ބަޔަކު ބުރިކޮށްލި ކަރަންޓު ކޭބަލް: ފުލުހުން އަންނަނީ މި މައްސަލަ ބަލަމުން.-- ފޮޓޯ: ޕޮލިސް
08 އޯގަސްޓް 2025 - 11:40
މާލޭގެ ގަޑިބުރު ކައިރީގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ކަރަންޓު ކޭބަލެއް ބަޔަކު ބުރިކޮށްލި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ ފަރީދީ މަގުން ގަޑިބުރު ކައިރީގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަން ތެރެއަށް ރޭ ބަޔަކު ވަދެ، ކޭބަލެއް ބުރިކޮށްލި މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ސްޓެލްކޯގެ ސަބްސްޓޭޝަންތަކުން ކަރަންޓު ކޭބަލް ވަގަށް ގެންދާ މައްސަލަތައް ދޭތެރެއަކުން ފުލުހުންނަށް ހުށަހަޅަ އެވެ.
ހުޅުމާލެ 2 ގައި ހުންނަ ސަބްސްޓޭޝަނަކުން ކަރަންޓު ކޭބަލެއް ވަގަށް ނަގަން އުޅުނު މީހަކު ކަރަންޓުގައި ޖެހިގެން މީގެ ދެ އަހަރު ކުރިން މަރު ވެސް ވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައްޖަ.
09 August 2025
ދެން ބުނޭ ކުރީ ސަރުކާރުންނޭ.
ސެހެރި
09 August 2025
ސަބްސްޓޭޝަންތަކަކީ އަބަދު ހުޅުވާފަ ހުންނަތަނެއްތަ؟ އަބަދުވެސް އެތަނަށް މީހުންވަންނަ ވާހަކަ މިއިވެނީ.
މަބުނީ
08 August 2025
ވަށައިގެން ކަރަންޓް ނަރުދާ ޖަހާފަ ބަހައްޓަންވީ. ކޮންމެހެން މީހަކަށް ގެއްލުމެއްދޭކަށްނޫން. އެކަމަކު ނެގުން ހުއްޓުވުމަށް.
ތިބުނީ
10 August 2025
އޭރުންވެސް ކުށްވެރިވާނީ ތި ދަލަކަށް ކަރަންޓްދިން ބަޔަކު، މީގެ ކުރިންވެސް ހަރުގެއަކުން ވައްކަންކުރާތީ އިލެކްޓްރިކް ފެންސް ޖެހިމީހާ ކުށްވެރިވީ މީހަކަށް ގެއްލުމެއްދޭން އުޅުނީތީ، ސައުކަލު މަޑި ދަށުގައި މީދާ ހިފާ ދައްޗެއް އޮއްވާ އެއަށް އަތްބޭނި މީހަކު އިގިލި ހަލާކުވީމަ ކުށްވެރިވީ ސައިކަލުގެ ވެރިމީހާ، ވައްކަން ކުރަން އުޅުނު ދެމީހުންގެ މިނިވަންކަން އެހެން މީހުންގެ މުދަލަށް އަރައިގަތުމަކީ