ސްޓެލްކޯ ކަރަންޓު ފޮއްޓަށް ގެއްލުންދީގެން ހައްޔަރުކުރި މީހާ.
23 މެއި 2025 - 22:34
ޗާނދަނީމަގުގައި ހުންނަ އެމްޑީޕީ ހަރުގެ އާއި ބައެއް ގެތަކަށް ކަރަންޓު ދޭން ބޭނުންކުރާ ފޮއްޓެއްގެ ހުރިހާ ކޭބަލެއް ބުރިކޮށްލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ކުށުގެ ވެށިން ހައްޔަރުކުރީ އިސްމާއިލް ސަމީމް، ށ. މިލަންދޫ، ނަސީމީވިލާ ކަމަށެވެ. އެއީ އުމުރުން 29 އަހަރުގެ މީހެކެވެ.
ފުލުހުން ބުނި ގޮތުގައި ސްޓެލްކޯގެ ކަރަންޓު ޑިސްޓްރިބިއުޝަން ޕެނަލެއްގެ ކޭބަލްތައް ބުރިކޮށް ގެއްލުން ދިނުމުގެ ސަބަބުން އެ ސަރަހައްދުގެ ހަތް ގެއަކުން ކަރަންޓު ކެނޑިފައިވެ އެވެ.
މިކަމާ ގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ "މިހާރު" އަށް ވިދާޅުވީ އެމްޑީޕީ ހަރުގެ އާއި ގެތަކަށް ކަރަންޓު ކެނޑިފައި ވާތީ އެކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމަކު ކަރަންޓު ދެވޭނެ ވަކި އިރެއް ނޭނގޭ ކަމަށެވެ.
ކަރަންޓު ކޭބަލްތައް ބުރިކޮށްލާފައި ވަނީ އެމްޑީޕީން މިރޭ ކުއްލި އެއްވުމެއް ހަރުގެއިން ފަށަން ތައްޔާރުވަމުން ދަނިކޮށެވެ. އެހެންވެ މިއީ އެކަމާ ގުޅުވައިގެން ބަޔަކު ކުރި ކަމެއްގެ ގޮތުގައި ވެސް ތުހުމަތުކޮށްފައިވެ އެވެ.
ކަރަންޓު ކޭބަލްތައް ބުރިކޮށްގެން ވަގަށް ނެގުމަކީ ވަރަށް އާންމުކޮށް ކުރާ ކަމެކެވެ. މިކަން ކުރަނީ ކޭބަލްގައި ހުންނަ ލޮއެ ވިއްކައިގެން ފައިސާ ހޯދުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚހރިކ
25 May 2025
ޕީ އެން ސީ ބޯއިއެއް.
ދޗސދޗސދ
25 May 2025
އެކަމަކު ރަޖިސްޓްރީ އޮތީ އެމްޑީޕީ ހަރުގޭގައި
ބަޑިތަކުރު
25 May 2025
ޕާޓީ އޮފީހަކާ ގުޅޭކަމެއްކަމަށް މިކަން ނުވެދާނެއެވެ. އެތައްހާސް މީހުން ދިރިއުޅޭ ހިޔާ ފްލެޓްތަކުންވެސް ކޭބަލް ވަގަށް ނަގަން ބުރިިކޮށްގެން ކަރަންޓް ދިޔަވާހަކަ ކުރިން އެހީމެވެ. އެއީ ވައްކަންކުރުމަށް ކުރިކަމެއްނަމަ، ދައުލަތުގެ މުދަލަށް ގެއްލުން ދިނުމާއި ވައްކަންކުރުމާއި އާންމު ރައްޔިތުންނަށް އުނދަގޫކުރުމާއި މިނޫންވެސް ކުރެވެހުރި ހުރިހާ ދައުވާއެއް މިފަދަ ފަރާތްތަކާ ދެކޮޅަށް ކޮށް އެފުރުޞަތު އަވަހަށް ނުލިބޭވަރުގެ ހުކުމެއް އަންނަންޖެހެއެވެ.
