09 ޖުލައި 2024 - 11:52
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެށި ހިލޭ ޑިގްރީ ޕްރޮގްރާމް އޭރު ހިންގާފައި ވަނީ ބޮޑު ސްކޭމެއްގެ ގޮތުގައި ކަމަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.
ހިލޭ ޑިގްރީ ޕްރޮގްރާމަކީ ފުރަތަމަ ފަހަރަށް ޑިގްރީ ކިޔަވާ ދަރިވަރުންނަށް ސަރުކާރުގެ ހަރަދުގައި ކިޔަވަން ފުރުސަތު ލިބޭ ޕްރޮގްރާމެކެވެ. ކުރީގެ ސަރުކާރުން ބުނި ގޮތުގައި ހިލޭ ޑިގްރީ ޕްރޮގްރާމުގައި 15،000 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވި އެވެ.
މަތީ ތައުލީމްގެ ގާނޫނަށް ގެނައި އިސްލާހަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި މަތީ ތައުލީމަށް އިންވެސްޓު ކުރުމުގެ ނަމުގައި ހިންގާފައި ވަނީ ކޮން ޖަރީމާއެއްތޯ ބަލަން ޖެހޭ ކަމަށެވެ.
"މަތީ ތައުލީމް އުނގެނޭ ދަރިވަރުންނަށް ހިލޭ ޑިގްރީ ޕްރޮގްރާމް ހިންގާފައި އޮތީ ބޮޑު ސްކޭމެއް ގޮތުގައި،" ޝުޖާއު ވިދާޅުވި އެވެ.
ހިލޭ ޑިގްރީ ޕްރޮގްރާމްތައް ހިންގީ ކޯސްތަކުގެ އަގު ވައްޓާލައި 60 ޕަސެންޓަށް ސަބްސިޑީއެއް ދޭ އުސޫލުން ކަމަށް ޝުޖާއު ވިދާޅުވި އެވެ. އޭގެ ސަަބަބުން ކޮލެޖުތައް އިނދަޖެހިގެން ދިޔަ ކަމަށާއި ބައެއް ކޮލެޖުތައް ތަޅު އަޅުވަން ޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ބޭރު ފައިސާ ހިފެހެއްޓޭނެ އެއް ގޮތަކީ އަމިއްލަ ކޮލެޖުތައް ބާރުވެރި ކުރުވުން ކަމަށް ޝުޖާއު ވިދާޅުވި އެވެ. އެކަމަށް ސަރުކާރުން ހާއްސަ އިސް ކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުނޑުމެންގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އުމުރު ދުވަސް ހޭދަ ކުރެއްވީ މަތީ ތައުލީމް ދިވެހި ދަރިވަރުންނަށް އުނގަނައި ދިނުމަށްޓަކައި. ސަރުކާރުތަކުން ކޮބައިތޯ ވަކި ކުރިއެރުމެއް ދީފައި އެ ދާއިރާތަކަށް،" ގާސިމްގެ މަސައްކަތަށް ތައުރީފު ކުރައްވަމުން ޝުޖާއު ވިދާޅުވި އެވެ.
މަތީ ތައުލީމްގެ ބިލުގައި ވަނީ ކޮލެޖުތައް ޔުނިވާސިޓީއަކަށް ބަދަލުވުމުގެ ޝަރުުތުތައް ދަށްކޮށްފަ އެވެ. އެގޮތުން މެދުކެނޑުމެއް ނެތި ހިންގާތާ 15 އަހަރުވުމާއި ބައެއް އެހެނިހެން ޝަރުތުތައް ހަމަވުމުން ޔުނިވާސިޓީއަކަށް ބަދަލު ކުރެވޭނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަލޭކަ ދައިތަ
09 July 2024
އާނ! އާނ! މާމިގިލި ވަސް އެބަދުވާ. މާމިގިލި ބޮޓުންތަށް މަޖިލިސް ތެރޭ ހިންގާލަނީދޯ! ވިލާ ވިލާ. ބައިތުންމާލު މުށުތެރެއަށް ލެވޭވަރު ކުޑަވެގެން.
ކިލޯ
09 July 2024
ޑިގްރީއަކީ ސްކާމްއެއް. މިގައުމުގާ އެންމެ އަގުބޮޑު ކާރުދުއްވަނީ، އެންމެ ބޮޑު ގެތަކުގާ އެޅެނީ ޑިގްރީހޯލްޑަރުންނެއް ނޫން. މި ސްކާމްއެއްނޫނިންޔާ ކޯޗެއް
1828
09 July 2024
ސްކޭމްއާއި ނުލައި މިސަރުކާރުން ފްރީ މަސްޓަރ ޑިގްރީ ހިންގާލަބަލަ. ނުވާނެ. ހުސް ބޭކާރު އަނގަތަޅަނީ.
ކަތްދައްތަ
09 July 2024
ކޮންމެ މީހަކު ބުންޏަށް އެއީ ތެދެއް. ހަމަ ބޮޑު ސްކޭމެއް. އެލާ ލިބާސް ލާންވެގެން ސްޓޫޑެންޓުން އެކަމުގަ ބައިވެރިވީ. ކިޔަވާކަށް ނޫން. ކިޔަވައިދޭ ތަންތަނުން ދަރިވަރުން ވެއްދި ކިޔަވައިދޭކަށްނޫން ރުފިޔާ ނަގަން. އެދެކަންތައް ބަރާބަރަށް މި އިސްކޭމުގެ ދަށުން ފުރިހަމަވި. ތިޔަ ޑިގްރީ ޕްރޮގްރާމްތައް ނިންމި މީހުންގެ ތެރެއިން މަދު ކުއްޖަކަށްނޫނީ ވާހަކަ ދައްކާއިރު ބުއްދިއާ އެއްތެދަށް ވާހަކަ ހިފަހައްޓަންނޭގެ.
