ހުޅުމާލެ ބީޗްގައި ވޯޓާ ސްޕޯޓްގައި އުޅޭ ބައެއް.--
12 ޖުލައި 2024 - 18:16
ހުޅުމާލެ މޫދުގައި ޑައިވިން އަށް ގޮސް އުޅުނު ތައިލެންޑުގެ މީހަކު މިއަދު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ހުޅުމާލޭގައި ހެނދުނު 11 ހާއިރު ޑައިވިން އަށް ދިޔަ ތައިލެންޑުގެ އަންހެނަކު ގެނބިގެން މަރުވެފައިވާ ކަމަށެވެ.
އުމުރުން 55 އަހަރުގެ އެމީހާގެ ގެނބިގެން މަރުވި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިއީ ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައި މީހެއް ކަމެއް ނުވަތަ ރާއްޖޭގައި މަސައްކަތް ކުރަމުން އައި މީހެއް ކަމެއް އަދި ޔަގީނެއް ނުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓްރަންޕެޓް
12 July 2024
ޑައިވިން އަށްތަ ނުވަތަ ސްނޯކްލިން އަށްތަ؟ ޑައިވިން އަށް ދިޔަ މީހަކު ގެނބޭނީ އިކުއިޕްމަންޓު ފެއިލިއާއެއް ނުވަތަ ނުދަންނަ މީހަކު ޑައިވްކުރަން އުޅެގެން. އެހެންވެއްޖެނަމަ މިއީ ބައެއްގެ ވަރަށް ބޮޑު އިހުމާލެއް!