މަޖީދީ މަގުން ވިލާ މާޓް ކައިރީގައި ބިދޭސީން ގޮޅިތައް ހިންގާ މާރުކޭޓުގައި މިއަދު ހެނދުނު ބިދޭސީން ހަރަކާތްތެރިވަނީ: މި ތަނުގައި ތިބި ހުރިހާ ބިދޭސީން މިދިޔަ މަހުގެ 29 ވަނަ ދުވަހު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުމުން 2-3 ދުވަހަށް ތަން ބަންދު ކުރަން ޖެހުނު. އެކަމަކު މިހާރު ވަނީ އާ ބިދޭސީންނާ އެކު އަލުން ތަން ހުޅުވާފައި.---ފޮޓޯ: ނިޝާން އަލީ| މިހާރު
07 ޖުލައި 2024 - 13:26
މާލޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން އިސްނަގައިގެން މިހާރު ފަށާފައިވާ ހާއްސަ ރެއިޑް އޮޕަރޭޝަންގައި މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު މާރުކޭޓަކުން އަތުލައިގަތް މީހުން އަދިވެސް ތިބީ ބަންދުގައި ކަމަށް އެ އިދާރާ އިން މިއަދު ބުނެފި އެވެ.
އިމިގްރޭޝަންގެ އޮފިޝަލަކު ވިދާޅުވީ، އެ ދުވަހު ހައްޔަރުކުރި މީހުން ފުރުވައިލުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށެވެ. އެ މީހުންގެ ޑޮކިއުމެންޓޭޝަން ޕްރޮސެސް އާއި އެހެން ކަންކަން ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިމިގްރޭޝަނުން ހިންގި ރެއިޑް އޮޕަރޭޝަންގައި، ސަރުކާރުން ހިންގާ ލޯކަލް މާރުކޭޓު ވެސް ބަލައި އެ ތަންތަނުގައި ތިބި ބިދޭސީން ވެސް ގެންދިޔަ އެވެ. އެކި މާރުކޭޓުތަކާއި މާލެތެރެއިން އެ ދުވަހު 50 މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
މަޖީދީ މަގުން ވިލާ މާޓް ކައިރީގައި ހުންނަ މާރުކޭޓާއި އަމީނީ މަގުން ޓީވީއެމް ކައިރީގައި ހިންގާ މާރުކޭޓުގެ ގޮޅިތަކުގައި ތިބި ގާތްގަނޑަކަށް ހުރިހާ ބިދޭސީން އެ ދުވަހު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުމުން އެ ދެ ތަނުގެ ގޮޅިތައް ހުއްޓުނެވެ. އެހެންވެ، ދެ މާރުކޭޓުގެ ބޭރުގައި ބަންދު ބޯޑު އަޅުވައި އެ ރޭ އަށެއް ޖަހާކަންހާއިރު ބަންދު ކުރި އެވެ.
އަމީނީ މަގުގައި ބިދޭސީން ހިންގާ މާރުކޭޓުގައި މިއަދު ހެނދުނު ބިދޭސީން ހަރަކާތްތެރިވަނީ: ކުރީގެ އުސޫލުން އަނެއްކާ ވެސް މި މާރުކޭޓުގައި ގޮޅިތަކުގެ ވެރިކަން އޮތީ ހަމަ ބިދޭސީންނަށް.---ފޮޓޯ: ނިޝާން އަލީ| މިހާރު
އޭގެ ފަހުން 2-3 ދުވަސް ވަންދެން ދެ މާރުކޭޓު ހުރީ ބަންދުކޮށްފަ އެވެ. އެކަމަކު، މިހާރު އެ ދެ ތަން ވެސް ހުޅުވައި އެހެން ބިދޭސީންތަކެއް އަންނަނީ އެތަން ހިންގަމުންނެވެ. ފައިސާ ބަލައިގަތުމާއި ގޮޅިތައް ހިންގުމުގެ ހުރިހާ ކަމެއްގައި ވެސް ތިބީ ބިދޭސީންނެވެ.