ސާބަހޭެ
09 July 2024
އޭގެ ކުރިންވެސް ހަމަ ތިޔަ ފީކަޅާ ކޮލެޖް ތަކުން ކިޔަވާ ކުދިންގެ ހާލު ހުރީ އެހެން.
ސްޓޫޑެންޓެއް
09 July 2024
ކައްދާ ދޮގުނަހަދާ، އހަރަމެން މީ ޑިގުރީ ކިޔަވާ ކުދިން، އެކަން ކުރަނީ، ވަރައް ރަނގަޅަށް، އަމިއްލައަށް ޕޭކުރީމަ، ހަމަސް ފަހުން ޕެކުރި ބިލް ސްލިޕް ފޮނުވީމަ، ޕޭމަންޓްދައްކަނީ، ނެގޭވާހަކަ ނުދައްކާ، ސުޖާތީ ދުވަހަކުވެސް ތެދެއް ހެދިމީހެއްބޫން. އެސޮރުވެސް ދަންނަން،
އިހްސާސް
09 July 2024
ތިޔަހެންވީއިރު ތިޔަ ތައުރީފުކުރި ވިލާވެސް ކޮލެޖުވެސް އޮންނާނީ ތިކަމުގަ ޖެހިފަ.
ދަރިޔާ
09 July 2024
ކުރީސަރުކާރުގައި ކަމުދާ އެއް ކަމެއް އެބައޮތްތޯ؟ އެއަށް ވުރެ ރަނގަޅުކޮށްބަލަ! ރައްޔިތުންށް ދޭ ޚިދުމަތްތައް. އާސަންދައިން ވެސް ބުނާނީ ތިގޮތަށް، މިހާރު ނުލިބޭއްނު
ގަހަރުވާރު
09 July 2024
ބިލުގައި އޮތް އެއްޗެއް ދިމާވަނީ މެންބަރުގެ ވާހަކަޔާނު އެހެންވީމާ. ޔުނިވާސިޓީގެ ދަރަޖަ ކުޑަރަނީނު ތިޔަ، ކިޔަވާދޭ ތަންތަން ހިންގާ އަމިއްލަ ވިޔަފާރި ވެރިންގެ ބޭނުމަށް. ކަމަކު ނުދެޔެއްނު ދޯ
އަފްރާސިޔާބު
09 July 2024
ޔުނަވަރުސިޓީ ތަކަކީ ތިޔަ ސްކޭމުން މަންފާ ލިބޭ ބަޔަކަށްވާތީ އެމީހުން ރައްޔިތުންގެ ޓެކްސްފައިސާ ލިބެންޏާ ކޯސްތައް ގިނަކޮށް ވީހާ ބޮޑަކަށް ލާރި ގަނޑު ދަމައިގަނެވޭތޯ ބަލާނެ. ހެޔޮކޮށް ސުޖާއު އެވިދާޅުވީ. ތިޔަ ޔުނިވަރުސިޓީތައް އުވާލަންވީ. އޭގެ ބަދަލުގައި ބޭރު ގައުމުތަކުގެ އެހީ ހޯދައިގެން ސްކޯލަރޝިޕް ހިންގަންވީ.
ސީޒަން ޖެކްޝަން
09 July 2024
ބަލަ ތިޔަކަހަލަ ކަންކަމުގާ ހުރިހާ ވެރިންވެސް ހިނގަނީ ސްކޭމް. ޔާމީނުގާތުގާ އުޅުންއިރު ސްކޭމުކުރާނެގޮތް ދަހެއްނުވިދޯ.
ފުސް
09 July 2024
މިހާރުން މިހާރަށް ރައްޔިތުންގެ މަޖްލިސް މެމްބަރުންގެ މުސާރައާއި އިނާޔަތްތައް ކުޑަކުރޭ. ނިކަމެތި ރައްޔިތަކަށް އެއްޗެއް ލިބެންޏާ މި މަޖްލިސް މެމްބަރުންނޭ މިކިޔާ މީހުންގެ ހިތަށް މިއޮއްކުރާ ބާރެއްދޯ. މިމީހުންގެ އިނާޔަތްތައް ވަގުތުން ކަނޑާލަންވީ. މިހާރު މިތިބި މަޖްލީހުގެ މެޖޯރިޓީގައި ތިބީ ރައްޔިތުންނަށް ހުރި ބޮޑު މުސީބާއެއް
ކޮރަލް
09 July 2024
ކުރީ ސަރުކާރޭ އެބަ ކިޔަ އެވެ . މީހަކު ހައްޔަރެއްބނުކުރެ އެވެ . މައްސަލަ އެއް ނުބަލަނއެވެ . ވަގަށް ނެގި ފައިސާ ހޯދާ ކަށް ނޫޅެއެވެ . އާދައިގެ މުވައްޒަފުންގެ އޯޓީ ކަނޑަ ނީ އެވެ .
ދޮން
09 July 2024
މިބޭފުޅާ އަކީ ފަޤީރެއް 80 ހާސް ރުފިޔާ މުސާރަ ނަގައިގެން ރައްޔިތުންނަށް ފައިދާއެއްވާ ކަމެއްވިއްޔާ ހުއްޓުވަނީ ، އާއިލީ އެންމެން ތިބީ ސުޓޭޓް މިނިސްޓަރުންނަށް ހަދާފަ ،،