޮސް 10 ދުވަހުން މިވެރިކަމުން އަދި މިދުނިޔެއިންވެސް ސަލާމަތް ވާގޮތަށް ވީމާ ސޮރުގެ ނަސީބުރަނގަޅެވެ!