އަލުން އެ ދެ މާރުކޭޓު ހިންގަން ފެށީ، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުން ދޫކޮށްލުމުން ކަމަށް ބުނާ ވާހަކަތައް އެ އިދާރާ އިން ދޮގުކުރެ އެވެ.
މާލޭގެ މާރުކޭޓުތަކުގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން އަތުލައިގަތުމުގެ ރެއިޑް އޮޕަރޭޝަނަށް ފަހު، އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވިދާޅުވެފައި ވަނީ އެ އޮޕަރޭޝަންގައި އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީން ރާއްޖެ އިން ޑީޕޯޓް ކޮށްލާނެ ކަމަށެވެ.
އޭނާ ވިދާޅުވެފައި ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންގެ ތެރޭގައި ސައްހަ ހުއްދައެއް ނެތި އަދި ހުއްދަ ދޫކޮށްފައިވާ މަސައްކަތުގެ ބޭރުން އަމިއްލަ އަށް ވިޔަފާރި ހިންގާ މީހުން ދެނެގަނެވިފައިވާ ކަމަށެވެ.
"އަދި އުސޫލުގެ ތެރެއިން މި ފަރާތްތައް ރާއްޖެ އިން ޑީޕޯޓްކޮށް ފޮނުވާލެވޭނެ،" ޝަމްއާން ވިދާޅުވި އެވެ.
މާރުކޭޓުތަކުގެ ގޮޅިތައް ހިންގުމުގައި ބިދޭސީން ތިބުމަކީ މަނާކަމެވެ. އަދި ހާއްސަކޮށް ފައިސާ ބަލައި ގަންނަން ނުވަތަ ބިދޭސީ ސޭޓުން ތިބުމަކީ ވެސް މަނާކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާކުންބޭ
08 July 2024
މި މީހުނަށް ލާރިކޮޅާކަށް 'ދިވެހި ޕްރޮފައިލް" ވިއްކާ މީހުނާ ދޭތެރޭ ހަރުކަށި ފިޔަވަޅު އަޅާބަލަ، 100000ރ އިން ޖުރުމަނާ ކޮށްބަލަ. ކަންމަތީ ފިހާރަ ހަދައިގެން އުޅޭ މީހުނަށްވެސް
ވަޒަން
08 July 2024
މިހާރު ސަރުކާރުން ދެބޯގެރި ދުއްވަނީ.. އެތައް ހާސް ބަންގާޅީން ނެއް އެތެރެކޮށްފައި . ދެން ގަވާއިދާ ޚިލާފު މީހުން ނަގާފޮނުވަނީއޭ ކިޔާ އަޑު އަރުވަނީ...... އަދި ކޮބާ! ރަގަޅަށް ބަލާއިރު އެނެގި ބަނގާޅީން ނަށް ވިކި އެމީހުން މިހާރު ބަނދުގައި ތިބި ކަމެއް ޔަޤީނެއްނޫން......
ގާމާދޫ
09 July 2024
ބަންދުކުރި ބަންގާޅީއެއް މަގޭ ގާތު ބުނީ ދެހާސް ރުފިޔާ އޮފިސަރަށް ދީފައި ތިމަންނަ މިހުރީ އަނެއްކާވެސް ތިމަންނަގެ މަސައްކަތަށް ނުކުމެޔޯ. ސަޅިއެއްނޫންތަ؟
ޖސސވސވ
07 July 2024
މޮޔަކަންތައް ކުރަނީ . އެމީހުން އެތެރކުރާމީހުން އަތުލައި ގަނެބަލަ . އޭރުން ކަމެއްވީކަމަށްވާނީ
މަރޭ
07 July 2024
މި މާރު ކޭޓު ތަށް ހުރީ ބިދޭސިން ގެ ނަމުގަ ތޯ.ނުވަތަ ބަޔަކު އެމިހުންނާ ހަވާލު ކުރީތޯ.އެހެން ކަމަށް ވާނަ،މަ އެތަންތަނުގެ ވެރިން ގެ ޒިންމާ އެއްނުން ތޯ މިތަންތަނަށް ބިދޭސިން ލައިގެން ހިން ގަނީ. މިހިން ކަންކަން މި ވަނީ އެވިޔަފާރީގަ ނޫޅޭ މިހުން ނަށް މިކަހަލަ ތަންތަން ދެވެތީ. އެމީހުން ބޭރުމީހުން ނާ ހަވާލުކޮށްގެން މިކަންކަން ކުރަނީ.އެކަކު ފޮނުވާލާއިރަށް އަނެ ކަކު ލާނެ.