ޒަމާންވީހަގީގަތް
24 May 2025
އުދުޅީގައި ދަޑި ލަނީ ކީއްވެހެއްޔެވެ؟ އެއީ އަތަށް ހޫނު ވެދާނެތީއެވެ. މިއޮއްކުޑަ ރާއްޖޭގައި ކުށްތައް ނުހުއްޓުވިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ ހައްތަހާވެސް އަތުޖެހެނީ އުދުޅި އާއި އޭގެ ދަޑިއެވެ. ދުވަހަކުވެސް އުދުޅީގެ ދަޑީގައި ހިފައިގެން ހުރި މީހާއަތެއް ނުވެއެވެ. ދެން ވާގޮތަކީ އަތުވި އުދުޅި ގަޑު އެއަކާއެއަށް ދޫކޮށްލާފަ އެހެން އުދުޅިއެއް ލައްވާ ހޫނު ކަންތައް ކުރަނީއެވެ.
އުންމު އަފީފް
24 May 2025
އަންނަ ހަފްތާގަ ތި މީހާ މިނިވަން ވާނެ އަދި މި ފެށޭ ޖޫން މަސް ނިމުމުގެ ކުރިން ޔޫތު މިނިސްޓްރީގެ ކޯރޑިނޭޓަރުކަން ދޭނެ.
ވަޖީހު.
24 May 2025
ޕާޓީ ކުދިން ލައްވާ ޕާޓީގެ ބޮޑުންނަށް ތިބި ބަޔަކު ކުރި ކަމެއް ކަމަށް ބޮޑަށް ލަފާ ކުރެވެނީ. ބޭނުންވެސް ވަރަށް ސާފު. ސުޓެލްކޯ އިން ފަހުމީ ބޭރު ކުރަން ބޭނުން އެތައްޔަބަކު ޕާޓީ ތެރޭގައި އެބަތިބި. މިއިން ކޮންމެ މީހަކުވެސް ބޭނުންވަނީ ސުޓެލްކޯގެ އެމްޑީ ކަން. ތިއީ ފަހުމީ ދުއްވާލަންވެގެން ޕީއެންސީ ކުދިން ހަދާ އެއްޗެއް.
ވާންޗޯ
24 May 2025
ވަކަން ކުރީމަށް އަށް ކަޑާނަމަ ދޯ، ދެން ދެވަނަ ރަހަރަށް ވަކަމެއް ނުކުރާނެކަނަން ޔަގީން
ކަމެލާ
24 May 2025
އެއްވެސް މައުދަނެއް ރާއްޖޭން އެކްސްޕޯޓު ކުރުން މަނާ ކުރަން އެބަޖެހޭ އެމައުދަނެއް ހޯދި ގޮތުގެ ލިޔުން ހެއްކާ އެކު ހުށަނާޅަންޏާ.
ރިނބުދޫ އަލީ
24 May 2025
ކޮންމެ ކަރަންޓު ފޮށްޓެއްކައިރީ ފުލުހަކު ބައިންދަން ގޮވާލަން
ނާޑުވާ
24 May 2025
މިއީ ލޮއެ ވިއްކަން ކުރި ކަމަކަށްވުރެ ބޮޑަށް ސަރުކާރުގެ ވެރިން އަޑީގަ ތިބެގެން ހިންގި ޖަރީމާއަކާ ވައްތަރީ.
ޗސދފ
25 May 2025
ބޮޑަށް ވައްތަރީ އެމްޑީޕީގެ ހަރުގޭގެ ކަމަކާ.
ހަޖާންބެ،
24 May 2025
މިސަރުކާރުގެ ،ބޮޑުންގެ އޯޑަރަށް،ކުރިކަމެއް،ތިމައްސަލަ ނުބަލާނެ، އެމީހާއަށް ހިމާޔަތާއި،އިނާޔަތާއި،ރައްކާތެރިކަން ،ލިބިގެންދާނެ!