ވަކަބެ
07 July 2024
ތިމީހުންގެ ފޮޓޯ އާއްމު ނުކުރަނީ ފޯން ކޯލަކުން ތިއިން ބަޔަކު ވަލުދޮރޯށިން ނެރެން ވެގެން ކަމަށް ލަފާކުރެވޭ
ކެރެދި ބެއްޔާ
07 July 2024
ތިޔަ މާރުކޭޓް ތަަކުގައި ތަޅު އަޅުވާ ބަލަ! ޢެއިރުން ތިކަން ކުރުވާ " ބަންގާ ދިވެހިންނާއި" ބަންގާ ބޭފުޅުން ނަށް ތިބޭނީ ރާކަނި މަސް ކެވިފަ!
އޮބި
07 July 2024
ކޮންތާކު ގިނަ މީހުން މިހާރު އެތިބީ ގޮޅީގަ ވިޔަފާރި ކޮށްލަ ކޮށްލާ
ނިރު
07 July 2024
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އުޅެނީ ވިސާ ދައްކާ ގެންތޯ. ނުދައްކާ ނަމަ ވިސާ އަށް އަރާފަ ފައިސާ ދެއްކީމަ ތޯ ފޮނުވާލަނީ. މިވާހަކަ ކީއްވެތޯ ނުދައްކަނީ
ދަލޭކަ ދައިތަ
07 July 2024
ބިމުގެ ވެރިފަރާތް ނުވަތަ އެތަން ކުއްޔަށް ނަގައިގެން އުޅޭ ދިވެހި މީހާ ފިސާރި ބޮޑު އަދަދަކުން ޖޫރިމަނާކޮށްބަލަ، ގަވައިދާ ޚިލާފަށް އުޅޭ ބަޔަކަށް ތަން ދީގެން. ދިވެހި މީހާ އެބަނަގަޔޭ ކޮންމެ ގޮޅިޔަކުން 8،500ރ. ބޮންދުންނަކީ ބޮޑު ނެޓްވޯކެއް. ދުނިޔޭގަ ނެތޭ މިއަށްވުރެން ކަންފަސޭހަކޮށް އަރާމުގަ އެމީހުންނަށް އުޅެވޭ ދެވަނަ ގައުމެއްް. މިގައުމު ހިމާޔަތްކުރަންތިބޭ މީހުންގެ ކޮރަޕްޓްކަމާހުރެ. ނިކަން ޒިންމާނަގަން ތިބޭ ބައެއްގެ އެކައުންޓަށް ވަންނަވަރު ބަލާލަބަ.
އޮނަރަބްލް އަފީފު ދީދީ
07 July 2024
އިމިޤްރޭޝަން ޤާނޫނާއި ޙިލާފަށް ރާއްޖޭގައި އުޅެމުން އަދި ރާއްޖޭގެ އިޤްތިސޯދަށް ނުހަނު ބޮޑު ގެއްލުން ދެމުން ވަގު ވިޔަފާރީގައި ޙަރަކާތް ތެރިވަމުން ދަނިކޮށް އިމިޤްރޭޝަން އޮފިސަރުންނާއި ފުލުހުން ގުޅިގެން ހިންގި ހަރަކާތެއްގައި "މަސައްކަތުގެ މާހައުލުގައި ތިއްބާ" ހިފާ ހައްޔަރު ކުރި ބިދޭސިން ގުނަދުވަހު ބޭތިއްބުމުގެ ބަދަލުގައި އެމީހުންގެނަމާއި ފޮޓޯ އާންމު ކުރުމަށްފަހު 15 އަހަރު ދުވަހަށް ރާއްޖެނާދެވޭ ގޮތަށް ތިއެންމެން ޑީޕޯޓްކޮށ އެމީހުންގެ ޤައުމަށް ފޮނުވާލާ.
އޮނަރަބްލް އަފީފު ދީދީ
07 July 2024
ރާއްޖޭގެ އިމިޤްރޭޝަން އޮފިސަރުންނާއިމެދު ފެތުރިފައިވާ އަޑުތަކަށްބަލާއިރު މަތީގައިދެންނެވިގޮތަށް ތިމީހުންގެނަމާއި ފޮޓޯއާންމުކޮށް ޑީޕޯޓްކުރިމުއްދަތު އިއުލާންނުކޮށް ތިމީހުން ފޮނުވާލިކަމުގައިވިޔަސް ދުވަސްކޮޅެއްފަހުން ހަމައެމީހުން (ޕާސްޕޯޓްގައި އޮންނަނަން ބަދަލުކޮށް ނުވަތަ ހަމަ މިހާރުގެޕާސްޕޯޓްގައި ނުސިޔާރުގޮތަކަށް) ރާއްޖެ އެތެރެވެ އަލުން އެމީހުންގެ މަސައްކަތް ފައްޓާނެ. މީގެ ކުރިން ޑީޕޯޓް ކޮށްލި އެތައްބަޔަކު މިގޮތަށް އެތެރެވެފައި މިހާރުވެސް އެބަތިބި.
އަފްރާސިޔާބު
07 July 2024
ޑީޕޯޓް ކުރުމަކުން ތި މައްސަލައަށް ހައްލެއް ނުލިބޭނެ. އެހެނީ އެގައުމުގެ ސަރުކާރުން އެމީހުންގެ ފޮޓޯ ޖަހާފައި އެހެންނަމެއްގައި އެމީހާއަށް ޕާސްޕޯޓް ދޫކުރާތީ. އެއީ ވެރިމީހާއަށް އެންމެ ފަސޭހަގޮތަކީ. ދެން ޑިޕޯޓް ކުރިމީހާވިއަސް އެހެންނަމެއްގައި ރާއްޖެ އެތެރެވާނަމަ މައްސަލައަކީ ކޮބާ؟ މައްސަލައެއް ނެތެއްނުން. ތީ ބަންގާޅު ސަރުކާރުން ހިންގާ ބޮޑޫވެގެންވާ ސްކޭމެއް. އެހެންގައުމުތަކުގެ މީހުންނަށް އެކިނަން ނަމުގައި ޕާސްޕޯޓް ނުހެއްދޭ ވިއްޔާ.
ދަލެއިކާ ގެ އަހައްމަދާ
07 July 2024
"ޕާސްޕޯޓް އިންޑެކްސް އެންމެ ފުލުގައި އަބަދުވެސް އުޅެނީ ބަންގާޅު އަޕްގާނިސްތާނު ފަދަ ގައުމުތައް! މިއިން ގައުމެއްގެ މީހަކު ރާއްޖެއަށް އެތެރެ ވެއްޖެނަމަ ދެން އަބުރި ރަށަށް ނުދާނެ ކަން މިގައުމުގައި ވެރިކަން ކުރި ( މިހާރުވެސް އަހަރަކު މިލިއަނުން މުސާރަ ނަންގަވާ )ހުރިހާ ބޭފުޅުންނަށް ރަގަޅަށް އިގޭނެ! ކީއްކުރާނީތޯ ވައްކަން ހައްދުފަހަނަޅާގޮސް ފައިސާއަކީ ހުރިހާ އެއްޗެއް ކަމަށް ހަދައިފި ތަނެއް ދެން ދާނީ ހަލާކުގެ ތެރެއަށް ! މރ. ޑީޑީ އަށް ސަލާމް!